17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެސްޓީއޯ މާލޭ ލީގު

ވިކްޓްރީ އަތުން ނިއު މޮޅުވިއިރު އީގަލްސްއަށް ބޮޑު މޮޅެއް

  • ވިކްޓްރީއާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ނިއު މޮޅުވީ 3-1 ގެ ނަތީޖާއަކުން
  • ކްލަބް އީގަލްސް ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ކްލަބް ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 މެއި 2018 | ހޮނިހިރު 21:28 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ނިއު ކުޅުނު މެޗުގެ ތެރެއިން -- އިމޭޖަސް.އެމްވީ

އެސްޓީއޯ މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މޮޅުވިއިރު ކްލަބް އީގަލްސް ކުޅުނު މެޗުން އެ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ވިކްޓްރީއާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ނިއު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ނިއު ކުރިމަތިލީ އެ ޓީމު ފުރަތަމަ ބުރުގައި ވިކްޓްރީ އަތުން ބަލިވި މެޗަށް ބަދަލުހިފުމުގެ އުއްމީދުގައެވެ. ފުރަތަމަ ބުރުގައި ނިއު ހަމައެކަނި ބަލިވި މެޗަކީ ވިކްޓްރީ އަތުން 2-1 އިން އެ ޓީމު ބަލިވި މެޗެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ވިކްޓްރީއިން ވަނީ ރަނގަޅު ޑިފެންސެއްކޮށް ނިއުގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި މުހައްމަދު އުމައިރު ވަނީ ލަނޑެއް ޖަހާ ނިއުއަށް ލީޑު ނަގައިދީފައެވެ. ނިއުއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 44 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވިކްޓްރީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނިއުގެ ތިންވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މި ލަނޑަށްފަހު ވިކްޓްރީއިން ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ކްލަބް އީގަލްސް ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ކްލަބް ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ލުއިޒް އެޑުއާޑޯ ވަނީ ހެޓްރިކެއް ހަދާފައެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ހުސައިން ރާއިފް ޖަހައިދިންއިރު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އަހުމަދު ރިޒުވާންއެވެ. އޭގެ ތިން މިނެޓުފަހުން ރިޒޭ އިތުރު ލަނޑެއް ޖެހިއިރު ފުރަތަމަ ހާފު ނިމިގެންދިޔައީ އީގަލްސް ތިން ލަނޑުގެ ލީޑެއްގައި އޮވެއެވެ.

ދެވަނަ ހާފުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ލުއިޒް އެޑުއާޑޯ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު އޭނާ ޖެހީ 61 ވަނަ މިނެޓުގައެވެ. އެޑުއާޑޯ ވަނީ 72 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި މެޗުގައި ވެލެންސިއާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ.

ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ނިއު އޮތްއިރު ދެވަނައިގައި އެއް މެޗު މަދުން ކުޅެގެން 16 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. ތިންވަނައިގައި އީގަލްސް އޮތްއިރު ހަތަރު ވަނައިގައި އޮތީ ވިކްޓްރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް