25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އަލީ ހަމީދު

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

  • ހަމަލާދޭން އުޅުނީ 2015 ވަނަ އަހަރު
  • ތަހުގީގު ހުއްޓާލީ ހެކި ނުލިބުމުން
  • ހަމަލާދޭން އުޅުނީ ކޮން ބައެއްކަން ހޯދިފައެއް ނުވޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 17:39 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ފަނޑިޔާރު އަލީ ހަމީދު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ބަޔަކު ހަމަލާދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހުއްޓާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި އަލީ ހަމީދަށް ހަމަލާދޭން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު ފަސް ވަަނަ ދުވަހު އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބުމުގެ ސަބަބުން މައްސަލައިގެ ތަހުގީގު ހުއްޓާލައި ފައިލް ކޮށްފައިވާ ކަމަށެވެ.

ފުލުހުން މި ގޮތަށް ފައިލްކުރާ މައްސަލަތަކަކީ އިތުރު ހެއްކެއް ލިބިއްޖެ ނަމަ އަނެއްކާ ވެސް ތަހުގީގު ފަށާ މައްސަލަތަކެވެ.

މައްސަލައިގެ ތަހުގީގު ހުއްޓާލިއިރު، އަލީ ހަމީދަށް ހަމަލާދޭން އުޅުނީ ކޮން ބައެއްކަން ހޯދިފައެއް ނުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.

އަލީ ހަމީދު ދިރިއުޅުއްވާ ގެކޮޅަށް ވަދެ އޭނާ އަށް ހަމަލާދޭން މަސައްކަތް ކޮށްފައިވަނީ ދެ މީހުންގެ ގްރޫޕަކުން ކަމަށް އެއިރު ބުނެފައި ވެއެވެ. އަދި ދޮރާއި ފާރާ ދޭތެރޭގައި އަލީ ހަމީދު ތާށިވެ ކަކުލަށާއި އަތަށް އަނިޔާވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަލީ ހަމީދަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، އަލީ ހަމީދު ދިރިއުޅުއްވާ އެޕާޓްމެންޓުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަ އެވެ. އަދި އެޕާޓްމެންޓަށް ވަންނަ މީހުންނާއި ނިކުންނަ މީހުން ބެލުމަށް ސީސީޓީވީ ކެމެރާއެއް ވެސް ފުލުހުން ހަރުކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް