22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
ފަތިސް 04:37
އިރުއަރާ 05:55
މެންދުރު 12:12
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:39

ރައީސް މައުމޫން

ރައީސް މައުމޫން ނޯމަލްއެއް ނޫން.މިރޭވެސް މެޑަމް ނަސްރީނާ ދޫނިދޫއަށް

 • މެޑަމް ނަސްރީނާ ކޮންމެ ރެއަކުވެސް މިހާރު ދޫނިދޫއަށް ގެންދަވާ
 • ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ނުވުމުން މިއަދުގެ ޝަރީއަތްވެސް ވަނީ ކެންސަލްކޮށްފައި
 • ފަރުވާއަށް ދޫކޮށް ދެއްވުމަށް އާއިލާއާއި ގުޅިފައިވާ ޕާޓީތަކުން ދަނީ އެދެމުން
އަހުމަދު މުހުސިނު | dhonbandaara

| 9 މެއި 2018 | ބުދަ 21:08 | |

މަގުބޫލް

 1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
 2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
 3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
 4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
 5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
 6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
 7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
 8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ރައީސް މައުމޫން: ހާލުކޮޅު ސީރިއަސް -- ފޮޓޯ : މުހައްމަދު ޝަރުހާން

ޖަލުގައި އޮންނެވި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ހާލުކޮޅު އަދިވެސް ނޯމަލް ނުވާކަމަށާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް މިރޭވެސް ދޫނިދޫއަށް ވަޑައިގެންފިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އަދާމް ރާއްޖެ އެމްވީއަށް ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު އަދިވެސް ސީރިއަސް ކަމަށާއި ނޯމަލް ނުވާ ކަމަށެވެ. އެހެންކަމުން މިރޭވެސް މެޑަމް ނަސްރީނާ އިބްރާހީމް ދޫނިދޫއަށް ވަޑައިގެންފައިވާކަމަށް އަލީމް ވިދާޅުވިއެވެ.

އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ ޙާލުކޮޅު ހޮނިހިރު ދުވަހު ސީރިއަސްވެ، އެމަނިކުފާނު ބައްލަވަން  ޑޮކްޓަރަކުވެސް ދިޔައެވެ. އަދި ރައީސް މައުމޫން ބަންދުކޮށްފައި ހުންނަވާ ކޮޓަރީގައި ހޮނިހިރު ދުވަހު ފުލުހަކު ޑިއުޓީއަށް ހުރިކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ފަހުން އެމަނިކުފާނުގެ ހާލުކޮޅު އަދި ނޯމަލް ނުވާއިރު ކޯޓަށް ހާޒިރު ކުރެވޭވަރު ނުވެގެން އެމަނިކުފާނާ ދެކޮޅަށް ކުރާ ޝަރީއަތްތަކަށް އޭގެފަހުން ގެނެސްފައެއް ނުވެއެވެ.

އަލީމް ވިދާޅުވީ އެދުވަހަށްފަހު ކޮންމެރެއަކުވެސް މެޑަމް ނަސްރީނާ ދޫނިދޫއަށް ގެންދަވާ ކަމަށާއި މިރޭވެސް ވަޑައިގެންނެވީ އެގޮތުގެ މަތިން ކަމަށެވެ.

ރައީސް މައުމޫންގެ ހާލުކޮޅާމެދު ކަންބޮޑުވުންފާޅުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ގެއްލުމެއް ނުވާގޮތައް ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްވެސް ވިދާޅުވީ ފަރުވާއަށްނަމަވެސް ރައީސް މައުމޫން މިނިވަންކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫންގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނަށް ސިއްހީ މައްސަލައެއްކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީއެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް