26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފީފާ ވޯލްޑް ކަޕް 2018

އަންނަ ހަފްތާގައި އިނގިރޭސި ސްކޮޑް އިއުލާން ކުރާނެ

  • ސައުތުގޭޓް ނަގާނީ 23 ކުޅުންތެރިންގެ ސްކޮޑެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 މެއި 2018 | ހޮނިހިރު 14:48 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ކޮލިފައިން މެޗެއްގައި ކުޅުނު އިނގިރޭސި ސްކޮޑް -- ގެޓީ އިމޭޖާސް

މިއަހަރުގެ ޖޫން މަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕަށް ދާ އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ސްކޮޑް އަންނަ ހަފްތާގެ ތެރޭގައި އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް އިއުލާންކުރާނެއެވެ.

އިނގިރޭސި އެފްއޭއިން ބުނެފައިވާ ގޮތުގައި ސައުތުގޭޓް ނަގާ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާންކުރާނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ޓިއުނީޝީއާ އާއި ޕެނަމާ އަދި ބެލްޖިއަމް އާއެކު ގްރޫޕް ޖީ ގައެވެ. އެގޮތުން ޖޫން މަހުގެ 18 ވަނަ ދުވަހު ޓިއުނީޝިއާ އާ ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނައިރު ޖޫން މަހުގެ 24 ވަނަ ދުވަހު އެ ޓީމު ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް އިނގިރޭސިވިލާތް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗު އެ ޓީމުން ކާމިޔާބުކުރިއިރު އެ ޓީމު ވަނީ ދެ މެޗުން އެއްވަރުވެފައެވެ. ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން ޖޫން މަހުގެ ދެވަނަ ދުވަހު ނައިޖީރިއާ އާއި ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއްގައި ނުކުންނައިރު ޖޫން މަހުގެ ހަތް ވަނަ ދުވަހު ކޮސްޓަރިކާ އާ ދެކޮޅަށް ވެސް އެ ޓީމު ނުކުންނާނެއެވެ. މި ދެ ރަހުމަތްތެރިކަމުގެ މެޗު ވެސް އެ ޓީމު ކުޅޭނީ އަމިއްލަ ގައުމުގައެވެ.

ސްކޮޑް އިއުލާންކުރާއިރު ސައުތުގޭޓަށް އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ސްކޮޑުގައި ނުހިމެނޭނެއެވެ. އެގޮތުން ލިވަޕޫލްގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިން އަދި އެ ޓީމުގެ ޑިފެންޑަރު ޖޯ ގޯމޭޒް އަށް ވެސް ވަނީ އަނިޔާގެ ސަބަބުން ސްކޮޑުން ފުރުސަތު ގެއްލިފައެވެ.  ބެލެވޭ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ.

ސައުތުގޭޓްގެ ކުރިން އެ މަގާމުގައި ހުރި ރޯއި ހޮޖްސަންގެ އިރުޝާދުގެ ދަށުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓިއިރު ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގައި އެ ޓީމު ކެޓީ ދެވަނަ ބުރުންނެވެ. އިނގިރޭސިވިލާތަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް