20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ސިއްހަތު

ހިކެން ބޭނުންނަމަ ގޮތް ބަލަންވެސް އުއްދަނޑި ޖޫސް ބޮއިބަލަ!

  • ކޮންމެ 100 ގުރާމް އުއްދަނޑީގައި 270 ކެލެރީސް ހުރޭ
އާމިނަތު ނުޒުހާ | nuzu8121

| 12 މެއި 2018 | ހޮނިހިރު 07:59 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ބަރުދަން ލުއި ކުރުމަށް އުއްދަނޑި ޖޫސް އެހީވެދޭ -- ގޫގުލް

ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ، ހަށިގަނޑަށް ލުއި އުއްދަނޑި ޖޫހަކީ އަނގަޔަށް މީރު ފައިދާ ހުރި ބުއިމެކެވެ. ކުޑަކުދިންނަށާއި ބޮޑެތި މީހުނަށް ވެސް ބޯލެވޭ އުއްދަނޑި ޖޫހަކީ، ހަމައެކަނި ކަރު ހިއްކުން ފިލުވައިދީ އަނގަޔަށް މީރު ޖޫހެއްނޫނެވެ. އެއީ ހަކަތައިން ފުރިގެންވާ ބުއިމެކެވެ.

ހޫނު ގަދަ ދުވަސްވަރުގައި މުޅިދުވަހުގެ މަސައްކަތުގެ ވަރުބަލިކަމަށް ފަހު ހަވީރު އެ ބޯލާ ކޮފީތަކުގެ ބަދަލުގައި އުއްދަނޑި ޖޫސް ތައްޓެއް ބޯލުން ކިހިނެއްވާނެ ތޯއެވެ.

ރާއްޖޭގައި ކުރީ ޒަމާނުގައި އުއްދަނޑިއަކީ ވަރަށް އާންމު އެއްޗެއް ނަމަވެސް މިހާރު އުއްދަނޑި ފެންނަނީ ވަރަށް މަދުންނެވެ.

ބަރުދަން ލުއިކުރުމަށް މަސަައްކަތް ކުރާ މީހުންގެ ހަތުރަކީ ހަކުރެވެ. އެކަމަކު ގުދުރަތީ ފޮނިކަމުން މުއްސަނދިވެފައިވާ އުއްދަނޑި ޖޫހަކީ ހިކެން ބޭނުންވާ މީހުންނަށް އުފާވެރިކަން ގެނެސްދޭނެ ނަތީޖާ ނެރެދޭނެ ބުއިމެކެވެ. އެކަމަކު ބޯންވާނީ ރަނގަޅު ވަގުތުގައި އެކަށީގެންވާ މިންވަަރަށެވެ.

ކޮންމެ 100 ގުރާމް އުއްދަނޑީގައި 270 ކެލެރީސް ހުރެއެެވެ.

 

ބަރުދަން ލުއި ކުރުމަށް އުއްދަނޑި ޖޫސް ބޯންވީ މިހެންވެއެވެ:

ސަރުބީ އެއްވެސް ވަރަކަށް ނުހިމެނޭ- އުއްދަނޑީގައި އެއްވެސް މިންވަރަކަށް ސަރުބީއެއް ނުހިމެނެއެވެ. އެކަމަކު ގުދުރަތީ ފޮނިކަން އެކުލެވެއެވެ. އެހެންކަމުން އެހެނިހެން މޭވާއިން ފަނި ގިރާއިރު،އެއަށް ބައިވަރު ހަކުރު އަޅަން ޖެހޭއިރު އުއްދަނޑި ޖޫސް ގިރުމަށް އެއްވެސް މިންވަރަކަށް ހަކުރު އަޅާކަށް ނުޖެހެއެވެ.

ފައިބައިން މުއްސަނދިވެފައި:

ގުދުރަތީ ފައިބަރ އިން މުއްސަނދިވެފައިވާ އުއްދަނޑިއަކީ ކުރިންވެސް ފާހަގަކުރި ގޮތަށް ބަރުދަން ލުއިކުރުމަށް އެފަދަ ދެވަނައެއް ނެތްފަދަ އެއްޗެކެވެ. ކޮންމެ އުއްދަނޑި ޖޫސް ތައްޓެއްގައި 13ގްރާމްގެ ފައިބަރ އެކުލެވެއެވެ.

ފޮއްސިވެ ދުޅަވުން ކުޑަކޮށްދޭ

ބުނެވޭގޮތުގައި ހިކެން އުނދަގޫވާ އެއް މައްސލައަކީ، މީހާ ފޮއްސިވެ ދުޅަވުމެވެ. އުއްދަނޑިން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތަކާއި ހަނަގުރާމަކޮށް ދުޅަވުމުން ދުރުކޮށްދެއެވެ. ހަށިގަނޑުގައި އުފެދޭ ނުބައި ކޮލެސްޓްރޯލްގެ ސަބަބުން މީހާ އިންތިހާއަށް ފަލަވެގެން އާދެއެވެ. އުއްދަނޑި ޖޫހުގައި ކޮލެސްޓްރޯލް އެއްވެސް މިންވަރަކަށް ނުހިމެނޭތީ، ލޭގައި އުފެދޭ ސަރުބީ ވިރުވާލުމަށް އެހީވެދެއެވެ. އަދި އެކަމުގެ ސަބަބުން ބަރުދަން ލުއިވެއެވެ.

ބޮޑުކަމުދާން ފަސޭހަވުން

އުއްދަނޑީގައި މަތީ މިންވަރަކަށް ފައިބަރ އެކުލެވިފައި ވުމުން މެޓަބޮލިޒަމް ބޫސްޓްކޮށްދެއެވެ. އަދި އެކުލެވޭ ގުދުރަތީ ފައިބަރގެ ސަބަބުން ހަޖަމުކުރުމަށް ފަސޭހަވެ ބަނޑު ހިކުމުން ދުރުކޮށްދެއެވެ.



 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް