
| 10 މެއި 2018 | ބުރާސްފަތި 10:18 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މަޝްހޫރު ރިއަލިޓީ ތަރި، ކްލޯއީ ކާޑޭޝިއަން ވިހަން ދުވަސް ތަކަކަށް ވެފައިވަނިކޮށް އޭނާއަށް ބޭވަފާތެރިވިކަމަށް ރިޕޯޓްކުރެވިފައިވާ ޓްރިސްޓަން ތޮމްޕްސަންއަށް އޭނާ މާފުކޮށްފައިވާ ކަމުގެ ހެކިތަކެއް ފެންނަން ފަށައިފިއެވެ.
އޭޕްރިލް 12 ގައި އަންހެން ދަރިފުޅަކަށް ދެ މީހުން މަރުހަބާ ކިޔާފައިވާ އިރު، އޭގެ ދުވަސްތަކެއް ކުރިން ޓްރިސްޓަން އެހެން އަންހެނުންތަކަކާ އެކު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. އަދި ވިހެއުމަށް ފަހު ކްލޯއީ ވަނީ ވަރަށް ބޮޑަށް އާންމުންގެ ލޯ މަތިން ގެއްލިފައެވެ.
ސޯޝަލް މީޑިއާއިންވެސް ކްލޯއީ ގެއްލިފައިވާ އިރު، އޭނާ ވިހޭ ފަހުން އާންމުންނަށް ފުރަތަމަަ ފެނިފައިވަނީ މޭ މަހުގެ 4 ވަނަ ދުވަހެވެ. އެއީ ލޯބިވެރިޔާ ޓްރިސްޓަންއާ އެކު ރެސްޓޯރަންޓަކުންނެވެ. އެއަށް ފަހުން ދެ މީހުން އެކުގައި އެކި ތަންތަނުން ވަނީ ފެނިފައެވެ.
ކްލޯއީ ބޭރަށް ނިކުންނަން ފެށުމާ އެކު ޕަޕަރާޒީ ފޮޓޯތައް އާންމުވުމުން ކްލޯއީ ވަނީ އޭނާގެ އެޕްގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން، ފިޓްނަސްއަށް ވަރަށް ބޮޑެ އަހައްމިއްޔަތުކަން ދޭ ކްލޯއީ ބުނީ، ވިހެއުމަށް ފަހު ކަސްރަތު ކުރުމުގެ ހުއްދަ ޑޮކްޓަރު ވަރަށް ފަހުން ދީފައިވާކަމަށެވެ.
ދެ މީހުންގެ ގުޅުމާ ގުޅޭ ގޮތުން އެކި ކަހަލަ ރިޕޯޓްތައް ކުރެވިފައިވާ އިރު، ޓްރިސްޓަން ބޭވަފާތެރިވެފައިވާ ކަމުގެ ރިޕޯޓްތަކާ އެކު ކްލޯއީގެ ގިނަ ސަޕޯޓަރުން ވަނީ ޓްރިސްޓަންއަށް ފާޑު ކިޔާފަވެ. ކާޑޭޝިއަން އާއިލާގެ ބައެއް ފަރާތްތަކުން މިކަމާ ގުޅޭ ގޮތުން އިންޓަވިއު ތަކުގައި ވާހަކަ ދައްކާފައިވާ އިރު، ކްލޯއީއާއި ޓްރިސްޓަންގެ ގުޅުމާ ގޮތުން އެއްވެސް ފަރާތެއް ކޮމެންޓް ކޮށްފައެއް ނުވެއެވެ.
'ދަ އެލެން ޝޯވ'އަށް ދިން އިންޓަވިއުއެއްގައި ކްލޯއީގެ ދައްތަ ކިމް ބުނީ، 'ދަރިއެއް ހިމެނޭ ހިސާބުން ކޮންމެ ކަމެއް ކޮންމެ މީހެއް ކުރިއަސް އެއްޗެހި ނުކިޔަން ނިންމައިފިން' ކަމަށާއި ސަބަބަކީ ބޮޑުވުމަށް ފަހު އެ ކުއްޖާއަށް އެ ވާހަކަތައް އަޑު އިވިދާނެތީ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް