22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބަޔާން މިއުނިކް

ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން ރޮބެން އަދި ރަފީންޔާ އާކޮށްފި

  • ދެ ކުޅުންތެރިން ވެސް ސޮއިކުރީ އިތުރު އެއް އަހަރަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 މެއި 2018 | ހޮނިހިރު 15:22 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ރޮބެން އަދި ރަފީންޔާ -- ގެޓީ އިމޭޖާސް

ޖަރުމަނުގެ ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން އެ ޓީމަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ވިންގަރ އާޔެން ރޮބެން އަދި ބްރެޒިލްގެ ޑިފެންޑަރު ރަފީންޔާ އާކޮށްފިއެވެ.

މި ދެ ކުޅުންތެރިން ވެސް ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު މި ދެ ކުޅުންތެރިން ވެސް ވަނީ ބަޔާންއާއެކު އެއް އަހަރު ދުވަހަށް ކޮންޓްރެކްޓް އިތުރުކޮށްފައެވެ. މި ދެ ކުޅުންތެރިން ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާއިރު މި ހަފްތާގެ ތެރޭގައި އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގަރ ފްރޭންކް ރިބެރީ ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކޮށްފައެވެ.

ބެލެވުނު ގޮތުގައި އުމުރުން 34 އަހަރުގެ ރޮބެން މި ސީޒަން ނިންމާލުމަށްފަހު ޗައިނާގެ ކްލަބަކަށް ބަދަލުވާން އޮތީ އެއްބަސްވެފައެވެ. އެގޮތުން އޭނާ ވެސް ވަނީ ކޮންޓްރެކްޓް އާކުރުމުގެ ކުރިން އެހެން ކްލަބަކަށް ބަދަލުވާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އޭނާގެ އުމުރުގެ ސަބަބުން ބަޔާންއަށް އިތުރު ސީޒަނެއް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތްކަމަށް ރޮބެން ބުނެފައިވެއެވެ.

މި ސީޒަނުގައި ރޮބެން ބަޔާންއަށް ކުޅުނު މެޗުތަކުގައި އެ ޓީމަށް ފަސް ލަނޑު ޖަހައިދީފައިވާއިރު އެ ޓީމާއެކު އޭނާ ވަނީ ޖަރުމަނު ބުންޑެސްލީގާ ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ ރަފީންޔާ ވެސް ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ރަފީންޔާ ބަޔާންއާ ގުޅުނީ 2011 ވަނަ އަހަރު އިޓަލީގެ ޖެނޯއާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރ ހަސަން ސަލިހަމިޑްޒިޗް ބުނެފައިވަނީ މި ދެ ކުޅުންތެރިންނަކީ ވެސް ވަރަށް މޮޅު ކުޅުންތެރިން ކަމަށާއި އެ ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް އާކުރުމަކީ ބަޔާންއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. ހަމައެހެންމެ މި ދެ ކުޅުންތެރިންނަކީ ވެސް އަންނަ ސީޒަނުގައި ބަޔާންގައި މުހިންމު ދައުރެއް އަދާކުރާނެ ދެ ކުޅުންތެރިން ކަމަށް އޭނާ ބުނެފައިވެއެވެ.

ވަކިން ހާއްސަކޮށް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޮބެން ޖެހި ލަނޑުން އޭނާއަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށް ސަލިހަމިޑްޒިޗް ބުނެފައިވެއެވެ. އޭނާ ބުނީ ރޮބެންއަކީ މިހާރު ބަޔާންގައި ވަރަށް ނުފޫޒް ގަދަ ކުޅުންތެރިޔެއް ކަމަށެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އެ ޓީމުން އެކަޑަމީގެ ކުޅުންތެރިޔެއް ކަމަށްވާ އުމުރުން 17 އަހަރުގެ ފްރޭންކް އެވީނާއަށް ވެސް ކޮންޓްރެކްޓެއް ދީފައެވެ.

ބަޔާން މިއުނިކްއިން އަންނަނީ އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސީޒަނަށްފަހު ވަގުތީ ކޯޗެއްގެ މަގާމުގައި ހުރި ޖުޕް ހެއިންކޭސް އެ މަގާމު ދޫކޮށްލަން ހަމަޖެހިފައިވުމާއެކު އެ ޓީމުން ވަނީ ދާއިމީ ކޯޗެއްގެ ގޮތުގައި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ނިކޮލައި ކޮވާޗް ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް