19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ތިން ރެކޯޑެއް ސިޓީއިން މުގުރާލައިފި

  • އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 10 މެއި 2018 | ބުރާސްފަތި 18:20 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ސިޓީ ކުޅުނު މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލީގުގެ ތިން ރެކޯޑެއް މެންޗެސްޓާ ސިޓީއިން މުގުރާލައިފިއެވެ.

އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ޓީމުން މި މެޗުގައި އަށް ބަދަލެއް ފެނިގެންދިޔައިރު މި މެޗު ވެގެންދިޔައީ އެ ޓީމަށް ކުޅެމުން އަންނަ އައިވޮރީ ކޯސްޓްގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ އެ ޓީމަށް ކުޅެދޭ އެންމެ ފަހު މެޗަށެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެނީލޯއެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ލިއޮނާޑޯ އުޗޯއާ ވަނީ ލަނޑެއް ޖަހާ ބްރައިޓަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑަށްފަހު ވެސް ސިޓީއިން ބްރައިޓަންގެ ގޯލަށް ނުރައްކާކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް އަލުން އަނބުރާ މެޗުގެ ލީޑު ނަގައިދިނީ ޑޭވިޑް ސިލްވާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ފަނާންޑީނިއޯއެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޑެނީލޯ ފޮނުވާލި ހަމަލާއެއް ބްރައިޓަންގެ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައިވެއެވެ.

މި މެޗާއެކު ސިޓީއިން ވަނީ ޕްރިމިއާ ލީގުގައި ޗެލްސީއިން މީގެކުރިން ގާއިމުކޮށްފައިވާ ތިން ރެކޯޑެއް މުގުރާލާފައެވެ. އެ ޓީމުން ސީޒަނުގެ މިހާތަނަށް 97 ޕޮއިންޓް ހަމަކޮށްފައިވާއިރު މިއީ ޕްރިމިއާ ލީގުގެ ރެކޯޑެކެވެ. ހަމައެހެންމެ އެ ޓީމުން ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި 31 މެޗު ކާމިޔާބުކޮށްފައެވެ. މިއީ ވެސް އެއް ސީޒަނަކަށް ބަލާއިރު ރެކޯޑަކަށްވާއިރު 105 ލަނޑާއެކު ޕްރިމިއާ ލީގެއްގައި އެއް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު ވެސް މިހާރު އޮތީ ސިޓީ އަތުގައެވެ.

ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އަމިއްލަ ދަނޑުގައި ޗެލްސީ ވަނީ 1-1 އިން ހަޑާސްފީލްޑް އަތުން ބަލިވެފައެވެ. ހަމައެހެންމެ ރަށުން ބޭރުގައި އާސެނަލް ވަނީ 3-1 އިން ލެސްޓާ ސިޓީ އަތުން ބަލިވެފައެވެ. ޓޮޓެންހަމް ވަނީ 1-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިކޮށްފައެވެ.

ޕްރިމިއާ ލީގުގައި ކުޅުނު 37 މެޗުން ލިބުނު 97 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު 36 މެޗުން ލިބުނު 77 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޔުނައިޓެޑްއެވެ. ތިންވަނައިގައި 74 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު ހަތަރު ވަނައިގައި 72 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް