21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

"ކޮންގް: ސްކަލް އައިލޭންޑް"

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

  • މިއީ "ކިންގް ކޮންގް" ފްރެންޗައިސްގެ ދަށުން އުފައްދާ ފިލްމެއް
އާލާ އިބުރާހިމް | aalu_aala

| 10 ޖެނުއަރީ 2017 | އަންގާރަ 17:25 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


"ކޮންގް:ސްކަލް އައިލޭންޑް" ގެ ޕޯސްޓަރެއް -- ގޫގުލް

މި އަހަރުގެ އެންމެ ބޮޑު ބަޖެޓް ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފިއެވެ.

 

ޖޯރޑަން ވޮގް ރޮބަރޓްސް ޑައިރެކްޓްކޮށްފައިވާ ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" އަކީ މޮންސްޓަރ ފިލްމެކެވެ. މިއީ 1933 ވަނަ އަހަރު ނެރެން ފެށި ފިލްމު ސީރީޒެއް ކަމަށްވާ "ކިންގް ކޮންގް" ގެ ފްރެންޗައިސްއެކެވެ. "ކިންގް ކޮންގް" ސީރީޒްގެ ހަތަރު ފިލްމެއް މީގެ ކުރީ އަހަރުތަކުގައި ވަނީ ރިލީޒްކޮށްފައެވެ.

 

"ކިންގް ކޮންގް" ގައި ފެނިގެންދާ މޮންސްޓަރ ކެރެކްޓަރ "ކޮންގް: ސްކަލް އައިލޭންޑް" ގައި ވެސް ފެނިގެންދާއިރު، އެ ކެރެކްޓަރ ވެފައި ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ މަޤްބޫލު މޫވީ އައިކަންއަށެވެ. އެގޮތުން އެ ކެރެކްޓަރ ބޭނުންކޮށްގެން ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ސީކުއެލްތަކާއި، ރީމޭކްތަކާއި، ކާޓޫންތަކުގެ އިތުރުން ފޮތްތަކާއި، ކޮމިކްތައް އަދި ވީޑިއޯ ގޭމްތައް ވަނީ އުފައްދާފައެވެ. މީގެ އިތުރުން ތީމް ޕާކް ރައިޑްތަކާއި ސްޓޭޖް ޕްލޭތަކަށް ވެސް އެ ކެރެކްޓަރ ބޭނުންކުރަނީ މަދެއްކޮށެއް ނޫނެވެ.

 

"ކޮންގް: ސްކަލް އައިލޭންޑް" އަކީ އެމެރިކާގެ މީޑިއާ ކުންފުންޏެއް ކަމަށްވާ ލެޖެންޑަރީ އިން އުފައްދާ މޮންސްޓަރ ފިލްމް ސީރީޒްއެއް ކަމަށްވާ "ގޮޑްޒިއްލާ- ކޮންގް" ފިލްމް ސީރީޒްގެ ދެވަނަ ފިލްމު ވެސް މެއެވެ. ބޮޑު ކާސްޓަކާއެކު ބޮޑު ބަޖެޓަކުން އުފައްދާފައިވާ މިފިލްމުގެ ތަރިންގެ ތެރޭގައި ޓޮމް ހިޑްލްސްޓަން، ސެމިއުލް ޖެކްސަން، ޖޯން ގުޑްމަން، ބްރީ ލާސަން، ޖިންގ ޓިއާން، ޓޮބީ ކެބެލްގެ އިތުރުންވެސް ގިނަ ޢަދަދެއްގެ ތަރިން ހިމެނެއެވެ. މި ފިލްމަށް 190 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު މިފިލްމު ރިލީޒްކުރުމަށް ރާވާފައިވަނީ މިއަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް