17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ވޭން ރޫނީ

ޑީސީ ޔުނައިޓެޑަށް ރޫނީ ގެންދިޔުމުގެ މަޝްވަރާތައް ފަށައިފި

  • 2020 ވަނަ އަހަރު ސީޒަން ނިމެންދެން ޑީސީ ޔުނައިޓެޑްއިން ވަނީ ރޫނީއަށް ކޮންޓްރެކްޓެއް ހުށަހަޅާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 މެއި 2018 | ހޮނިހިރު 18:04 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ވޭން ރޫނީ -- ގޫގުލް

އިނގިރޭސިވިލާތުގެ އެވަޓަންއަށް ކުޅެމުން އަންނަ ވޭން ރޫނީ ގެންދިޔުމަށް އެމެރިކާގެ މޭޖަރ ލީގު ސޮކާރގެ ޑީސީ ޔުނައިޓެޑްއިން މަޝްވަރާތައް ފަށައިފިއެވެ.

ޑީސީ ޔުނައިޓެޑްގެ ކޯޗު ބެން އޮލްސެން ވަނީ ރޫނީ އެ ޓީމަށް ގެންނަން އުޅޭ ކަމަށް ބުނެ މީޑިއާގައި ފެތުރިފައިވާ ރިޕޯޓްތައް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ އަދި މަޝްވަރާތައް ނިމިފައިނުވާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު ސީޒަން ނިމެންދެން ޑީސީ ޔުނައިޓެޑްއިން ވަނީ ރޫނީއަށް ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. އެވަޓަންއާއެކު ރޫނީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. އެމެރިކާގެ ޓްރާންސްފާ މާކެޓް ހުޅުވޭނީ ޖުލައި މަހުގައެވެ.

އެވަޓަންގެ ކޯޗު ސޭމް އެލަޑައިސް ބުނެފައިވަނީ އެއްވެސް ކުޅުންތެރިޔަކު ޓީމު ދޫކޮށްލަން ބޭނުންވާނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށާއި ދޮރު ހުންނާނީ ހުޅުވިފައި ކަމަށެވެ. އޭނާ ބުނީ ރޫނީ އެހެން ޓީމަކާއެކު މަޝްވަރާ ކުރަމުންދާ ކަން އެނގިފައިވާ ކަމަށާއި އެއީ އެއްވެސް މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އޭނާ ބުނީ ޓްރާންސްފާގެ ކަންކަމުގައި އޭނާ އެއްވެސް ވަރަކަށް ބަސް ނުކިޔާ ކަމަށާއި ރޫނީ ޓީމު ދޫކޮށްލާނަމަ މީޑީއާއަށް އެކަން އެނގޭނެ ކަމަށެވެ.

ރޫނީގެ ކަކުލަށް ލިބުނު ކުޑަ އަނިޔާއަކާއި ގުޅިގެން ހުކުރު ދުވަހު ބޭއްވި އެވަޓަންގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. ހަމައެހެންމެ އާދިއްތަ ދުވަހު ވެސްޓް ހަމްއާ ދެކޮޅަށް ކުޅޭ ސީޒަނުގެ އެންމެ ފަހު މެޗުގައި ވެސް އޭނާ ނުކުޅޭނެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށްފަހު ރޫނީ އެވަޓަންއާއި ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. މި ސީޒަނުގައި އޭނާ އެ ޓީމަށް 11 ލަނޑު ޖަހައިދީފައިވާއިރު އެވަޓަންއާއެކު އޭނާއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. މި ސީޒަނުގައި ރޫނީ މިޑްފީލްޑަރެއްގެ ރޯލުން ފެނިގެންދިޔައިރު އޭނާއަށް ވަނީ ދަނޑު ބޭރުން ވެސް މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މަސްތުގެ ހާލަތުގައި ކާރު ދުއްވުމުގެ ސަބަބުން އޭނާގެ ލައިސެންސް ދެ އަހަރު ދުވަސް ހިފަހައްޓާފައިވާއިރު މިފަދަ އެތައް ކަމެއްގެ ސަބަބުން އޭނާ އެހެން ގައުމެއްގައި ކުޅެން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެވަޓަންއާއެކު ރޫނީ ހަދާފައިވާ ކޮންޓްރެކްޓަގައި ބާކީ އެއް އަހަރު އޮތްއިރު އެ ކްލަބްގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔެއްގެ ގޮތުގައި ހުރީ ވެސް ރޫނީއެވެ. އޭނާއަށް ހަފްތާއެއްގެ މައްޗަށް 150000 ޕައުންޑް ލިބޭއިރު އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ހަރަދުތައް ކުޑަކުރުމަށް ރޫނީ ވިއްކާލުމަށް އެ ޓީމުން ބޭނުންވެއެވެ.

ރޫނީ ޕްރިމިއާ ލީގަށް ތައާރަފް ވެގެންދިޔައީ އެވަޓަންއާއެކު ކަމަށްވާއިރު ދެވަނަ ފަހަރަށް އެ ޓީމު ދޫކޮށްލުން ވެގެންދާނީ އޭނާއަށް އުނދަގޫ ކަމަކަށް ކަމަށް ބެލެވެއެވެ. އަލުން އެނބުރި ރޫނީ އެވަޓަންއަށް ބަދަލުވިތާ އަދި އެއް އަހަރު ވެސް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް