15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ސެއިލިންގ

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

  • ސިފައިންގެ ތަމްރީނުތަކުގައި ރިޔަލު ދޯނި ދުއްވުމުގެ ހުނަރު ދަސްކޮށްދޭނެ
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 17:04 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- -- ޓްވިޓަރ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދިޔަ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތް ނިންމާލައިފި އެވެ.

 

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖޭގެ ވަށައިގެން ބޮޑު ސަރަހައްދެއްގައި ކަނޑު އޮތްއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަން މަސައްކަތްކުރާ ސިފައިންނަށް ކޮންމެހެންވެސް މިފަދަ ހުނަރުތައް ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެމްއެންޑީއެފުން މި ހިންގި މުބާރާތުގެ މަސައްކަތަކީ ވަރަށް ބުރަ، އޭގެ ސަބަބުން ސިފައިންގެ ސިފަވަންތަކަށް އިތުރަށް ހަރުދަނާވާނެ މުބާރާތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

މީގެ އިތުރުން ސިފައިންގޭގައި ހިންގާ ބައެއް ތަމްރީނުތަކުގައި ވެސް ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

 

މިމުބާރާތުގައި އެންމެ އަވަހަށް ރިޔަލު ދޯނި ދުއްވައިގެން ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) ގެ ޓީމު އެއްވަނަ ހޯދިއިރު، ފަލި ޖެހުމުގެ މުބާރާތް އެންމެ އަވަހަށް ނިންމައިގެން އެއްވަނަ ހޯދީ ފަޔަރ އެންޑް ރެސްކިޔު ސާވިސް (އެފްއާރުއެސް) ގެ ޓީމެވެ. އެސްޕީޖީގެ ޓީމް ރިޔަލު ދޯނި ރޭސް ނިންމާފައިވަނީ 25 މިނެޓު 31 ސިކުންތުންނެވެ. އަދި އެފްއާރުއެސްއިން ފަލިޖެހުމުގެ ރޭސް ނިންމާފައިވަނީ 11 މިނެޓު 33 ސިކުންތުންނެވެ.

 

ރިޔަލު ދޯނި ދުއްވުމުގެ މުބާރާތުން ދެވަނަ ހޯދި މެރިން ޑިޕްލޮއިމަންޓް ޔުނިޓް 3 (އެމްޑީޔޫ 3) އިން ރޭސް ނިންމީ، 31 މިނެޓު ހަތަރު ސިކުންތުންނެވެ. އަދި 39 މިނެޓު ސާޅިސް ހަތް ސިކުންތުން ރޭސް ނިންމައި، ކްއޯޓަރ މާސްޓަރ ސަރވިސް އިން ތިންވަނަ ހޯދިއިރު، ހަތަރު ވަނައަށް ދިޔަ ކޯސްޓްގާޑުގެ ޓީމަށް ރޭސް ނިންމާލެވިފައިވަނީ 40 މިނެޓު 25 ސިކުންތުންނެވެ.

 

ފަލި ޖެހުމުން ދެވަނައަށް ގޮސްފައިވަނީ އެސްޕީޖީގެ ޓީމެވެ. އެ ޓީމުން 11 މިނެޓު 34 ސިކުންތުން ރޭސް ނިންމިއިރު، ތިންވަނަ އަށްދިޔަ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 (އެމްޑީޔޫ 1) ޓީމުން ރޭސް ނިންމީ 12 މިނެޓު އެއް ސިކުންތުންނެވެ. އަދި 12 މިނެޓު ދެ ސިކުންތުން ރޭސް ނިންމައިގެން ހަތަރުވަނައަށް ހޮވިފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 4 (އެމްޑީޔޫ 4) އެވެ.

 

މި މުބާރާތުގައި އެމްއެންޑީއެފްގެ އެކި ދާއިރާތަކުން 18 ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފިރިހެން 17 ޓީމަކާއި އަންހެން ޓީމެއް ބައިވެރިވެފައިވެ އެވެ. ސިފައިންގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށާއި ކަނޑުގެ މާހައުލަށް އަހުލުވެރިކުރުމުގެ މަޤްސަދުގައި މުޅިން އަލަށް ހިންގި މިމުބާރާތުގައި ކޮންމެ ޔުނިޓަކުން ވެސް ރިޔަލު ދޯނި ދުއްވުމަށާއި ފަލި ޖެހުމަށް ދެ ޓީމު ބައިވެރިވެފައިވެ އެވެ.

 

މިމުބާރާތުގައި ރިޔަލު ދޯންޏާއި ސޮކީގައި ފަލި ޖަހާފައިވަނީ 400 މީޓަރުގެ ދުރުމިނަކަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް