24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެމްއެމްޕީއާރްސީ

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

 • 2014 ވަނަ އަހަރު ނެގި 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުދޭ
 • އެމްޕީއެލް އިން 2014 ވަނަ އަހަރު އެ ފައިސާ ލިބިފައިވާ ކަމަށް ބުނެފައިވޭ
 • 2016 ވަނަ އަހަރު އެމްޕީއެލްގެ ސީއީއޯ ވަނީ އެ ފައިސާ ނުލިބޭކަން ހާމަކޮށްފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 17:16 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


އެމްއެމްޕީއާރްސީ: 2014 ގައި ނެގި ފައިސާ ހޯދުމަށް އެމްޕީއެލް އިން މަސައްކަތެއް ނުކުރޭ -- ސަން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަ (އެމްއެމްޕީއާރްސީ) އަށް ބޭނުންވާ ޑޮލަރު ގަތުމަށް ކަމަށް ބުނެ އެކި ފަހަރު މަތިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދިން ފައިސާގެ ތެރެއިން 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ ތިން އަހަރު ވީއިރު ވެސް ނުދައްކާކަން ރާއްޖެއެމްވީ އަށް އެނގިއްޖެ އެވެ.

 

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެމްޕީއެލްގެ އިސްވެރިޔަކު ވިދާޅުވީ އެމްއެމްޕީއާރްސީން 2014 ވަނަ އަހަރު ނެގި ފައިސާގެ ތެރެއިން 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް އެމްޕީއެލްއަށް ލިބިފައިނުވާ ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކުމަށް އެ ކުންފުނިން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މީގެ އިތުރުން، އޭނާ ވިދާޅުވީ އެ އެންގުމުގެ އިތުރުން، ފައިސާ ހޯދުމަށް އެމްޕީއެލް އިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ވެރިންގެ މެދުގައި ކަންބޮޑުވުމެއްހާ ހިސާބު ވެސް ނެތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

 

އޭނާ ވިދާޅުވީ އެމްޕީއެލްއަކީ ދިވެހި ދައުލަތަށް އެންމެ ގިނައިން ފައިސާ ވައްދާ އެއް ކުންފުންޏަށް ވާއިރު، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުހޯދާ ނަމަ ކުންފުނި ފުޅާކޮށް، އޮޕަރޭޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އެ ކަންތައްތައް މިއަދު ފެންނަމުން ނުދިޔަޔަސް، ދިގު މުއްދަތުގައި އެމްޕީއެލް އަށް މިފަދަ ކަންކަމުގެ ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ޑޮލަރު ގަތުމަށް ކަމަށް ބުނެ އެމްއެމްޕިއާރްސީން ނެގި 85 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ފެންމަތިކުރެއްވުމާއެކު، އެމްޕީއެލް އިން 2014 ވަނަ އަހަރުގެ ނޮވެމްބަރުގައި ބުނީ އެމްއެމްޕީއާރްސީން އެ ފައިސާ ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެވެ.

 

ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު އެމްޕީއެލްގެ ސީއިއޯ މުހައްމަދު ޖުނައިދު ދެއްވި ޕްރެސްއެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީން ލިބެންޖެހޭ 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުންފުންޏަށް ނުލިބި އެބައޮތް ކަމަށެވެ.

 

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް ނެރުއްވި، އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޑޮލަރު ގަނެ ވިއްކުމަށް ދެ ކުންފުނީގެ ދެމެދުގައި 2014 ވަނަ އަހަރުން ފެށިގެން 6 އެއްބަސްވުމެއް އެކުލަވާލެވި، އެކި ފަހަރު މަތިން 15.42 ރުފިޔާގެ ރޭޓުން 13.31 މިލިއަން ޑޮލަރު ގަތުމަށް 205.21 މިލިއަން ރުފިޔާ އެމްޕީއެލް އިން އެމްއެމްޕީއާރްސީ އަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ޑޮލަރު ވިއްކުމަށް ފައިސާ ހޯދާފައި ވަނީ އެމްއެމްޕީއާރުސީގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާ ޚިލާފަށް ޑިރެކްޓަރުންގެ ބޯޑާ މަޝްވަރާކުރުމެއް ނެތި އަދި އެ ބޯޑުގެ ހުއްދަ ނުހޯދައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

 

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ފައިސާގެ ތެރެއިން އެމްޕީއެލްއަށް ދައްކާފައި ވަނީ 7.79 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ކަމަށް ވާއިރު، ބާކީ 5.52 މިލިއަން ޑޮލަރު (85 މިލިއަން ރުފިޔާ) ދައްކާފައި ނުވާ ކަމަށެވެ.

 

އެމްޕީއެލްއަށް ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ހޯދުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އާއިލާގެ ބޭފުޅުންގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިން މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވާފައެވެ. ނަމަވެސް އަދިވެސް އެ މައްސަލައިގައި ދައުވާ އުފުލާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް