21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އަދާލަތު ޕާޓީ

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

  • އިންތިޚާބުގައި ވާދަ ނުކުރަން ނިންމާފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން
  • އިންތިޚާބުގައި ބައިވެރިވުމަކީ ނުހައްގުން ފޭރިގެންފައިވާ އިންތިޚާބެއްގައި ސައްޚާކަމުގެ ސިއްކަ ޖަހައިދިނުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 10 ޖެނުއަރީ 2017 | އަންގާރަ 05:35 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އަދާލަތު ޕާޓީގެ ބައްދަލުވުން -- ޓްވިޓަރ

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

އިންތިޚާބުގައި ވާދަ ނުކުރަން ނިންމާފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ.

ހޯމަ ދުވަހުގެ ރޭ އަދާލަތު ޕާޓީން އާންމު ކުރި ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޚަރާބުކޮށް، ސަރުކާރު ހިންގާ ފަރާތަށް ލާބަހުރި ގޮތަކަށް މެނުވީ އިލެކްޝަނސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް އިއުލާންކޮށްފައިވަނީ ގާނޫނު އަސާސީގެ ދަށުން ލާޒިމް ކުރާ އިންތިޚާބް ބޭއްވުމުގެ ބަދަލުގައި ވަކި މީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމު ހަވާލު ކުރުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި އިހުމާލުވެފައިވާކަމަށެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން ބާޢްވަން ލާޒިމް ކުރާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅާއިގެންފައިވާތީ، އެޕްރީލް މަހު ބޭއްވުމަށް އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމަކީ ނުހައްގުން ފޭރިގެންފައިވާ އިންތިޚާބެއްގައި ސައްޚާކަމުގެ ސިއްކަ ޖަހައިދިނުން ކަމުގައި އެ ޕާޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.

 

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ، ދިވެހިރައްޔިތުންގެ ކިބައިން ނުހައްގުން އިންތިޚާބެއް ނިގުޅައިގަތުމަކީ ދިވެހި ރައްޔިތުންނާއި، ދިވެހި ދައިލަތާއި، ދިވެހިރަޢްޖޭގެ ގާނޫނު އަސާސީއާއި، ދެކޮޅަށް ހިންގޭ އިމެއްނެތް ބޭއިންސާފު ޖަރީމާއަކަށް ވާތީ މިއެންމެހައި، އަނިޔާވެރި، ގާނޫނާއި ޚިލާފު، ބޭއިންސާފު ޖަޜީމާތަކަށް، އިންކާރުކޮށް އިހުތިޖާޖުކުރުމުގެ ގޮތުން އިންތިހާބުގައި ވާދަނުކުރުމަށް ނިންމީކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް