23 މެއި 2018 | ބުދަ | 04 ރޯނު

މަގޭ ރިޕޯޓް

ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟

  • ޕާކިސްތާންގެ ބޮޑު ވަޒީރުގެ ވެރިކަން އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިމުމަކަށްގެނައީ، ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން
  • މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބްގެ ވެރިކަން އެ ޤައުމުގެ ރައްޔިތުން ނިމުމަކަށް ގެނައީވެސް ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން
  • ރައީސް ޔާމީންގެ މައްޗަށްވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކުރެވޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 11 މެއި 2018 | ހުކުރު 02:44 | |

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގްގެ ދެ ކަނބަލުންނާއެކު ރައީސް ޔާމީންގެ ދެ ކަނބަލުން -- ޓްވިޓަރ

ދުނިޔޭގެ އެންމެ ކޮރަޕްޓް، އަދި ހުދުމުހުތާރު ވެރިންގެ ލިސްޓެއް އެކުލަވާލައިފިނަމަ، އެ ލިސްޓުގެ އެންމެކުރިން ޖާގަ ހޯއްދަވާނެ ބޭފުޅުންގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފައި، މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ހިމެނިވަޑައިގަންނަވާނެ އެވެ. މި ދެބޭފުޅުންނަކީވެސް ރައީސް ޔާމީންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނެވެ.

ވަކިން ހާއްސަ ގޮތެއްގައި މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަކީ ރައީސް ޔާމީންގެ ވަރަށް ގާތް އެކުވެރިޔެކެވެ. އެކެން ރައީސް ޔާމީން މިހާތަނަށް ކުރައްވާފައިވާ ދަތުރުފުޅުތަކުން ވަރަށް ސާފުކޮށް އެނގެ އެވެ. މުޅި ދުނިޔެއަށް ފިއްލަވާ، އެކަހެރިވެވަޑައިގެން އުޅުއްވާ ރައީސް ޔާމީން މެލޭޝިޔާއަށް ދެ ދަތުރެއް ކުރައްވާފައިވެއެވެ. އަދި ރައީސް ޔާމީން ދެއްވި ދައުވަތަކަށް ނަޖީބު ރައްޒާގު ރާއްޖެވެސް ވަޑައިގެންފައިވެއެވެ. 

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރައީސް ޔާމީނާއެކު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވިތާ ހަފްތާއެއްގެ ތެރޭގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަޤާމުން ދުރުކޮށްފައިވަނީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަކާއި ގުޅިގެންނެވެ. ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރިކަން ފަޅާއެރުމުންނެވެ. 

މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަން އެ ޤައުމުގެ ރައްޔިތުންވެސް ނިމުމަކަށް ގެނެސްފައިވަނީ، ރައީސް ޔާމީންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވިތާ އަހަރު ދުވަސް ނުވަނީސް އެވެ. ރައީސް ޔާމީންް ނަޖީބް ރައްޒާގާ އެހާ ގާތް ދެ ބޭފުޅުންނަށްވެވަޑައިގެންނެވީ ދެބޭފުޅުންގެ ކިިބައިގައިވެސް އެއްގޮތް ސިފަތަކެއް ހުރުމުގެ ސަބަބުުންކަަމަށްވެދާނެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ވައްޓަފާޅިއާއި، ނަޖީބްގެ ވެރިކަމުުގެ ވައްޓަފާޅިއާއި މާ ބޮޑު ތަފާތެއް ނެތެވެ. 

މެލޭޝިޔާގެ ކުރީގެެ ބޮޑު ވަޒީރު ނަޖީބް ރައްޒާގާއެކު ރައީސް ޔާމީން -- ފޮޓޯ: ރައީސް އޮފީސް

ނަޖީބްގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ޖަމާވިއިރު، ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އަދި އެއީ، ރައީސް ޔާމީންއަކީ ކާކުކަން އެނގިވަޑައިގަންނަވަންޖެހޭނެކަމަށް ވިދާޅުވި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ހާމަކުރެއްވި މައުލޫމާތުން އެނގުނު ކުޑަކުޑަ މިންވަރެކެވެ. އަސްލު ރިޕޯޓްތައް ހާމަކޮށް، މިނިވަން ތަހުޤީޤެއް ހިންގައިފިނަމަ، އެ އަދަދު 700 މިލިއަން ޑޮލަރަށްވުރެ މައްޗަށްއެރުމަކީވެސް ހަމަވުންއެކަށީގެންވާކަމެކެވެ. 

އެހެންކަމުން ކޮރަޕްޝަންގެ ތުހުމަތުގައި ދެބޭފުޅުންނަކީވެސް ދާދި އެއް ހިސާބެއްގައި ތިއްބެވި ދެ ބޭފުޅުންނެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަންޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަކީވެސް އެއީ އެވެ. ނަޖީބުގެ ވެރިކަން އެ ޤައުމުގެ ރައްޔިތުން ބަދަލުކުރި މައިގަނޑު ސަބަބަކީވެސް އެއީ އެވެ. 

މެލޭޝިޔާގެ ކުރީގެެ ބޮޑު ވަޒީރު ނަޖީބް ރައްޒާގާއެކު ރައީސް ޔާމީން -- ފޮޓޯ: ރައީސް އޮފީސް

އޭގެއިތުރުންް މީޑިއާތަކާއި، މީސް މީޑިއާ ނުވަތަ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރެއްވުމުގައިވެސް ނަޖީބާއި، ރައީސް ޔާމީން ގެންގުޅުއްވަނީ ދާދި އެއް ސިޔާސަތެެކެވެ. ހިޔާލުފާޅުކުރުމާއި، އަބުރު ރައްކާތެރިކުރުމުގެ މިނިވަންކަމުގެ ޤާނޫނެއް ހައްދައި ރައީސް ޔާމީން މީޑިއާތައް ކޮންޓްރޯލްކުރެއްވުމަށް މަސައްކަތްކުރެއްވިއިރު، ނަޖީބް ގެންނެވި ޤާނޫނަކީ ދޮގު ހަބަރު ފަތުރާ މީހުންނަށް އަދަބު ދޭ ގާނޫނު އެވެ. 

މަލޭޝިޔާގެ ބޮޑު ވަޒީރުކަމުން އެ ޤައުމުގެ ރައްޔިތުން ދުރުކުރުވި ކޮރަޕްޓް ވެރިޔާ ނަޖީބަކީވެސް އޭނާގެ އިދިކޮޅު ފަރާތްތަކާއި މާގަޔާވާ ބޭފުޅެއް ނޫނެވެ. އިދިކޮޅު ފަރާތްތައް ނައްތާލުމަށް މަސައްކަތްކޮށް، އިދިކޮޅު ލީޑަރ އަންވަރު އިބްރާހީމަށް ވެރިކަމުގެ ފުރުސަތު ގެއްލުވާލުމަށްޓަކައި ޖަލަށްވެސް ލެއްވީއެވެ. ހަމައެގޮތަށް ރައީސް ޔާމީންވެސް ވަނީ ރައްޔިތުންގެ ތާއީދު ކުޑަމިންވަރެއްވެސް އޮތް ބޭފުޅެއްނަމަ ޖަލަށްލައްވަވާ ފައެވެ. އިންތިހާބުގައި ވާދަނުކުރެއްވޭގޮތް ހައްދަވާފައެވެ. 

އެންމެފަހު ވަގުތުގައި އިލެކްޝަންސް ކޮމިޝަންގެ ކޮންޓްރޯލް ނަންގަވައި، އިންތިހާބާއި ބެހިވަޑައިގަތުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނަޖީބް ރައްޒާގްވެސް ކުރެއްވި އެވެ. ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް އަހުމަދު ޝަރީފް އައްޔަނުކުރެއްވިގޮތަށް، ނަޖީބްވެސް އެފަދަ ޝަރީފުންތަކެއް އައްޔަނުކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެންމެފަހު ވަގުތުގައިވެސް މަސައްކަތްކުރެއްވި އެވެ. ނަމަވެސް ރައްޔިތުން ނިކުމެ ނޫނެކޭ ބުނުމުން ނަޖީބަށް ޖެހިވަޑައިގެންނެވި ގެޔަށް ވަޑައިގެންނެވުމަށެވެ. ދިގުދެމިގެންދިޔަ 61 އަހަރުގެ ކޯލިޝަން ވެރިކަމެއްގައި ނިމުމުގެ ސިއްކަ އެ ޤައުމުގެ ރައްޔިތުން ޖެހީ ވޯޓުލުމަށް ލިބުނު ފުރުސަތުގައެވެ. 

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރައީސް ޔާމީނާއެކު -- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނާއި، މެލޭޝިޔާގެ ވެރިކަންތަކުންނާއި، ވެރިކަން ނިމުނުގޮތާއި، ރާއްޖޭގެ ހާލަތާއި ދާދި އެއްގޮތެވެ. ޕާކިސްތާނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދީ، ކޮރަޕްޓް ވެރިޔާ ގެޔަށް ފޮނުވާލީ އެ ޤައުމުުގެ ސުޕްރީމް ކޯޓުންނެވެ. މެލޭޝިޔާގެ އަނިޔާވެރި ކޮރަޕްޓް ވެރިޔާ ނިމުމަކަށް ގެނައީ އެ ޤައުމުުގެ ރައްޔިތުންނެވެ. އިންތިހާބުގައި ވަގު ހެދިޔަސް ހެޔޮކަމަށް ބުނެ، ލިބުނު ފުރުސަތުގައި ނިކުމެ އެޅިި ވޯޓުންނެވެ. 

ތަފާތަކީ ހަމަ އެންމެކަމެކެވެ. އެ ޤައުމުތަކުގައި ބޮޑެތި ކަޅު ފޮށިތަކާއި، ގޮދަނޑިތައް ދަށުން މިލިއަނުން މިލިއަނުން ފައިސާ ނުފެންނަކަމެވެ. ސުޕްރީމް ކޯޓުން ހުކުމެއް ނެރުމާއެކުގައި، ސަލާމަތީ ހިދުމަތްތަކުންގޮސް ސުޕްރީމް ކޯޓު ހިސޯރުކޮށް، ފުރާޅުން ޓިނު ނަގައި، އުއްތަމަ ފަނޑިޔަރު ދަމާކޫތާފައި ގެންގޮސް ހައްޔަރުނުކުރާކަމެވެ. މަޖިލީހުގައި ތަޅު އަޅުުވައި، އެތަން މިލިޓަރީގެ ބެލުމުގެ ދަށަން ނުގެންނަކަމެވެ. 

މި ދެންނެވި ހުރިހާކަމެއް ރައީސް ޔާމީންގެ ވެރިކަމުގައ ފެނިގެންދިޔައިރު، އޮތް ސުވާލަކީ، ރައީސް ޔާމީންގެ ވެރިކަމަށް ނިމުން އަންނަނީ ކޮންގޮތަކަށްތޯ؟ މެލޭޝިޔާގެ ރައްޔިތުން ދެއްކި ހިތްވަރު މި ޤައުމުގެ ރައްޔިތުން ނިކުމެ ދެއްކުމަށް ތިބީ ތައްޔާރަށްތޯ؟ ނޫނަމަ ރައީސް ޔާމީންގެ ވެރިކަމުގެ ނިމުން އިންތހާބުގެ ކުރިިން އައިސްދާނެތޯވެސް އެއީ އުފެދޭ ސުވާލެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮލެޖް ބޯއީ

1 ހަފްތާކުރިން

އެކަމަކު އެކުވެރި ޗައިނާ ޅީޑަރަށް ޅިބުނީ ޢުމުރު ދުވަހަށް ވެރިކަން ކުރުމުގެ ފުރުސަތު. ދެނޯ?

0
0
ކޮލެޖް ބޯއީ

1 ހަފްތާކުރިން

އެކަމަކު އެކުވެރި ޗައިނާ ޅީޑަރަށް ޅިބުނީ ޢުމުރު ދުވަހަށް ވެރިކަން ކުރުމުގެ ފުރުސަތު. ދެނޯ?

0
0
ޕިންކީ

1 ހަފްތާކުރިން

ބްރޯއެވެ. ޗަކޮއެމެން ކޮންމެފަދަ އެއްޗެކޭވެސް ލިޔެފާނަންއޮތަ؟.. މެލޭޝިޔާއިން ގެދޮރުގަތީ ފަޑިޔާރުން، މައުމޫންގެ ފޭވަރީޓް ގައުމެ، ހުރިހާ ސުޕްރީމްކުޅިގަނޑު ހިންގި ގައުމު، އެކަމު ރައީސް ޔާމީންގެ އެކުވެރިޔާ؟ މުނާފިގަސް ބޮޑުވަރު.

1
1