19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

އިލެކްޝަންސް ކޮމިޝަން

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

 • ވަކި ޕާޓީއަކަށް ތައްޔާރު ނުވެވޭތީ އިންތިޚާބު ވަނީ ފަސްކޮށްފައި
 • ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ޕާޓީތަކުން ބުނޭ
 • އިންތިޚާބު ބާއްވަނީ ކޯޓު އަމުރާ އެއްގޮތަށްތޯ ވެސް ވަނީ ސުވާލު އުފެދިފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 ޖެނުއަރީ 2017 | އަންގާރަ 07:56 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
 8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


އިލެކްޝަންސް ކޮމިޝަން - އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މިނިވަންކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާ -- ފޮޓޯ: ރާއްޖެ.އެމްވީ -- ގޫގުލް

މިއަދު އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައަކީ ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބުގެ ވާހަކައެވެ. އެންމެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މިނިވަންކަމާއި، އިންސާފުވެރިކަމާ  މެދު އުފައްދާ ސުވާލުތަކެވެ.

 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަޑަށް ބާރުލެއްވުމަށް ފަހު، އެކިއެކި ޕްލެޓްފޯމްތަކުގައި އެންމެ ހަރުއަޑުން ވިދާޅުވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމެވެ. އެ ބޭފުޅުން އަޑަށް ކިތަންމެ ބާރެއްލެއްވުމަށް ފަހު އެ ވާހަކަތައް ހުއްޓާނުލާ ދެއްކި ނަމަވެސް ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތް އިންތިހާބުގެ މިނިވަންކަން އޮތް މިންވަރާއި، އެ އިންތިހާބު އިންސާފުވެރިވާނެ މިންވަރު އެނގެއެވެ.

 

އޮޅިވަޑައިގެންފައިވާ ކަމުގައި ވާނަމަ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކަނުލާ އަޑު އަށްސަވާށެވެ. އިންތިހާބަކީ، މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނީ ހަމައެކަނި ވޯޓު ކަރުދާސްކޮޅުގައި ދެ ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ނަން ޖަހާލުމަކުން ނޫނެވެ. އެކަމުގައި ވަރަށް ބައިވަރު ކަންތައްތަކެއް ހިމެނިގެންނެވެ. އިންތިހާބުގެ ކެމްޕޭން ފަށާ ދުވަހުން ފެށިގެން ރަސްމީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ވެސް އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވެގެންނެވެ.

 

ފުރަތަމަ ކަމެއްގެ ގޮތުން އިންތިހާބުގައި ވާދަކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ކެމްޕޭން ކުރުމާއި، ތާއީދު ހޯދުމުގެ ފުރުސަތު އޮތްކަން އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރަންޖެހޭނެ އެވެ. އެކަން ކަށަވަރުކުރަން ވެސް ޖެހޭނެ އެވެ.

 

ވަކި ބޭފުޅަކާއި، އެ ބޭފުޅަކަށް ތާއީދުކުރާ ފަރާތްތަކުން ދައުލަތުގެ މުދަލާއި، ކުންފުނިތަކާއި ސިވިލް ސާރވިސްގެ މުވައްޒިފުންނަށް ބިރުދައްކައިގެން، ކެމްޕެން ޖަލްސާތައް ބޭއްވުމަށް ފުރުސަތު ލިބޭއިރު، އަނެއް ކެނޑިޑޭޓަށް ވެސް އެ ފުރުސަތު އެ ގޮތަށް ލިބިދޭންޖެހޭނެ އެވެ. އެންމެ ކުޑަމިނުން ޖަލްސާއެއް ބާއްވާލާނެ، ތާއީދު ހޯދުމަށް އެއްވުމެއް ބާއްވާނެ ޖާގައެއް ދައްކަންޖެހޭނެ އެވެ. އެކަން އެގޮތަށް ކޮށްދިނުމުގެ ޤާބިލްކަން ނެތް ކަމުގައިވާ ނަމަ، މިނިވަން އިންސާފުވެރި އިންތިހާބެއްގެ ވާހަކަ ދައްކަވަން ތިބޭފުޅުން ލަދު ގަންނަންޖެހޭނެ އެވެ.

 

އަދުގެ ހާލަތަށް ޖެހިލަމާތޯ އެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް ފެންނަން އޮތް މަންޒަރަށް ބަލާލަމާތޯ އެވެ. ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ތިބިނަމަ އެ ބަޔަކު ކެމްޕޭން ޖަލްސާތައް ބާއްވަނީއެވެ. ދައުލަތުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެ މަންޒަރުތައް ދައުލަތުގެ މީޑިއާއިން ދުރަށް ދައްކަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ތިން މީހަކު ކަނަކަށް އެއްވާއިރަށް ކޮންމެވެސް ދައުވާއެއް އުފުލާ، އެ ބަޔަކު މަންޒަރުން ބޭރުކޮށްލައެވެ. އެއީ ބޮޑެތި ޓެރަރިސްޓުންނަށް ހަދާލައެވެ. ކޮންމެވެސް ޤާނޫނެއްގެ މާއްދާއެއްގެ މާނަކޮށްލުމަށް ފަހުގަ އެވެ. އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބައްވާނެ ތަނެއް ހޯދުމަށް ތިޔަ ކޮމިޝަނާއި ސަރުކާރުގެ މިނިސްޓްރީތަކަށް ފޮނުވި ސިޓީތައް އެ ހުރީ ފެންނާށެވެ. އިދިކޮޅު ފަރާތަތަށް ކެމްޕޭން ކުރުމަށްޓަކައި ތިޔަ ބޭފުޅުންނަށް ހަމަ އެއްވެސް މަގެއް ދައްކައިދެވިއްޖެ ހެއްޔެވެ؟ އެކަން ނުވެ އޮތްކަމުގައި ވާނަމަ ދެން އޮތީ މިނިވަން އިންސާފުވެރި އިންތިހާބެކޭ ނުކިޔާށެވެ. އެފަދައިން ވިދާޅުވާން ލަދު ގަންނަން ޖެހޭނެ އެވެ.

 

ސަރުކާރު އެންމެ ބޮޑު ކޮންފަރެންސް ހޯލް މުއްދަތެއް ނެތް ގޮތަށް، ޕީޕީއެމްގެ ވަކި ފެކްޝަނަކަށްދީފައިވާއިރު، އިދިކޮޅު ފަރާތްތަކަށް އަތޮޅު ތެރޭގައި ވެސް އެއްވުމެއް ބޭއްވުމަށް ފުރުސަތެއް ނުލިބި އެވެ. އެ ހުރިހާ ކަމެއްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން، ތިޔަ ބޭފުޅުން އަތްޖައްސަވަން ތިއްބެވުމަށް ފަހު ނިކުމެ ތިޔަ ވިދާޅުވަނީ ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށެވެ.

 

އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ކުރުމަށް އެއްވެސް ފުރުސަތެއް ދިނުމެއް ނެތި، އިދިކޮޅު ފަރާތްތަކުގެ އަތް ފައިގައި ހިލިހިލާ އެޅުވުމަށް ފަހު، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަނީ ކޮން ޤައުމެއްގައިތޯ ވިދާޅުވެ ބައްލަވާށެވެ. ވަކި ޕާޓީއަކަށް ތައްޔާރު ނުވެވުމުގެ ސަބަބުން އިންތިހާބުތައް ފަސްކޮށް ހަދަނީ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެވެ. އިންތިހާބުގެ މަސައްކަތްތަކާއި މެދު އިދިކޮޅު ޕާޓީއަކުން ސުވާލު އުފެއްދުމުން، ޕާޓީ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރުދީ ބިރުދައްކަނީ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެވެ. އިލެކްޝަންސް ކޮމިޝަންގައި ތިބި، ތައުލީމީ އަދި ތަޖުރިބާގެ ގޮތުން އެންމެ ރަނގަޅު މުވައްޒިފުން ވަކިކޮށް، ވަކިބަޔަކު ވަޒީފާތަކަށް އައްޔަނުކޮށް، އިންތިހާބުގެ މުޅި ޕްރޮސެސް ގަނޑުބަނޑު ކުރަނީ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެވެ. އެ ހުރިހާ ކަމެއްވާއިރު ވެސް އެއީ މިނިވަން އިންސާފުވެރި، އިންތިހާބަކަށްވޭ ހެއްޔެވެ؟

 

އެއީ މިނިވަން އިންސާފުވެރި އިންތިހާބުތަކުގައި ކަންތައްތައް ހިނގާގޮތެއް ނޫނެވެ. ތިޔަ މެމްބަރުންނަށް އެނގިވަޑައިގަންނަވާތޯ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަކީ، އިންތިހާބުތައް މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދިނުމަށް ފަހު އައްޔަނުކޮށްފައިތިބޭ ބަޔެކެވެ. ވަކި ބަޔެއްގެ މަސްލަހަތުތައް ހިމާޔަތްކޮށް، އެ ބަޔަކު ބޭނުންވާ ނަތީޖާއެއް އިންތިހާބުތަކުން ނެރުމަށް އައްޔަނުކުރައްވާފައި ތިބޭ ބައެއް ނޫނެވެ. ހަމައެހެންމެ، ޑިމޮކްރަސީ ވީކް ފާހަގަކުރުމަށޭކިޔާ ސަމުސަލަކަށް ލުނބޮޔެއް ލައިގެން ދުވަން ތިބޭ ބައެއް ވެސް ނޫނެވެ.

 

ދަންނަވަންތޯއެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ގޮތް އެނގިވަޑައިނުގަންނަވާ ނަމަ މަޤާމުން އިސްއިތުއުފާ ދެއްވާފައި ގެޔަށް ވަޑައިގަންނަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސީރިޔާ

2 އަހަރު ކުރިން

ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލި ކަމުގައިވިޔަސް ޝަރުޢީ ދާއިރާއިން ފެންނަނީ ހުސް ވައްކަމާއި ކޮރަޕްޝަން! މިއީ މީހަކު ދެބަސްވާން ޖެހޭ ކަމެއްނޫން ! މިއީ ހަޤީޤަތް! އެހެން ނަމަވެސް ވަކިބަޔަކު މިއުޅެނީ މިކަންތައް ނުވާކަމަކަށް ހަދަން! ޢަދުލު އިންސާފު ޤާއިމުކުރުމަށް ތިއްބެވިވެރިން އާޚިރަތުން ލިބޭނީ އެމީހުންގެ އަންދާ އަޅިޔަށް ވެފައިވާ އަޅިކޮޅުކަމީ ޝައްކެއްނެއް ކަމެއް!މިއަދު ނިކަމެތީން ކުރިމަތީ އެމީހުންގެ ކިބުރުވެރިކަން ދައްކާފަ ބޮނޑާވެލާފަ އުޅެވިދާނެ އެކަމަކު މިއީ ދުނިޔެއެއްނޫން ދުނިޔެއޮތްތަނަކަށް ދެވުމުން ނިކަމެތިމީހާ އާދޭތެރޭ ތިހެނެއްނެހެދޭނެ! ހުރިހާ ޝަރީޢަތްތައްވެސް އަލުންއިންސާފުވެރިގޮތުގައި ކުރެވޭތަން އެންމެނަށްވެސް ފެންނާނެ!އެދުވަހުން ގޯސްކޮށް ކުރެވިފައިވާ ކަންކަމަށް އެކަންކަން ކުރިބަޔަކަށް ޙައްޤު އަދަބު ލިބިގެންދާނެ ! އިންޝާﷲ

0
0