15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ދޮގުހެކި ދިނުން

ދޮގުހެކި ދިނުމުގެ ނުބައިކަން

  • ދޮގު ހެކިދޭ މީހުން ވިސްނަން ޖެހޭކަމަކީ މީހަކަށް ނު ޙާއްޤުން އަނިޔާދިނުމަށްފަހު ތިމާއާއި ތިމާގެ ޢާއިލާއާއި، އެހެނިހެން މީހުންނަށް ދިން އަނިޔާގެ ބަދަލު ކޮންމެވެސް ގޮތަކުން ކުރިމަތިވާނެކަމަށް
އަހްމަދުﷲ ޖަމީލް | adjameel

| 11 މެއި 2018 | ހުކުރު 13:14 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ސުޕްރީމް ކޯޓް: ދޮގި ހެކި ދިނުމަކީ ނަހީކުރައްވާފައިވާ ބޮޑު ފާފައެއް -- ފޮޓޯ : މުހައްމަދު ޝަރުހާން

އިސްލާމްދީނުގެ އެންމެ އަސާސީ ސިފައަކީ ޢަދުލު އިންސާފު ޤާއިމުކުރުމެވެ. އިސްލާމް ދީން ކީއްކުރަން ހެއްޔެވެ؟ ﷲ ބާވައިލެއްވި އެންމެހައި ޝަރީޢަތްތައް ބާވައިލައްވާފައިވަނީ ޢަދުލު އިންސާފު ޤާއިކުރުމަށެވެ. ކީރިތި ﷲ ޤުރްއާނުގެ އަލްޙަދީދު ސޫރަތުގެ 25 ވަނަ އާޔަތުގައި އަންގަވާފައި ވަނީ لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ  މާނައީ: "ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކަކާއެކު ތިމަންއިލާހު ރަސޫލުބޭކަލުން ފޮނުއްވީމުއެވެ. އަދި މީސްތަކުންނަށް ހިދާޔަތު ދެއްކެވުމަށް އެބޭކަލުންނަށް ފޮތް ބާވައިލައްވައި، އެބައިމީހުންގެ މެދުގައި ޢަދުލު އިންސާފުން ޙުކުމްކުރަންވީ ޤާނޫނުވެސް  ބާވާލެއްވީމުއެވެ."

ކަން މިހެން އޮތްއިރު، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއަޅާ ކޮންމެ ކަމެއް ވާނީ އެންމެ ބޮޑު ޙަރާމްކަމަކަށެވެ. މީގެ ތެރެއިން އެއްކަމަކީ ދޮގު ހެކިދިނުމެވެ. ފަހެ، މީހަކު ނުކުރާކަމެއް އޭނާގެ މައްޗަށް ސާބިތުކުރުމަށް ނުވަތަ މީހެއްގެ ޙައްޤެއް ފޭރިގަތުމަށް ނުވަތަ މީހަކު ކުޅަކަމަކުން ނުޙައްޤުން އޭނާ ބަރީއަކުރުމަށް ނަމަވެސް ދޮގުހެކި ދިނުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި މިއީ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ހެކިދޭންޖެހެނީ ތިމާއަށް ފެނުނުކަމެއް ފެނުނު ގޮތަކަށެވެ. އެއީ ބޮޑު އަމާނާތެކެވެ. އެހެންމެ ހެކި ނުފޮރުވުމަށް ޤުރުއާނުގައި އަންގަވާފައިވާއިރު، ހެކި ފޮރުވުމަކީ ފާފައެއްކަމަށް ވެސް ވަނީ އަންގަވާފައެވެ. ﴿ وَلَا تَكْتُمُوا الشَّهَادَةَ وَمَنْ يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴾ [البقرة: 283] މާނައީ "އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާށެވެ! ފަހެ ހެކިބަސް ވަންހަނާކުރާމީހާ ދަންނާށެވެ! އޭނާއަކީ ބޮޑުވެގެންވާ ފާފަވެރިއެއްކަން ކަށަވަރެވެ. އަދި އީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."

ރަސޫލުﷲގެ ފާނު ވަނީ ދޮގުހެކިދިނުމަކީ، އެންމެ ބޮޑު ފާފައިގެތެރޭގައި ހިމެނޭ ކަމެއް ކަމުގައި އަންގަވާފައެވެ. އެކަލޭގެފާނުގެ ބަސްފުޅެއްގައި އައިސްފައި ވެއެވެ. "أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟"  ثَلاَثًا، قُلْنَا: بَلَى يَا رَسُولَ اللَّهِ: قَالَ: "الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ".  وَكَانَ مُتَّكِئًا فَجَلَسَ، فَقَالَ: "أَلاَ وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ". فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَت". [رواه البخاري ومسلم] މާނައީ: "ރަސޫލު اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އެންމެބޮޑެތި ފާފަތަކަކީ ކޮބައިކަން ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟" މިފަދައިން ތިން ފަހަރު ޙަދީޘްކުރެއްވިއެވެ. ތިމަންމެން އަޞްޙާބުން ދެންނެވީމުއެވެ. ވިދާޅުވެދެއްވާށެވެ. އޭ اللَّهُގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. {(އެއީ) اللَّهُ އަށް ޝަރީކުކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ.} މިހެން ޙަދީޘްކުރެއްވި އިރު، އެކަލޭގެފާނު އިންނެވީ، (ތަނެއްގައި) ލެނގިވަޑައިގެންނެވެ. ފަހެ، އެކަލޭގެފާނު ރަނގަޅަށް ހަމަޖެހިވަޑައިގެން އިށީނދެވަޑައިގަތުމަށްފަހު ޙަދީޘްކުރެއްވިއެވެ. {ދަންނާށެވެ. އަދި ދޮގު ބުހުތާން ވާހަކަދެއްކުމެވެ. އަދި ދޮގުހެކިދިނުމެވެ.} ފަހެ، އެކަލޭގެފާނު މި ބަސްފުޅު ހުއްޓަވައި ނުލައްވައި ތަކުތާރުކުރައްވަމުން ގެންދެވިއެވެ. އެއީ (އެކަމުގެ ސަބަބުން އެކަލޭގެފާނަށް އުނދަގޫފުޅެއް ވެދާނެކަމަށްޓަކައި) ދެން ހުއްޓަވައިލައްވާނެނަމަ ކޮންފަދަހެއްޔޭ ތިމަންމެން ހިތައިފުމަށް ދާނދެނެވެ.]

ދޮގު ހެކި ދިނުން މިހާ ބޮޑު ފާފައަކަށް ވެފައިވާ ސަބަބަކީ، ދޮގުހެކި ދިނުމުގެ ސަބަބުން ނުޙައްޤުން މީހަކަށް ބޮޑު ގެއްލުމެއް ލިބޭތީއެވެ. ނޫންނަމަ ޙައްޤަކާއި ނުގައި މީހެއްގެ ޙައްޤަކުން އޭނާ މަޙުރޫމުކުރެވޭތީއެވެ. ނޫންނަމަ ނަހައްޤުން މީހެއްގެ ޙައްޤަކަށް އަރައިގަނެވޭތީއެވެ. ނުވަތަ މީހަކަށް ލިބިދާނޭ ނު ޙާއްޤު އަދަބަކާއި، ނު ޙައްޤުން ލިބިދާނޭ ގެއްލުން ތަކަކުން ސަލާމަތް ކޮށްދިމުގެ ބޭނުމުގައެވެ. މިއީ ހައްތާވެސް އަނިޔާއެވެ. ފަހެ، އަނިޔާއަކީ ﷲ އެއިލާހުގެ ޒާތުފުޅަށް ވެސް ޙަރާމްކުރައްވާފައިވާ ކަމެކެވެ. އަދި މީސްތަކުން އެބައި މީހުންގެ މެދުގައި އެކަކު އަނެކަކަށް އަނިޔާވެރިވުން ވެސް ވަނީ ޙަރާމް ކަމެއްކަމުގައި ކަނޑައަޅުއްވާފައެވެ.

ދޮގު ހެކި ދެނީ ތިމާގެ އަމިއްލަ ބޭނުމަކައްޓަކައި ނަމަވެސް ނުވަތަ މީހަކު މަޖުބޫރު ކުރުވައިގެން ނަމަވެސް ދޮގު ހެކި ދިނުމަކީ، ހުއްދަ ވާނޭ ކަމެއް ނޫނެވެ. ތިމާއަށް އެހެން ފަރާތަކުން ފައިދާއެއް މަޞްލަޙަތެއް ގެނައުމުގެ މައްޗަށް ދޮގެއް ހަދައި ދިން މީހަކުނަމަ ދޮގުހެދި މީހާއާއި، ދޮގު ހެދުމަށް ބުނި މީހާ އާއި، ދެމީހުންގެ އާޚިރަތުގެ ނަސީބުން މަޙޫރޫމްވެ އަޅުވެތިކަން ބޮޑުކުރާ މުޖުރިމުންގެތެރެއަށް ބޮޑަށް ވެދެވި، ދެމީހުންގެ ނަމުގައި ރިޝްވަތުގެ ސިއްކަ ޖެހޭނޭކަން ކަށަވަރެވެ. މީސްތަކުންގެ އެނގުމުގައި ނުވިޔަސް ތަދުބީރާއި ތަޤުދީރުގެ ވެރި ކަލާނގެ ފާރަވެރިވެ ވޮޑިގެންވާނޭކަން ޔަޤީނެވެ. އަދި އެކަމަށް ހުރި ވޭނާއި ޢުޤޫބާތް ދެއްވާނޭމެއެވެ. އެހެދި ދޮގުގެ ސަބަބު ރިޝްވަތުކަމުގައި ވާނަމަ ޙަޤީޤަތަށާއި ޢަދުލު އިންޞާފަށާއި ޖަމާޢަތުގެ ތެރެއިން ބަޔަކަށް ޙަރާމްކޯރު ވެސް ވެވި އެކަމުގެ ޖަޒާ ވެސް ޙައްޤުވާނެއެވެ. އެއީ ރިޝްވަތު ދިންމީހާ އާއި ހިފިމީހާ އާއި، މިކަމުގައި ހަމަހަމަ ވާކަން ކީރިތި ރަސޫލާގެ ޙަދީޘްތަކުން ސާބިތުވާކަމެކެވެ. އެއީ އެތަނުން އެކަކީ ﷲގެ ފަޟުލުވަންތަކަމުން ނިޢުމަތް ދެއްވުމުން އެއިން އެކަލާނގެ އެންގެވި އަމުރުތައް މުގުރައި ކަނޑައެޅުއްވި ޤާނޫނާއި ޚިލާފުވެ ތިމާގެ ޖަމާޢަތުގެތެރޭގައި އަމާންކަން ނަގައި ލުމަށާއި، ނުސީދާކަން ފެތުރުމަށް ޢަމަލުކުޅަ މީހެކެވެ. އަނެކަކީ، ހަމަބުއްދި ދެއްވުމުން އެއިން ޢަމަލުކޮށް ޙަލާލުމަގު ފިޔަވައި ޙަރާމްމަގުގައި ހިފައި، ރިޝްވަތުގެ ތަކެތީން އުފެދޭ މުޑުދާރު ނަޖިސް ލެއެއް، ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައި ތިބި ބަޔެއްގެ ހަށިގަނޑުގައި ހިންގަމުން ދިޔަ ލޭ ޖަމާޢަތަށާއި އިންސާނިއްޔަތަށް ގެއްލުންދީ ޚަރާބުކުރުމަށް މަސައްކަތްކުރާ މީހަކުކަމުގައި ވާތީއެވެ.

މިހެންކަމުން ކޮންމެ ޙާލަތެއްގައި ވެސް ދޮގު ހެކި ދިނުމީ ކަނޑައެޅިގެން ﷲ ގެ އަމުރުފުޅުތަކަށް ފުރަގަސްދިނުމެވެ. މުޅި ޤައުމެއްގެ ޞުލްޙާ މަސަލަސްކަން ގެއްލުވައިލުމަށް ނު ޙަލާލު މަގެއް އިޚްތިޔާރު ކުރުމެކެވެ. މުޖްތަމަޢަށް ބޮޑު ގެއްލުމެއް ދިނުމެކެވެ. ބޮޑު ޢާއިލާއަކަށް ވޭންދެނެވި އަނިޔާތަކެއް ދިނުމެވެ. އަދި މިފަދައިން ދޮގު ހެކިދޭ މީހުން ވިސްނަން ޖެހޭކަމަކީ މީހަކަށް ނު ޙާއްޤުން އަނިޔާދިނުމަށްފަހު ތިމާއާއި ތިމާގެ ޢާއިލާއާއި، އެހެނިހެން މީހުންނަށް ދިން އަނިޔާގެ ބަދަލު ކޮންމެވެސް ގޮތަކުން ތިމާއަށް ވެސް ކުރިމަތި ވާނޭކަމެވެ. އެހެނީ އަނިޔާ ލިބިގެންވާ މީހާގެ ނުވަތަ މީހުންގެ ބަދު ދުޢާއަކީ ﷲ އިޖާބަކުރައްވާ އެއްޗެއްކަން ދަލީލުތަކުން ސާބިތުވާ ކަމެކެވެ.

 

އެޑިޓަރުގެ ނޯޓު: މިއީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް