23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރާނީ މުކުރަޖީ

މަންމަ އަހަރެންގެ ކެރިއާ މެނޭޖްކޮށް ދިނުމަކީ ކާމިޔާބީ އަސްލު: ރާނީ

  • ވަރަށް ފަހަކާ ޖެހެންދެންވެސް ކުޅޭނެ ފިލްމުތައް ބުނެދެނީ މަންމަ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 9 މެއި 2018 | ބުދަ 08:37 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރާނީ މުކުރަޖީ -- ގޫގުލް

އޭނާގެ ފިލްމީ ކެރިއާ މެނޭޖްކޮށް ދިނީ މަންމަ ކްރިޝްނާ މުކަރްޖީ ކަމަށާއި އެގޮތަށް މެނޭޖްކުރުމަކީ ކާމިޔާބުގެ އަސްލު ކަމަށް ފިލްމީ ތަރި ރާނީ މުކްރަޖީ ބުނެފިއެވެ.

ހިންދުސްތާން ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ރާނީ ބުނީ އޭނާގެ ފިލްމީ ކެރިއާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަންމަ އެހީތެރިވެދިން ކަމަށާއި އެއީ އޭނާ މިހާ ހިސާބަށް ކާމިޔާބު ކަމާއެކީ އާދެވުނު ސިއްރު ކަމަށެވެ.

ރާނީ ބުނީ އޭނާ ވަރަށް ފަހަކާ ޖެހެންދެންވެސް ކުޅޭނެ ފިލްމުތައް ބުނެދެނީ މަންމަ ކަމަށެވެ.

މީގެ ކުރިން ރާނީ ދީފައިވާ އިންޓަވިއުއެއްގައި ބުނީ ދަރިޔަކު ލިބިގެން ދަރިފުޅާއެކީ މުޅި ދުވަހު ހޭދަކުރާ ތަން އޭނާގެ ފިރިމީހާއަށް ފެންނާނެ ކަމަށާއި ފިރިމީހާ އެކަމަށް އިހުތިރާމް ކުރިކަމަށެވެ. ދަރިޔަކު ލިބިގެން އޭނާ ފިލްމީ ދާއިރާއަށް އެނބުރި އައުމަށް ވަރަށް ބޮޑަށް އެއީތެރިކަމެއް ވެދިންކަމަށް ރާނީ ވަނީ ބުނެފައެވެ. ޕްރޮޑިއުސަރު، ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާއާ ކައިވެނިކޮށްގެން އުޅޭ ރާނީ ބުނީ ކާމިޔާބީގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ފިރިމީހާ އަދިތުޔާ ޗޮޕްރާގެ ކިބައިން ކަމަށާއި އެހެން ނަމަވެސް ކާމިޔާބީއަކީ އަމިއްލައަށް ހޯދާ އެއްޗެއްކަމަށެވެ.

ރާނީ ވަނީ ފިލްމީ ދާއިރާގައި ކާމިޔާބު ފިލްމުތައް ކުޅެފައެވެ.

އޭގެ ތެރޭގައި އޭނާއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ އެއް ފިލްމު ކަމަށްވާ 1998 ވަނަ އަހަރު ނިކުތް ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އާއި "ގުލާމް" ގެ އިތުރުން ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" އާއި ކަބީ ހުޝީ ގަމް" ހިމެނެ އެވެ."ވީރް-ޒާރާ" އާއި "ހަމް ތުމް"،"ރާޖާ ކީ އާއޭގީ ބާރާތު"، "ބަންޓީ އޯރް ބަބްލީ" ،"ކަބީ އަލްވިދާ ނާ ކެހެނާ" ފަދަ ފިލްމުތައް އޭނާ ވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ރާނީ އޭނާގެ ފިލްމީ ކެރިއަރ ފަށާފައިވަނީ 1997 ވަނަ އަހަރު ނިކުތް "ރާޖާ ކީ އާއޭގީ ބާރާތު"އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ނިކުތް ހިޗްކީއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް