18 އޭޕުރިލް 2019 | ބުރާސްފަތި | 11 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ކްރިމިނަލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

  • 3.98 ބިލިއަން ރުފިޔާ ހިމެނޭ މައްސަލަތަކެއް ސާބިތުވިއިރު، ކޯޓަށް ބަލައިގަނެފައިވަނީ 36.6 މިލިއަން ރުފިޔާ
  • މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައިވަނީ 2،732 މައްސަލަ
  • ނުނިމު ހުރި މައްސަލަތައް 13 ގާޒީންގެ ނިސްބަތުން ބަލާ ނަމަ ޖެހެނީ ގާޒީއަކަށް 49.9 މައްސަލަ
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 17:24 | |

މަގުބޫލް

  1. ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޖާބިރު ވަކިކުރަނީ!
  2. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  3. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ކްރިމިނަލް ކޯޓް: މިދިޔަ އަހަރު އެ ކޯޓުން 3،326 މައްސަލަ ނިންމި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވެފައިވާ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

ސިވިލް ކޯޓުން ނެރުނު އެ ކޯޓުގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 3.98 ބިލިއަން ރުފިޔާ ހިމެނޭ މައްސަލަތަކެއް އެ ކޯޓުން ސާބިތުވެފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 2.6 ބިލިއަން ރުފިޔާގެ މުއާމަލާތްތަކެއް ހިމެނޭ މައްސަލަތަކަކާއި 88.9 މިލިއަން ޑޮލަރުގެ މުއާމަލާތްތަކެއް ހިމެނޭ މައްސަލަތަކެކެވެ.  މީގެ އިތުރުން  336،191 ސިންގަޕޫރު ޑޮލަރު ހިމެނޭ މައްސަލަތަކެއް ވެސް ސާބިތުވެފައި ވެއެވެ.

ނަމަވެސް، އަހަރު ނިމުނުއިރު ދަރަނީގެ ގޮތުގައި ކޯޓަށް ބަލައިގަނެފައިވަނީ 36.6 މިލިއަން ރުފިޔާ އާއި ފަސް ލައްކައެއްހާ ޑޮލަރެވެ.

ސިވިލް ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައިވަނީ 2،732 މައްސަލަ އެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ނުނިމި އޮތް 1،243 މައްސަލައެއް ވެސް އެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެހެންކަމުން އެ ކޯޓުގައި މިދިޔަ އަހަރު ޖުމްލަ 3،975 މައްސަލަ ކުރިއަށް ގެންދިޔަ އެވެ.

އެ މައްސަލަތަކުގެ ތެރެއިން، 3،326 މައްސަލައެއް ނިންމައި ހުކުމް އިއްވާފައި ވެއެވެ. އަހަރު ނިމުނު އިރު، 649 މައްސަލައެއް ނުނިމި އޮތް ކަމަށް ކޯޓުން ބުނެ އެވެ.

ސިވިލް ކޯޓުން ބުނީ، ނުނިމު ހުރި މައްސަލަތައް 13 ގާޒީންގެ ނިސްބަތުން ބަލާ ނަމަ ޖެހެނީ ގާޒީއަކަށް 49.9 މައްސަލަ ކަމަށެވެ.

ޝަރީއަތަށް ނުގޮސް، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން މިދިޔަ އަހަރު 1،035 މައްސަލައެއް ހައްލުވި އެވެ. މިދިޔަ އަހަރު ހުށަހެޅުނު 1678 މައްސަލަ އާއި 2015 ވަނަ އަހަރު ނުނިމި އޮތް 289 މައްސަލައިގެ ތެރެއިން 52.6 އިންސައްތަ މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް