20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ގޯލްޑަން ގްލޯބް އެވޯޑްސް 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

  • ލާ ލާ ލޭންޑަށް ހަތް އެވޯޑު ވަނީ ލިބިފައި
އާލާ އިބުރާހިމް | aalu_aala

| 10 ޖެނުއަރީ 2017 | އަންގާރަ 17:17 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ގޯލްޑަން ގްލޯބް އެވޯޑްސްގައި ރަޔަން ގޯސްލިން އާއެކު އެމާ ސްޓޯން -- ގޫގުލް

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި!

 

ޖުމްލަ ހަތް އެވޯޑާއެކު ނިމިގެން ދިޔަ ގޯލްޑަން ގްލޯބް އެވޯޑްސް ޙަފްލާގެ ރެކޯޑް ހޮލީވުޑް ފިލްމު "ލާ ލާ ލޭންޑް" އިން މުގުރާލައިފިއެވެ. "ލާ ލާ ލޭންޑް" ވަނީ ނޮމިނޭޓްވި ހުރިހާ ކެޓެގަރީއަކުން އެވޯޑް ޙާޞިލްކޮށް، އަހަރެއްގެ ތެރޭގައި އެންމެ ގިނަ އެވޯޑް ހޯދި ފިލްމުގެ ލަޤަބް ހޯދާފައެވެ. އޭގެ ތެރޭގައި ބެސްޓް މިއުޒިކަލް، ބެސްޓް ޑައިރެކްޓަރ، ސްކްރީންޕްލޭގެ އިތުރުން، ބެސްޓް ސޯންގް ގެ އެވޯޑު ވެސް މި ފިލްމުން ވަނީ ޙާޞިލްކޮށްފައެވެ. އެމާ ސްޓޯން އާއި ރަޔަން ގޯސްލިންގ ލީޑް ރޯލުން ފެނިގެންދާ "ލާ ލާ ލޭންޑް"ގެ ތަރިން ވަނީ އެކްޓިންގ ކެޓެގަރީތަކުން ވެސް އެވޯޑު ޙާޞިލްކޮށްފައެވެ.


"ލާ ލާ ލޭންޑް" މިހާރު ވެފައި ވަނީ ގޯލްޑަން ގްލޯބް އެވޯޑްސްގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ފިލްމަށެވެ. ރޮމޭންޓިކް މިއުޒިކަލް ކޮމެޑީ ޑްރާމާ ފިލްމެއް ކަމަށްވާ މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޑެމިއަން ޝަޒެލްއެވެ. "ލާ ލާ ލޭންޑް" އަކީ 2016 ވަނަ އަހަރު ނެރުނު ހޮލީވުޑް ފިލްމުތަކުގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނޭ ފިލްމެއްގެ ގޮތުގައި އެމެރިކަން ފިލްމް އިންސްޓިޓިއުޓް އިން ވެސް ވަނީ ކަނޑައަޅާފައެވެ.

 

ގޯލްޑަން ގްލޯބް އެވޯޑް ޙަފްލާ މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ބާއްވާފައި ވާއިރު، އެއް އެވޯޑަށް ވުރެ ގިނަ އެވޯޑު ދެން ޙާޞިލް ކުރި ހަމައެކަނި ފިލްމަކީ "އެލޭ" އެވެ. އެގޮތުން "އެލޭ" ނޮމިނޭޓް ވެފައިވާ ދެ ކެޓެގަރީން ވެސް އެ ފިލްމަށް ވަނީ އެވޯޑް ލިބިފައެވެ. ސައިކޮލޮޖިކަލް ތްރިލާއެއް ކަމަށްވާ "އެލޭ" އަށް ބެސްޓް ފޮރިން ލެންގުއޭޖްގެ އިތުރުން ކްރިޓިކްސް އެވޯޑް ވަނީ ލިބިފައެވެ. ޕޯލް ވާރހޮވެން ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ ފްރާންސް ބަހުން ނެރެފައިވާ ފިލްމެކެވެ.
 

މިފަހަރުގެ ގޯލްޑަން ގްލޯބް އެވޯޑްސްގައި އެވޯޑްތައް ޙާޞިލްކުރި އިތުރު ފިލްމުތަކަށް ބަލާއިރު، ބެރީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމު "މޫންލައިޓް" އަށް ވަނީ ބެސްޓް މޯޝަން ޕިކްޗަރ ޑްރާމާ އެވޯޑް ލިބިފައެވެ.

 

އެވޯޑްތައް ޙާޞިލްކުރި ފަންނާނުންނަށް ބަލާއިރު، ބެސްޓް ޕާފޯމެންސް އިން އަ މޯޝަން ޕިކްޗަރ ޑްރާމާ ބައިން އެންމެ މޮޅު އެކްޓަރަކަށް ފިލްމު "މެންޗެސްޓަރ ބައި ދަ ސީ" އިން ކޭސީ އެފްލެކް އެވޯޑް ޙާޞިލްކުރިއިރު، އެކްޓްރެސްއަކަށް ހޮވިފައިވަނީ ފިލްމު "އެލޭ" އިން އިސަބެލް ހުޕާރޓްއެވެ. އަދި ހަމަ އެ ކެޓެގަރީގެ މިއުޒިކަލް ނުވަތަ ކޮމެޑީ ބައިން އެންމެ މޮޅު އެކްޓަރަކަށް "ލާލާ ލޭންޑް" އިން ރަޔަން ގޯސްލިންގ އެވޯޑް ޙާޞިލްކުރިއިރު، އެކްޓްރެސްއަކަށް ހޮވިފައިވަނީ ހަމަ އެފިލްމުން އެމާ ސްޓޯންއެވެ.

 

އެންމެ މޮޅު ޑައިރެކްޓަރަކަށް ފިލްމު "ލާ ލާ ލޭންޑް" ގެ ޑައިރެކްޓަރ ޑެމިއަން ޝަޒެލް ހޮވުނުއިރު، ބެސްޓް އޮރިޖިނަލް ސޯންގް ވެސް ލިބިފައިވަނީ އެފިލްމުގައި ހިމެނޭ "ސިޓީ އޮފް ސްޓާސް" އަށެވެ.

 

ގޯލްޑަން ގްލޯބް އެވޯޑް ޙަފްލާގައި "ލާ ލާ ލޭންޑް" ފިޔަވާ ދެން އެންމެ ގިނަ އެވޯޑަށް ނޮމިނޭޓްވީ ފިލްމު "މޫންލައިޓް" ހަ ކެޓެގަރީއަކުން ނޮމިނޭޓްވީއިރު، އެވޯޑު ގެންގޮސްފައިވަނީ އެންމެ ކެޓެގަރީއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް