20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

މެނުއެލް ނޯޔާ

ނޯޔާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ

  • ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި
  • އޭނާ އަންނަނީ އެޕްރީލް މަހުން ފެށިގެން ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 މެއި 2018 | ބުދަ 19:40 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ނޯޔާ ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ -- ގެޓީ އިމޭޖާސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ގައުމީ ޓީމުގެ ކީޕަރު މެނުއެލް ނޯޔާއަށް މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.  

ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބަޔާންގެ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޯޔާ ވަނީ ފައިގެ ސާޖަރީއެއް ވެސް ފުރިހަމަކޮށްފައެވެ. ނޯޔާގެ ފައިގެ ކައްޓަށް ގެއްލުން ވެފައިވާ ކަމަށް ބަޔާންގެ ޑޮކްޓަރުން ބުނިއިރު މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއް ވެސް އޭނާގޭ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގެއްލުނެވެ. މި އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

ނޯޔާގެ އަނިޔާއާ ގުޅިގެން ބަޔާންގެ ގޯލު ބަލަހައްޓަމުން އަންނަނީ ބަދަލު ކީޕަރު ސްވެން އުލްރެއިޗްއެވެ. އަނިޔާއިން ސަލާމަތްވުމުގެ އެންމެ ފަހު މަރުހަލާއެއްގެ ގޮތުން ނޯޔާ ވަނީ ހާއްސަ ސްކޭންތަކެއް ވެސް ފުރިހަމަކޮށްފައެވެ. އޭނާގެ ރިކަވަރީގެ ކަންކަން ބިނާކުރަމުންދަނީ އެ ސްކޭންތަކުގެ ނަތީޖާއަށް ބެލުމަށް ފަހުއެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބަޔާންގެ ފަރިތަކުރުންތަކަށް ނޯޔާ ނުކުމެފައިވާއިރު އޭނާއަށް މި ސީޒަނުގައި ބަޔާންއާއެކު މެޗެއް ކުޅެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

ބަޔާންގެ އާ ޖާޒީތައް ލޯންޗްކުރި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނޯޔާ ބުނީ މިވަގުތު އެއްވެސް ވަރަކަށް ވޯލްޑް ކަޕާއި ގުޅޭގޮތުން ވާހަކަ ދެއްކެން ނެތް ކަމަށާއި ޓްރެއިނިންތައް ކުރިޔަށްދާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޓްރެއިނިންތައް ރަނގަޅަށް ކުރިޔަށްދިޔަ ނަމަވެސް އެއްވެސް ވަރަކަށް ކުރިޔަށްވާނެ ކަންކަން ނޭނގޭ ކަމަށާއި އެންމެފަހު ވަގުތު ނިންމަންޖެހޭނީ ޓީމާއި ގައުމަށް އެންމެ ރަނގަޅު ގޮތަށް ވިސްނުމަށް ފަހު ކަމަށެވެ.

އޭނާ ބުނީ މާ އަވަހަށް ކުޅުމުގެ ތެރެއަށް އަންނަން ޖެހިއްޖެނަމަ ކަންކަން ގޯސްވެދާނެ ކަމަށާއި ޖެހޭނީ ދުވަހެއް ދުވަހަކަށް ފަހު ފިޓްނެސް ފެންވަރު ރަނގަޅު ކުރަން ކަމަށެވެ. މިހާތަނަށް ކުރެވުނު ކަންކަން ވަރަށް ރަނގަޅު ކަމަށާއި ބޭނުންވަނީ އެގޮތުގައި ކުރިޔަށްދާން ކަމަށް ނޯޔާ ބުނެފައިވެއެވެ.

ބަޔާން އަދި ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ޑޮކްޓަރު އޮލިވިއާ ޝްމިޑްޓްލިން ބުނެފައިވަނީ ނޯޔާ އެންމެ އަވަހަށް ވެސް ވޯލްޑް ކަޕްގައި ފެނިގެންދާނީ ނޮކްއައުޓް ބުރުތަކުން ކަމަށެވެ. އޭނާ ބުނީ މާ އަވަހަށް ފިޓްވާން އޭނާއަށް ޕްރެޝަރުކޮށްފިނަމަ އަނިޔާ ރަނގަޅުނުވެ ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ގްރޫޕް ސްޓޭޖުގައި އޭނާ ކުޅުވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭ ކަމަށެވެ.

ބަޔާންގެ ޓީމަށް ނޯޔާއަށް ނުކުޅެވުމާއެކު އޭނާއަށް ވަނީ އެ ގައުމުގެ ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލިފައެވެ. ޖަރުމަނުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންދިޔަ ނޯޔާއާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ޔޯކިމް ލޯ ބުނެފައި ވަނީ ނޯޔާ ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާ ނަމަ ސީޒަނުގެ ކޮންމެ ވެސް ހިސާބަކުން ފެންނަންޖެހޭ ކަމަށެވެ. ޖަރުމަނުގެ ގައުމީ ޓީމުގައި ނޯޔާގެ މަގާމު މިހާރު ފުރަމުން އަންނަނީ ބާސެލޯނާގެ ކީޕަރު މާކް އެންޑަރ ޓާސްޓީޖެންއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖަރުމަނު ނުކުންނާނީ ޖޫން މަހުގެ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށެވެ. މެކްސިކޯގެ އިތުރުން ދެކުނު ކޮރެއާ އަދި ސްވިޑެންއާ ދެކޮޅަށް ވެސް ޖަރުމަނު ކުޅެން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް