16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ތިޔަ ލޯތްބާއި ދުރަށް

ތިޔަ ލޯތްބާއި ދުރަށް: ލަންކާގައި އެޅުވި ދެ ޝޯވެސް ހައުސް ފުލް

  • މިއީ މިއަހަރު ރިލީޒްކުރި ހަތަރުވަނަ ދިވެހި ފިލްމު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 11 މެއި 2018 | ހުކުރު 01:43 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ތިޔަ ލޯތްބާއި ދުރަށްގެ ޕޯސްޓަރ -- ފޭސްބުކް

ބުރާސްފަތި ދުވަހުގެ ހެނދުނާއި ރޭ އަވައްޓެރި ސްރީލަންކާގައި އެޅުވި ދިވެހި ފިލްމު ތިޔަ ލޯތްބާއި ދުރަށްގެ ދެ ޝޯވެސް ހައުސް ފުލްކަމަށް އެ ފިލްމުގެ ޑައިރެކްޓަރ މަރިޔަމް މޫސާ(މަރީ) ބުނެފިއެވެ.

މަރީ ރާއްޖެއެމްވީއަށް ބުނީ ލަންކާގައި އެޅުވި ދެ ޝޯ ފުލްވުމާއި ގުޅިގެން އިތުރު ޝޯއެއް ލަންކާގައި  އެޅުވުމަށް އެދެމުން ދާކަމަށެވެ.

މި ޝޯތައް އަޅުވާފައިވަނީ ލަންކާގެ މައުންޓްލަވަނިއާ ސިޓީ ސިނަމާގައެވެ.

މަރީ ބުނީ ރޯދަ މަހަށް ފަހު ރާއްޖޭގެ އަތޮޅު ތެރޭ ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި  ރަށްރަށުގައި ފިލްމު އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7900789 އަށް ގުޅުއްވާ އެކަން ހަމަޖެއްސުމަށް މަރީ ބުންޏެވެ.

މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓް ކޮށްފައިވަނީ ސްރީ ލަންކާގައެވެ. މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް) އަދި އަހުމަދު އަމަން (ޓޮމް)އަދި މަރިޔަމް ޝަހްޒާ އެވެ.

ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ(މަރީ)ގެ ތިޔަ ލޯތްބާއި ދުރަށް ރާއްޖޭގައި އަޅުވާފައި ވަނީ އެޕްރީލް މަހުގެ 21 ގައެވެ

.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް