23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ފަރެސްމާތޮޑާ

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

  • އެ ރުކުގައި ކަދުރު އަޅާތާ ހަތް އަހަރު
  • ކަދުރުގައި އޮއް ނުހުރުމަކީ ނާދިރު ކަމެއް: ތަޖުރިބާކާރުން
  • ރާއްޖެއަށް ބޭނުންވާ ވަރަށް ކަދުރު ހެއްދިދާނެ: ޑރ. ހަސަން
ޙުސައިން ޙަސަން | hucenhassan

| 12 މެއި 2018 | ހޮނިހިރު 10:51 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ގދ. ފަރެސްމާތޮޑާ ކަދުރު ރުކުގެ ރަތް ކަދުރު ރުއް -- ރާއްޖެއެމްވީ

އެއީ މީގެ 15 ވަރަކަށް އަހަރު ކުރިއެވެ. ރޯދަ މަހެއްގައި ރޯދަ ވީއްލުމަށްފަހު, އެއްލާލި ކަދުރު އޮށެކެވެ. ގދ. ފަރެސްމާތޮޑާގެ ގަސްކަރަމަތިން، އެ ރަށުގެ މެދުން ފެންނަން އެހުރީ އެ އޮށުން ފެޅި ރަތް ކަދުރު ރުކެވެ. އެ ރުއް ފޯދިފައި އެ ވަނީ ފަރެސް އަވަށުގެ، ބުލްބުލާގޭގެ ގޯތި ތެރޭގައެވެ.

ބުލްބުލާގޭގައި ދިރިއުޅޭ ޝިޔާޒު އަބްދުﷲ ހާދީ "ރާއްޖެއެމްވީ"އަށް ބުނީ އެ ގޭގައި ފޯދިފައިވާ ކަދުރު ރުކަކީ އޭނާގެ ބައްޕަ އެއްލި އޮށަކުން ފެޅި ރުކެއް ކަމަށެވެ. ބައްޕަ ނިޔާވީ އެ ރުއް ފޯދުނު ފަހުން ކަމަށާއި ކޮންމެ އަހަރަކު ތިން ފަހަރެއްގެ މަތިން އެ ރުކުން ކަދުރު ލިބޭ ކަމަށް އޭނާ ބުންޏެވެ.

ފަރެސްމާތޮޑާ ކަދުރު ރުކުގައި ކަދުރު އަޅާތާ ހަތް އަހަރު-- ފޮޓޯ/ ރާއްޖެއެމްވީ

ޝިޔާޒު ބުނީ ކަދުރު އަޅާ ކޮންމެ ފަހަރަކު، 12 ކިލޯއެއްހާ ކަދުރު ލިބޭ ކަމަށެވެ. އެގޮތަށް ކަދުރު އަޅާތާ ހަތް ވަރަކަށް އަހަރުވެދާނެ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ފޮނި. ރާއްޖެއިން ބޭރުން މި ގެންނަ ގަދުރުން ދޭ ރަހަ ދެނީ. އެއްވެސް ތަފާތެއް ނެތް،" ޝިޔާޒު ބުންޏެވެ.

"ކަދުރު ބަހަނީ. އެކުވެރިންނާއި އާއިލާގެ މީހުންނަށް ބަހާ ހުސްކޮށްލަނީ. މިފަހަރު ވެސް ކަދުރު އަޅާފަ އެބަ ހުރި، އަދި ހަރެއް ނުވޭ."

ރުކުގައި ކަދުރު އަޅާފައި: ކަދުރުގެ ފޮނި ރަހަ ގަދަ ކަމަށް މީހުން ބުނޭ-- ފޮޓޯ/ ރާއްޖެއެމްވީ 

ފަނަރަ ވަރަކަށް ފޫޓުގެ އެ ރުކުގައި އަޅާ ކަދުރުގައި އޮށެއް ވެސް ނުހުރެ އެވެ. ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ ވަރަށް ނާދިރު ކަމެކެވެ. އެފަދަ ރުއްތަކުގެ ކަދުރުގެ ފޮނި ރަަހަ ކުޑަވާނެއެވެ. އެފަދަ ކަދުރު ރުއް އުފެދެނީ ގުދުރަތީ ނާދިރު ކަމެއްގެ ތެރެއިން ކަމަށާއި ބައެއް ފަހަރު އޮއް ނުހުންނަ ގޮތަށް ބައެއް ގަސްތަކުގައި، ގަހުގެ މާހިރުން މޭވާ އަޅުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފަރެސްމާތޮޑާ ކަދުރު ރުއް: އެ ރުކަށް 15 ވަރަކަށް އަހަރު ވެދާނެ-- ފޮޓޯ/ ރާއްޖެއެމްވީ

ރާއްޖޭގެ ގިނަ ރަށްރަށުގައި ފަސޭހައިން ކަދުރު ގަސް ހެއްދުނަސް، އެ ރުއްތަކުގައި ކަދުރު އެޅުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެގޮތުން ހދ. ހަނިމާދޫ އާއި "ދިވެހިރާއްޖޭގެ އަޑު"ގެ ގޯތި ތެރޭގައި ހުންނަ ރުކެއްގައި ވެސް ކަދުރު އަޅާފައިވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވި ގޮތުގައި ކަދުރު ރުއް ރާއްޖޭގައި ހެއްދޭނީ ކަދުރު އަންހެން ރުއްތަކަކާއި ފިރިހެން ރުއްތަކެއް އެއް ސަރަހައްދެއްގައި ހައްދައިގެންނެވެ. ކަދުރު ރުކަކީ ރާއްޖޭގެ ބިންގަޑާއި މޫސުމާ ގުޅޭ ރުކެއް ކަމަށާއި ރާއްޖެއަށް ބޭނުންވާ ވަރަށް ކަދުރު ރާއްޖޭގައި ހެއްދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަނގަޅު ބާވަތެއްގެ ކަދުރުގެ އަންހެން ރުއްތަކަކާއި ފިރިހެން ރުއްތަކެއް، ރަނގަޅު މުޑުވަކަކުން ކްލޯންކޮށްގެން ރާއްޖެ ގެނެސް، އެކަށީގެންވާ ބޮޑު ސަރަޙައްދެއްގައި ރުވާލެވިދާނެ ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮލެޖް ބޯއީ

11 މަސް ކުރިން

ޑޮކްޓަރު ހަސަނު. ފަރެސް މާތޮޑާގަ މި ކަދުރު އަޅާ ރުކަކީ އަންހެން ފިރިހެން ޖިންސު އެއްވެފައި އިން ރުކެއް ދޯ. އެހެންވެތާ ކަދުރު މި އަޅަނީ.

9
9