20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކޮޕާ އިޓާލިއާ

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ކޮޕާ އިޓާލިއާ ޔުވެންޓަސްއިން ކާމިޔާބުކޮށްފި

  • އޭސީ މިލާންގެ މައްޗަށް ޔުވެންޓަސް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 10 މެއި 2018 | ބުރާސްފަތި 16:56 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ގެޓީ އިމޭޖާސް

ކޮޕާ އިޓާލިއާގެ ފައިނަލްގައި އޭސީ މިލާން ބަލިކޮށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އެ މުބާރާތުގެ ތަށި ޔުވެންޓަސްއިން ހޯދައިފިއެވެ.

ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި އޭސީ މިލާންގެ މައްޗަށް ޔުވެންޓަސް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ފައިނަލާއި ޔުވެންޓަސް ކުރިމަތިލީ އިޓާލިން ސެރީއޭގެ ތަށި ޔަގީންކުރުމަށްފަހުއެވެ. ހަމައެހެންމެ އޭސީ މިލާން ނުކުތީ 30 އަހަރުގެ ތެރޭ ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމުގެ އުއްމީދުގައެވެ. ޔުވެންޓަސްގެ ފުރަތަމަ އެގާރައިން ހަތަރު ބަދަލެއް ފެނިގެންދިޔައިރު ގޮންޒާލޯ ހިގުއައިން އަދި ކްލައުޑިއޯ މަޗީސިއޯ ފުރަތަމަ އެގާރައިން ފެނިފައެއް ނުވެއެވެ.  

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގައި އޭސީ މިލާންގެ ޕެޓްރިކް ކަޓްރޯން އަދި ސޫސޯއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ކުޅުންތެރިންނަށް ހިފިފައިނުވާއިރު ޔުވެންޓަސްގެ ކުޅުންތެރިންނަށް ވެސް މާ އެދެވޭ ފުރުސަތުތަކެއް މި ހާފުގައި އުފެއްދިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޔުވެންޓަސްއިން ވަނީ އެ ޓީމުގެ ކުޅުން ވަރުގަދަކޮށް މިލާންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ޔުވެންޓަސްއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ މެހްދީ ބެނާޓިއާއެވެ. ޑަގްލަސް ކޮސްޓާ ވަނީ އޭގެ ހަތަރު މިނެޓު ފަހުން ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން މިލާންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ބެނާޓިއާ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހާ ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ޔުވެންޓަސްގެ ހަތަރު ވަނަ ލަނޑަކީ މެޗުގެ 76 ވަނަ މިނެޓުގައި ނިކޮލައި ކަލިނިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއީ ޔުވެންޓަސް މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރަށްވާއިރު އެ ޓީމުން ވަނީ މި މުބާރާތް ޖުމްލަ 13 ފަހަރު ކާމިޔާބުކޮށްފައެވެ. އެހެން އެއްވެސް ޓީމަކަށް މި އަދަދަށް ކޮޕާ އިޓާލިއާ ކާމިޔާބު ކުރެވިފައިނުވާއިރު އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗަކީ 1999 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ކޮޕާ އިޓާލިއާގެ ފައިނަލުން ޔުވެންޓަސްގެ ކީޕަރު ޖިއަންލުއީޖީ ބުފޮން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

 ހަމައެހެންމެ މި މެޗަކީ ހަތަރު ލަނޑުގެ ތަފާތުން ފައިނަލެއްގައި އޭސީ މިލާން ބަލިވި ފުރަތަމަ ފަހަރުވެސްމެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް