16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މިއުޒިކް ކިއުންތެރިންގެ ލޯބި

ސެލީނާ ގޯމެޒް ޖަސްޓިން ބީބާ ދޫކޮށްލުމަށް ފަހު ހިތްވަރައިގެން ކުރިއަށް

  • ދެފައިމައްޗައް ފުރިހަމައަށް ތެދުވެއްޖެ
  • ކުރިމަގުގައި އޮތީ އުފާވެރި ހަޔާތެއް
  • ތިން ވަނަ އަލްބަމް ނެރެން ތައްޔާރުވެއްޖެ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 މެއި 2018 | ބުރާސްފަތި 10:11 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ސެލީނާ ގޮމެޒް -- ގެޓީ އިމޭޖާސް

ސެލީނާ ގޯމެޒް ޖަސްޓިން ބީބާ ދޫކޮށްލުމަށް ފަހު ދެފައިމައްޗަށް ތެދުވެ ހަޔާތައިގެން ކުރިޔަށް ދިޔުމަށް މިސްރާބު ޖަހައިފިއެވެ.

ލޯބީގެ ގޮތުން ޖަސްޓިން ބީބާއާއެކު ގުޅިގެން އުޅުމަށް ފަހު މިއީ ވަކިވި ދެވަނަ ފަހަރެވެ. ދެމީހުން ވަކިވެއްޖެކަން ވަރަށް ގިނަ މީހުން ވަނީ 'އީނިއުސް'އަށް ކަށަވަރު ކޮށްދީފައެވެ. ސެލީނާ ވަނީ ހަމަޖެހިލައިގެން ހިނިތުންވަމުން ކުރިމަގު އުޖާލާ ކުރުމަށް މިސްރާބް ޖަހައިފައެވެ. އަދި ސެލީނާ ޖަސްޓިންއާއެކު ތިން ވަނަ ފަހަރަށް ލޯބީގެ ގުޅުމެއް ނުބާއްވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.

އިންސައިޑާ ނޫހުން ބުނާގޮތުގައި ސެލީނާ ޖަސްޓިން ބީބާއަށް އިހްތިރާމް ކުރެއެވެ. ހަމައެހެންމެ ލަވަކިޔުންތެރިޔާ މިހާރު އުޅެނީ މާ އުފާވެރިކޮށް ކަމަށާއި އޭނާގެ އެކުވެރިންކައިރީގަ ވެސް ޖަސްޓިންގެ ވާހަކަ ދައްކަނީ ވަރަށް މަދުން ކަމަށެވެ. އެއާއެކު ސެލީނާވަނީ ޑޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލައިފައެވެ.

ދެމީހުންގެ ވަރަށް ގާތް މީހަކު ބުނި ގޮތުގައި ސެލީނާއާއި ޖަސްޓިން މިހާރު އެއްވެސް ވަރަކަށް ވާހަކަ ދައްކައެއް ނޫޅެއެވެ. ދެމީހުންގެ މެދުގައި މައްސަތައް ޖެހެން ފަށައިފައިވަނީ މިދިޔަ މާރޗް މަހުއެވެ. މައްސަލަޖެހެން ފަށައިފައިވަނީ ޖަސްޓިން މަޝްހޫރު އަންހެން ކުއްޖަކާއި ރައްޓެހިކަމުގެ ގުޅުން ބަދަހިކޮށް އޭނާ އާއެކު ގިނަ ވަގުތު ހޭދަކުރަން ފެށުމުން ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

"ސެލީނާ ތަފާތު ދިމާލަކަށް ދާން މިސްރާބު ޖަހައިފައި ހުރީ" އެހެން ރައްޓެއްސަކު މައުލޫމާތުދިނެވެ. މަޝްހޫރު 'ވުލްވްސް' ލަވަ ކިޔާފައިވާ ސެލީނާ ވަނީ ޖަސްޓިންއާއި ދެވަނަ ފަހަރަށް ރައްޓެހި ވުމުގެ ކުރިން 'ވީކެންޑް'އާއި އެކު އެއް އަހަރު ހޭދަކޮށްފައެވެ. 

ސެލީނާގެ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ދަނީ ވަރަށް ހަލުވި ކަމާއެކު ކުރި އަރަމުންނެވެ. ހޯމަ ދުވަހު 'މަޓް ގަލަ'އަށް ވެސް ދިޔަ ލަވަކިއުންތެރިޔާ ވަނީ އޭނާގެ ތިން ވަނަ އަލްބަމް ނެރެން ތައްޔާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް