20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

މެޓް ގާލާ

މެޓް ގާލާގައި ޓްރާމްޕާއި މެލާނިއާ ބައިވެރިއެއް ނުކުރާނެ!

  • މެލާނިއާ ގާތު ކައިވެނި ކުރުމަށް ޓްރަމްޕް ޕްރޮޕޯޒް ކުރައްވާފައިވަނީ މެޓް ގާލާގައި
އައިޝަތު ޝާނީ | Shaaknee

| 10 މެއި 2018 | ބުރާސްފަތި 11:29 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ -- ގޫގުލް

ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ހޯމަ ދުވަހު ބާއްވާ ހޮލީވުޑްގެ ހާއްސަ ފަންޑްރެއިޒަރއެއް ކަމަށްވާ މެޓް ގާލާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އެމަނިކުފާނުގެ އަނބިކަނބަލުން މެލާނިއާ ތްރަމްޕަށް މަރުހަބާ ނުކިޔާނެކަމަށް އިވެންޓް ހޮސްޓް ކުރާ އެނާ ވިންޓޯރ ބުނެފިއެވެ.

2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 'ލޭޓް ލޭޓް ޝޯވ ވިތު ޖޭމްސް ކޯޑަން' އަށް ދިން އިންޓަވިއުއެއްގެ 'ސްޕިލް ޔޯރ ގަޓްސް އޯރ ފިލް ޔޯރ ގަޓްސް' ގޭމް ކުޅެމުން 'މެޓް ގާލާއަށް އަލުން ދައުވަތު ނުދޭނީ ކާކަށް'ތޯ ސުވާލު ކުރުމުން އަނާ ބުނެފައިވަނީ ދައުވަތު ނުދޭނީ ޓްރަމްޕަށް ކަމަށެވެ.

އަނާ މިހެން ބުނެފައިވާ އިރު، 7 މޭގައި ބޭއްވި މެޓް ގާލާއިން ޓްރަމްޕާއި މެލާނިއާ ފެނިފައެއް ނުވެއެވެ.

މެޓް ގާލާއަކީ ޓްރަމްޕްގެ ދެ ކަނބަލުންނަށް ވަރަށް ހާއްސަ ހަފްލާ އެކެވެ. އެ ހަފްލާގައި ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވާތާ އެތަކެއް އަހަރު ވަނީ ވެފައެވެ. އަދި ކައިވެނި ކުރުމަށް އައްސަވައި މެލާނިއާއަށް ޓްރަމްޕް ޕްރޮޕޯޒް ކުރައްވާފައިވަނީ 2004 ވަނަ އަހަރުގެ މަޓް ގާލާގައެވެ.

ދެ ކަނބަލުން އެންމެ ފަހުން މި ހަފްލާގައި ބައިވެރި ވެފައިވަނީ 2012 ވަނަ އަހަރެވެ. އޭގާ ފަހުން ކޮންމެ އަހަރަކު ވެސް ދައުވަތު ފޮނުވާފައިވާ އިރު، 2016 ވަނަ އަހަރު ރިޔާސީ އިންތިންހާބަށް ފަހު އެ މަނިކުފާނަށް ދައުވަތު ފޮނުވާފައި ނުވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

ހޮލީވުޑްގެ އެންމެ ބޮޑެތި ނަންތަކަށް ދައުވަތު ދީގެން ބާއްވާ މެޓް ގާލާގައި 600 އަށް ވުރެ ގިނަ މީހުން ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ. އެ ގާލާގައި ބައިވެރިވުން މަނާ ފަރާތްތަކުގެ ތެރޭގައި ފެޝަން ކްރިޓިކް ޓިމް ގަން، ސެލެބްރިޓީ ސްޓައިލިސްޓް ރޭޗަލް ޒޯއީ އަދި މޮޑެލް ކޮކޯ ރޯޗާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް