17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

ކުޑަކުދިންގެ ދުވަސް

ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

  • ބައެއް ސްކޫލުތަކުގައި ހަރަކާތްތައް ބާއްވާފައިވަނީ ތީމް ކަނޑައަޅައިގެން
  • ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ 10 މެއި ގައި
ސިމާހާ ނަސީމް | sim_kamana

| 10 މެއި 2018 | ބުރާސްފަތި 09:33 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
  7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


މަދަރުސަތުލް އަމީރް އަހްމަދު ޕްރީ ސުކޫލްގެ ކުދިން -- ފޮޓޯ : ސިމާހާ ނަސީމް

ކުޑަކުދިންގެ ދުވަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހާ ގުޅުވައިގެން އެކި ސުކޫލްތަކުގައި ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކުވެސް ހިންގައެވެ. އެގޮތުން މި އަހަރުވެސް މާލޭގެ އެކި ސުކޫލްތަކުގައި ކުޑަކުދިންގެ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ޕްރީ ސްކޫލުތަކާއި ޕްރައިމަރީ ސްކޫލުތަކުގެ އިތުރުން ސެކަންޑްރީ ސުކޫލްތަކުގައިވެސް ވަނީ މި ދުވަސް ތަފާތު ގޮތަކަށް ފާހަގަކޮށްފައެވެ. ގިނަ ސުކޫލްތަކުން އެކި ތީމްތަކުގެ މައްޗަށް ބިނާކޮށް ކުޑަކުދިންގެ ދުވަސް އެކި ހަރަކާތްތަކާ އެކީ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިސްކަންދަރު ސުކޫލްގައި ދުވަހާއި ގުޅުވައިގެން ހާއްސަ ދުއާއެއް ކޮށްފައިވާއިރު ކުދިންގެ ނެށުމުގެ ހަރަކާތްތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އަދި ކުދިންނަށް އިންޑޯ ގޭމްސްތަކާއި އައުޓްޑޯ ގޭމްސްތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް އެ ސުކޫލުން ބުންޏެވެ.

"އަޅުގަނޑުމެން މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ވަރަށް ކުދިންނަށް ވަރަށް ހާއްސަކޮށްގެން. ކުދިން އުފާވާނެހެން ހުރިހާ ހަރަކާތްތައްވެސް ހިންގުމަށް ހަމަޖެހިފައިވަނީ. މިއަދަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހާއްސަ ދުވަހެއް، އެއީ މިއަދަކީ އަޅުގަނޑުމެންގެ ސުކޫލްގެ 57 ވަނަ އަހަރީ ދުވަސް. އެހެންކަމުން މިދުވަސް ވަރަށް ހާއްސަ އަޅުގަނޑުމެންނަށް ދެ ގޮތުންވެސް. ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ޕާޓީއެއްވެސް ބާއްވަން ހަމަޖެހިފައިވަނީ،" އިސްކަންދަރު ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު މުޖާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ތާޖުއްދީން ސުކޫލްގައި އާއި ކަލާފާނު ސުކޫލްގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައިވަނީ ތަފާތު ތީމްތަކުގެ މައްޗަށް ބިނާކޮށެވެ. ތާޖުއްދީން ސުކޫލުން "ކާނިވަލް" ތީމްގެ މައްޗަށް ބިނާކޮށް ސުކޫލްގެ ކޮމްޕައުންޑުގައި އާއި ސުކޫލް ހޯލްގައި ވަނީ ތަފާތު ސްޓޯލްތައް ބަހައްޓާފައެވެ. އެގޮތުން ދެ ދަންފަޅިއަކަށް ބަހާލައިގެން ކޮންމެ ގްރޭޑަކުން ވަނީ ސްޓޯލްތައް ބަހައްޓާފައެވެ.

 

"ކާނިވަލްއާ ގުޅޭ ތަފާތު ސްޓޯލްތައް މިވަނީ އަޅުގަނޑުމެން ބަހައްޓާފައި. ޕިންގްޕޮންގް ބޯލް އާއި ޕޮޓޯ ބޫތް، ބެލޫން ބާސްޓިންގްގެ އިތުރުން ޓާގެޓް ތްރޮވިންގް ފަދަ ގޭމްސްތައް ސްޓޯލްގައި ކުރިއަށްދާނެ" ތާޖުއްދީން ސުކޫލްގެ ގްރޭޑް 1ގެ ލީޑިންގް ޓީޗަރ ރައުނާ ރަމީޒް ވިދާޅުވިއެވެ.

ޕްރީސުކޫލްތަކުގެ ކުދިން ގޮސްފައިވަނީ އެ ސްކޫލަކުން ކަނޑައަޅާ ވަކި ތީމްއަކާއި ގުޅޭ ހެދުން އަޅައިގެންނެވެ. މަދަރުސަތުލް އަމީރް އަހްމަދު ޕްރީ ސުކޫލްގެ ކުދިން ވަނީ "ފުޓްބޯޅަ" ތީމްގެ މައްޗަށް ބިނާކޮށް ޖާޒީތައް ލައިގެން ސުކޫލަށް ގޮސްފައެވެ. އަދި ކުޑަކުދިންގެ ދުވަހު ނެށުމުގެ އެކި ހަރަކާތްތައްވެސް ވަނީ ސުކޫލްގައި ކުރިއަށް ގެންގޮސްފައެވެ. އެ ކުދިން ތިބީ ކުޑަކުދިންގެ ދުވަސް ފާހަގަކޮށް، އެކި ހަރަކާތްތަކުގައި ބައިވެރިވެވޭތީ ވަރަށް އުފަލުންނެވެ.

ކުޑަކުދިންގެ ދުވަސް ބައިނަލަޤްވާމީ ގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1856 ވަނަ އަހަރުއެވެ. އަދި އެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ ތުރުކީވިލާތުން 1929 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް