21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޖެމީ ފޮކްސްއަށް ޙަމަލާ ދިނުން

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

  • ޙަމަލާ ދިނީ އަޑުގަދަ ކުރާ ކަމަށް ބުނެ
އާލާ އިބުރާހިމް | aalu_aala

| 10 ޖެނުއަރީ 2017 | އަންގާރަ 17:21 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ޖެމީ ފޮކްސް -- ގޫގުލް

މަޝްހޫރު ކޮމޭޑިއަން އެރިކް މޯލަން ބައިޝޮޕް ނުވަތަ މަޝްހޫރު ނަމުން ނަމަ ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފިއެވެ.

 

މަޝްހޫރު ސެލެބްރިޓީން ޢާއްމުކޮށް ގޮސް އުޅޭ ހޮލީވުޑް ރެސްޓޯރަންޓެއް ކަމަށްވާ ލޮސް އެންޖެލީސްގައި ހުންނަ ކެޗް ރެސްޓޯރަންޓުގައި މިޙާދިސާ ހިނގަން މެދުވެރިވީ ޖެމީ ފޮކްސް އާއި އޭނާގެ ރަޙުމަތްތެރިން އިށީނދެގެން ތިބި މޭޒު ކައިރިއަށް އައި މީހަކު އިންޒާރު ދިނުމާ ގުޅިގެންނެވެ.

 

ސެލެބްރިޓީ ނޫސް ޓީއެމްޒީގައި ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޖެމީ ފޮކްސް އާއި ރަހުމަތްތެރިން އިށީނދެގެން ތިބި މޭޒު ކައިރިއަށް އައި މީހާ އެންމެ ފުރަތަމަ ޝަކުވާ ކުރީ އަޑުގަދަ ކަމަށް ބުނެއެވެ. އޭގެ ފަހުން "ތިމަންނަ އާއި ނުބެހޭށޭ، ތިމަންނަ އަކީ ނިއުޔޯކަށް ނިސްބަތްވާ މީހެއް" ކަމަށް އޭނާ ބުނި ކަމަށް މަންޒަރު ދުށް މީހަކާ ޙަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ.

 

ޚަބަރުތައް ބުނާ ގޮތުގައި އެމީހާ އިންޒާރު ދިނުމާއެކު ޖެމީ ފޮކްސްއާއެކު ހުރި އޭނާގެ ރަޙުމަތްތެރިއަކު އިންޒާރު ދިން މީހާއަށް ވަގުތުން ހަމަ އެ މޭރުމުން ރައްދު ދިނެވެ. އެގޮތުން ހުތުރު ބަހުން ވެސް މުޢާމަލާތް ކޮށްފައިވާއިރު، އެ މޭޒު ކައިރިއަށް ދިޔަ މީހާ ޖެމީ ފޮކްސް ކޮއްޕާލި ކަމަށް ޓީއެމްޒީގައި ރިޕޯޓްކޮށްފައި ވެއެވެ.

 

މި ހަމަނުޖެހުމުގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާ އާއި ޔޫޓިއުބްގައި ދައުރުވަމުން ދާއިރު، ހަމަނުޖެހުމެއް ހިނގައިގެން މީހުން ޖަމާވެގެން އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެހެންނަމަވެސް، އެތަނުގައި ވީ ކީއްކަމެއް ވީޑިއޯއަކުން މާބޮޑަށް ސާފެއް ނުވެއެވެ.

 

ބައެއް ޚަބަރުތައް ބުނާ ގޮތުގައި އިންޒާރު ދިން މީހާ ޖެމީ ފޮކްސް މޭޒު ދަށަށް ދަމާފައި ވެއްދިއެވެ. އެހެންނަމަވެސް، ޖެމީ ފޮކްސް އެ ޙަމަލާއިން ރެކެން ކުރި މަސައްކަތުގެ ތެރެއިން އެ ޙަމަލާ ދިން މީހާގެ ކަރުގައި ހިފި ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އެ ހަމަނުޖެހުމަށް ފަހު ހަމަނުޖެހުން ހިންގި "އެންމެން" ރެސްޓޯރަންޓުން ބޭރުކޮށްލާފައިވާ ކަމަށް ޚަބަރުތައް ބުނާއިރު، ޖެމީ ފޮކްސް އާއި އޭނާގެ ރަޙުމަތްތެރިން ބޭރުކޮށްލި ކަމެއް ނުވަތަ ނޫން ކަމެއް ސީދާ ސާފެއް ނުވެއެވެ.

 

ޙާދިސާ ހިނގި ވަގުތު ހޮލީވުޑްގެ އެހެނިހެން ބައެއް ސެލެބްރިޓީން ވެސް ރެސްޓޯރަންޓް ތެރޭގައި ތިބި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް