19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ފްރެންޗް ކަޕް

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ފްރެންޗް ކަޕް ޕީއެސްޖީއިން ކާމިޔާބުކޮށްފި

  • ފައިނަލް މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 9 މެއި 2018 | ބުދަ 19:20 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ޕީއެސްޖީ ޗެމްޕިއަންކަން ހޯދުމަށްފަހު އުފާ ފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވަރުގަދަ ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީއިން މި މުބާރާތުގެ ތަށި ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރީ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށް ލެސް ހަބިއާސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ނޭމާއަށް ނުކުޅެވުނުއިރު ޕީއެސްޖީގެ ކޯޗު ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްފައެވެ. ހަމައެހެންމެ ލެސް ހަބިއާސްގެ ފުރަތަމަ އެގާރަށް އެ ޓީމުގެ ކޯޗު ދެ ބަދަލެއް ގެނެސްފައިވެއެވެ.

ފުރަތަމަ ހާފު ފެށިގެން ޕީއެސްޖީއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ޖިއޮވާނީ ލޮ ކެލްސޯ ފޮނުވާލި ހަމަލާއެއް ހަބިއާސްގެ ގޯލުގެ ދަނޑީގައި ޖެހުނުއިރު އޭގެ ތިން މިނެޓު ފަހުން އެމްބާޕޭ ފޮނުވާލީ ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑީގައި ޖެހުމަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ. ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖަހައިދިނީ ލޮ ކެލްސޯއެވެ. މި ލަނޑަށްފަހު ވެސް ޕީއެސްޖީއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ މެދުވެރިކޮށް ރެފްރީ ނިންމާފައިވަނީ ލަނޑު ޖެހުމުގެ ކުރިން ޕީއެސްޖީގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށެވެ. ޕީއެސްޖީގެ ލީޑު ފުޅާވެގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކަވާނީ ކާމިޔާބުކުރުމާއެކުއެވެ. މި މެޗުގައި ހަބިއާސްގެ ކުޅުންތެރިންނަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަމާއެކު ޕީއެސްޖީއިން ވަނީ މި ސީޒަނުގައި ފްރާންސްގައި ކުޅުނު ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޓީމަކުން ޖެހިޖެހިގެން ހަތަރު ފަހަރު ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް