21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ރާމޯސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ރެއާލް ބަލިވެއްޖެ

  • ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 10 މެއި 2018 | ބުރާސްފަތި 17:40 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ސާޖިއޯ ރާމޯސް -- ގެޓީ އިމޭޖާސް

ސްޕެނިޝް ލަލީގާގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެ ޓީމު ބަލިވެއްޖެއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ރެއާލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައިނުވާއިރު އެ ޓީމު ނުކުތީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވިސްނައިގެން މުހިންމު ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ވިސާމް ބެން ޔަދާރްއެވެ. މި ލަނޑަށްފަހު ވެސް ސެވިއްޔާއިން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ސްޓީވެން އެންޒޮންޒީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިގުއެލް ލެޔުން ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ސެވިއްޔާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ރެއާލްއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒްއަށް ސެވިއްޔާގެ އޭރިއާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން ދިން ޕެނަލްޓީ ސާޖިއޯ ރާމޯސް ވަނީ ބޭކާރުކޮށްލާފައެވެ.

ސެވިއްޔާއިން ކައުންޓާގައި ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންދަނިކޮށް އެ ޓީމުގެ ލީޑު ފުޅާވެގެންދިޔައީ މެޗުގެ 84 ވަނަ މިނެޓުގައި ރާމޯސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗުގެ 87 ވަނަ މިނެޓުގައި ބޯޖާ މަޔޯރާލް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްދިންއިރު ރެއާލްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރާމޯސްއެވެ.

ކުޅުނު 36 މެޗުން ލިބުނު 72 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު ސެވިއްޔާ އޮތީ ކުޅުނު 36 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް