16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ބޭބީ މަސާޖް

މިއީ ކޮންކަހަލަ ބޭބީ މަސާޖެއް!!!

  • މަސާޖު ކުރާ މީހާ ބުނަނީ މިއީ ފައިދާ ހުރި ފަރުވާއެއް ކަމަށް
ރާއްޖެ އެމްވީ | raajjemv

| 10 މެއި 2018 | ބުރާސްފަތި 22:19 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ކުޑަކުއްޖަކަށް އާދަޔާ ޚިލާފް މަސާޖުދޭ ވީޑިއޯގެ ސްކްރީން ޝޮޓެއް -- ޔޫޓިއުބް

ތުއްތުތުއްތު ކުއްޖެއްގެ ހަށިގަނޑު ގޮތްގޮތައް ހާނާ ހަދާ މާ ޚާއްސަ ބޭބީ މަސާޖެއް ދައްކާ ވީޑިއޯ އަކުން ގިނަ ބަޔަކަށް ބޮޑު ޝޮކެއް ލިބިއްޖެއެވެ.

ވީޑިއޯ އިން ފެންނަނީ އަންހެނަކު ކުޑަ ކުއްޖަކަށް ދޭ ޚާއްސަ މަސާޖެއް ކަމަށް ބުނެ އެ ކުއްޖާއަށް އެގޮތްމިގޮތް ހަދަމުން ދަނިކޮށްނެވެ. އެކޮޅު ކޮޅުން ޖަހާ ގޮތްގޮތައް އަތްފައި ދަމާ، އަތްފައި އަނބުރާ ހަނދަމުންދާ އިރު ހީވަނީ ކުޅޭކުޅޭ ބުދަކަށް ގޮތްގޮތް ހަދަމުންދާ ހެންނެވެ. ވީޑިއޯ ބެލި ބައެއް މީހުން ކޮށްފައިވާ ކޮމެންޓުގައި މިއީ ކުޑަކުއްޖަކު "ޓޯޗަރ" ކުރުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަސާޖު ކުރާ އަންހެން މީހާ ބުނިކަމަށް ވަނީ މިއީ ތުއްތު ކުދިންނަށް އޭނާ ދޭ ރަނގަޅު ފަރުވާ އެއް ކަމަށާއި، އޭނާގެ މި ފަރުވާ އިން ތުއްތު ކުދިންގެ ކިތަންމެ މައްސަލަ ތަކެއް ރަނގަޅު ކޮށްދީފައިވާނެ ކަމަށެވެ. މި އަންހެން މީހާ އަކީ ޕްރޮފެޝަނަލް މަސާޖް ކުރާ މީހެއް ކަމަށް ވެއެވެ. މިއީ ކަޒަކިސްތާނު މީހެއް ކަމަށާއި އޭނާ ޕްރޮފެޝަނަލް މަސާޖު ކުރުމުގައި މިހާރު 11 އަހަރު ހޭދަކޮށްފައިވާ ކަމަށް މި ވީޑިއޯ އާ އެކު އާއްމު ވެފައިވާ މައުލޫމާތުގައި ވެއެވެ.

ވީޑިއޯ ދުށް އެތައް ބަޔަކަށް ހައިރާންކަން ލިބިފައިވާ ކަމަށް ބުނެފައި ވީ ނަމަވެސް، މިއީ ކަޒަގިސްތާނުގައި ކުޑަކުދިންނަށް ދޭ މަގްބޫލު މަސާޖެއް ކަމަށް ވެއެވެ. މި ފަދަ މަސާޖަކަށް ފަނަރަ ވަރަކަށް މިނެޓަށް ދިހަ ވަރަކަށް އެމެރިކާ ޑޮލަރު ހޭދަކުރާ ކަމަށް ވެއެވެ.

ވީޑިއޯ ބަލާލުމުން ފާހަގަވާ އެހެން އާދަޔާ ޚިލާފް ކަމެއްވެސް އެބަވެއެވެ. އެ ކުއްޖާއަށް އެގޮތްމިގޮތް ހަދަމުންދާ އިރުވެސް ކުކުރާވެސް ނުލާ މަސާޖު ކުރާ މީހާ ހަދާނެ ގޮތެއް ހަދަން ދީގެން ބަސް އަހައިގެން އޮވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް