18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފޭދޫ ފިނޮޅު

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

  • ފޭދޫ ފިނޮޅު ގަނެފައިވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް އިން
  • މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ އެއްވެސް ރަށެއް މިހާރު ނެތް
  • ރަށް ވިއްކާލާފައިވަނީ ބީލަމަކާ ނުލައި ހަތަރު މިލިއަން ޑޮލަރަށް
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 17:30 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ރައީސް މައުމޫން: ފޭދޫ ފިނޮޅު ބާއްވަން ޖެހޭނީ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ކަމަށް އެ މަނިކުފާނު ގޮވާލައްވާ -- ގޫގުލް

މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފޭދޫ ފިނޮޅު ބާއްވައި ދިނުމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ހާއްސަކުރެވިފައިވާ ރަށެއްގެ ގޮތުގައި ފޭދޫ ފިނޮޅު އަލުން ކަނޑައަޅައިދިނުމަށް ޓޫރިޒަމް މިނިސްޓަރަށް ގޮވާލައްވާ ކަމަށެވެ.

 

މީގެ ކުރިން، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުން  ދިޔަ ކުޑަބަނޑޮހުގައި ވެސް ރިސޯޓެއް ހުޅުވާފައިވާއިރު، ރައީސް މައުމޫން ވިދާޅުވީ މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ އެއްވެސް ރަށެއް މިހާރު ނެތް ކަމަށެވެ.

މިހާރު ފުލުހުންގެ އެކިއެކި ބޭނުންތަކަށް ހާއްސަކުރެވިފައިވާ ފޭދޫ ފިނޮޅު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި، ބޭއްވުމަށް ރައީސް މައުމޫން މީގެ ކުރިން ވެސް ގޮވާލެއްވި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޓޫރިޒަމް މިނިސްޓަރަށް ރައީސް މައުމޫން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ސްކޫލު ކުދިންނާއި ޒުވާނުންގެ ނިސްބަތަށް ބަލާއިރު ފޭދޫ ފިނޮޅު ފަދަ ރަށެއް މާލެ ކައިރީގައި, ސްކޫލް ކުދިންގެ ކޭންޕިންއަށާއި ޒުވާނުންނާއި އާއިލާތަކަށް ދަތުރުދިޔުން ފަދަ ބޭނުންތަކަށް ކަނޑައަޅާފައިވާ ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެެވެ.

ބީލަމަކާ ނުލައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ލިސްޓު އޮކްޓޯބަރު މަހު އިއުލާނުކުރުމާއެކު ފޭދޫ ފިނޮޅު ވިއްކާނުލުމަށް ރައީސް މައުމޫނުގެ އިތުރުން އެމްޑީޕީ އިން ވެސް ގޮވާލާފައި ވެއެވެ. އަދި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށް އަމިއްލަ ޖަމިއްޔާތަކާއި އާންމު ރައްޔިތުން ވެސް ވަނީ ގޮވާލާފަ އެވެ.

ނަމަވެސް، ސަރުކާރުން މިހާރު ވަނީ ބީލަމަކާ ނުލައި ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް އެ ރަށް ވިއްކާލާފަ އެވެ. ފޭދޫ ފިނޮޅު ގަނެފައިވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެެވެ.

ޕާލް އެޓޯލް ކުންފުންޏަކީ ޗައިނާގެ ޝެންޒެން ސުުންޕެން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ހޮންގ ކޮންގެ މިރީޗް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ އިތުރުން އައްޑޫ ވިޔަފާރިވެރިޔަކު ހިއްސާވާ ކުންފުންޏެކެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނިން ބަލަހައްޓަމުންދާ 4.1 ހެކްޓަރުގެ ފޭދޫ ފިނޮޅު އެ ކުންފުންޏަށް ވިއްކާލާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު 99 އަހަރަށް އިތުރު ވެސް ކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވެފައިވާ ގޮތުގައި އެ ރަށް ވިއްކާލާފައިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުންޏަށް 50 އަހަރުގެ ތެރޭގައި 80 މިލިއަނެއްހާ ޑޮލަރު ވަންނަ ގޮތަށެވެ.

ފޭދޫ ފިނޮޅުގެ އިތުރުން 11 ރަށަކާއި ދެ ފަޅެއް ވިއްކާލުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެ ރަށްތައް ވިއްކަން އިއުލާނުކޮށްފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހުޅުވާލެވިފައިވާ ބީލަމަކާ ނުލަ އެވެ.

އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައިވާ ގޮތުގައި ބީލަކަމާ ނުލައި ރަށްތައް ވިއްކޭ ގޮތަށް ގެނައި އިސްލާހަކީ ކޮރަޕްޝަނަށް ހުޅުވާލި ދޮރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް