21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

އެމެރިކާ-އިރާން

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

  • އިރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ އިން ވަނީ ނިންމާފައި
  • 2015 ވަނަ އަހަރު އިރާނާއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ރަޝިއާ، ފްރާންސް، ޗައިނާ އަދި ޖަރުމަން
  • ރައީސް ޓްރަމްޕްގެ ނިންމުމާ ބެހޭގޮތުން ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، ރައީސް ޓްރަމްޕްގެ ނިންމުމަކި "ވަރަށް ސީރިއަސް ގޯހެއް ކަމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 9 މެއި 2018 | ބުދަ 21:38 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ވަރަށް ބޮޑު އަދި މުހިންމު ވައުދެއް ވެވަޑައިގެންނެވިއެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޒައާމަތުގައި އެކުލަވާލެވުނު އިރާނުގެ ނިއުކްލިއާ އެއްވަސްވުމުން، ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންފިނަމަ ވަކިވާނެ ވާހަކައެވެ. ކޮންމެއަކަސް، ޓްރަމްޕް އަންގާރަ ދުވަހު އެމަނިކުފާނުގެ ވައުދު ފުއްދަވައިފިއެވެ. އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެވަޑައިގެންފިއެވެ.

2015 ވަނަ އަހަރު އިރާނާއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ރަޝިއާ، ފްރާންސް، ޗައިނާ އަދި ޖަރުމަނެވެ. 2015 ވަނަ ވަނައަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އިރާނާއެކު ގާއިމު ކުރެވުނު ނިއުކްލިއާ އެއްބަސްވުމަށް ރައީސް ޓްރަމްޕް ގެންދެވީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން އިރާނުންގެ ނިއުކްލިއާ ހަރަކާތްތައް ވަނީ ލިމިޓުކުރެވިފައެވެ. އޭގެ ބަދަލުގައި އިރާނަށް ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިފައެވެ.

ކޮންމެއަކަސް އަންގާރަ ދުވަހު އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާ ކަން ރައީސް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. މިކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ އިރާނާއި، އިރާނަށް އެހީވާ ހުރިހާ ގައުމަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާކަން ހާމަކުރެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަކީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ދައުލަތް ކަމަށެވެ. އެގޮތުން ނުރައްކާތެރި މިސައިލްގެ ވިޔަފާރިކޮށް، މެދުއިރުމަތީގައި އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްކޮށް، ޓެރަރިސްޓް ގްރޫޕްތަކަށް އީރާނުން އެހީވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން، އީރާނުން އެއްބަސްވުމަށް ފުރިހަމައަށް ތަބާވި ނަމަވެސް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރު އުފެއްދޭވަރަށް، ނިއުކްލިއާ ބާރުވެރިކަން ހޯދުމުގެ ފުރުސަތު އިރާނަށް އޮތްކަމަށެވެ. އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށްފަހު އީރާނާއި ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމަވައި ރައީސް ޓްރަމްޕް ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

ރައީސް ޓްރަމްޕް ކޮންމެ ގޮތަކަށް ނިންމެވިއަސް، ޔޫކޭ، ފްރާންސް އަދި ޖަރުމަން ވަނީ އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި އެގައުމުން ދެމިތިބޭނެ ކަމަށް ބުނެފައެވެ. އެގައުމުތަކުން މިހެން ބުނެފައި ވަނީ ނެރެފައިވަ ގުޅިފައިވާ ބަޔާނެއްގައި ކަމަށްވާއިރު، ބަޔާނުގައި އިތުރަށް ބުނީ އެމެރިކާގެ ނިންމުމާ މެދު "ހިތާމަކޮށް ކަންބޮޑުވާ ކަމަށާއި" އިރާނުން "އެމެރިކާގެ އަމަލާއި ގުޅިގެން ސުލްހަ އިސްކުރުމަށް އެދޭ ކަމަށެވެ." އެމެރިކާގެ ނިންމުމާ ގުޅިގެން އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އިރާނުން ނިއުކްލިއާ އެއްބަސްވުން މަތީ ދެމިތިބޭނެ ކަމަށާއި އެގައުމުގެ ރަހްމަތްތެރި ގައުމުތަކާއެކު ކުރިއަށް އޮތް ހަފްތާތަކުގެތެރޭގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. ރޫހާނީ ވަރަށް ބޮޑު އިންޒާރެއްވެސް ދެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގެތެރޭގައި ހިމެނޭ ގައުމުތަކާ އެކު ކަންކަމުގައި އެއްބަސްނުވެވިއްޖެނަމަ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންވާ ޔުރޭނިއަމް މުއްސަނދިކުރުން ހައްދެއް ނެތް މިންވަރަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އިރާނުގެ ނިއުކްލިއާ އެއްބަސްވުން 2015 ވަނަ އަހަރު އެކުލަވާލެވުނީ އޭރުގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައެވެ. ރައީސް ޓްރަމްޕްގެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ރައީސް ޓްރަމްޕް ގެ ނިންމުން ބިނާވެފައި ވަނީ "ރަނގަޅު ވިސްނުމެއްގެ މައްޗަށް ނޫން ކަމަށާއި" ރައީސް ޓްރަމްޕް ގެ ނިންމުމަކީ "ވަރަށް ސީރިއަސް ގޯހެއް ކަމަށެވެ." އަދި ރައީސް ޓްރަމްޕްގެ ނިންމުމުގެ ސަބަބުން އެމެރިކާގެ އިތުބާރު ދުނިޔޭގައި ގެއްލިގެން ދާނެކަމަށެވެ.

ކޮންމެއަކަސް އެމެރިކާ އިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވިއަސް، އެ އެއްބަސްވުމުގައި ހިމެނޭ އެހެން ގައުމުތަކުން ވަކިނުވާނެއެވެ. އެއީ މިހާހިސާބަށް އެކަން އޮތް ގޮތެވެ. ދެން ވާނީ ކިހިނެއްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް