17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ވިކްޓްރީ ސްޕޯޓްސް ކްލަބު

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

  • ނިޔާ މީގެ ކުރިން ވެސް ވަނީ ވިކްޓްރީއަށް ކުޅެފައި
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 17:46 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


ވިކްޓްރީގެ ޗެއާމަން އިބްރާހިމް ނަޒީމް (ކ) އަދި އަހުމަދު ނިޔާޒް (ވ) -- ޓްވިޓަރ

ފާއިތުވި ސީޒަންގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އަހްމަދު ނިޔާޒު (ނިޔާ) މި ސީޒަންގައި ވިކްޓްރީ އަށް ކުޅެން ސޮއި ކޮށްފި އެވެ.

 

ސީޒަންގެ މެދުތެރެއިން 2015 ވަނަ އަހަރު ވެސް ވިކްޓަރީއަށް ކުޅުނު ނިޔާ އަލުން ވިކްޓްރީ އަށް އައީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ނިޔާ ވެގެން ގޮސްފައި ވަނީ ޓްރާންސްފާ ޕީރިއަޑްގައި އެހެން ޓީމަކުން ވިކްޓްރީއަށް ސޮއި ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

 

މީގެ އިތުރުން މިދިޔަ ސީޒަންގައި ވެސް އެޓީމަށް ކުޅުނު ހުސައިން ޝިހްބާން (ބައްޓޭ) އާއި ޔާސީން ފިރާގް ވަނީ އެޓީމުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

 

ވިކްޓަރީގެ ޗެއާޕާސަން އިބްރާހިމް ނަޒީމް ވިދާޅުވެފައި ވަނީ މިއަހަރު ވިކްޓްރީން ނުކުންނާނީ މިދިޔަ ފަސް އަހަރު ދުވަހު ފެނުނު ވަރަށް ވުރެ ވަރުގަދަ ސްކޮޑެއްގައި ކަމަށެވެ.

 

ނަޒީމް ވިދާޅުވީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މިހާރުވެސް ބައެއް ކުޅުންތެރިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެހެން ކަމުން ކުޅުންތެރިންގެ ކޮންފޮމޭޝަން ލިބުނުހާ އަވަހަކަށް އެކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ.

 

ނިއުއިން 2013 ވަނަ އަހަރު ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރިއިރު، ނިޔާ ވަނީ އެޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ އަހަރު އޭނާ ދެއްކި މޮޅު ކުޅުމާއެކު ގައުމީ ޓީމުން ވެސް ވަނީ ޖާގަ ލިބިގެން ގޮސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް