19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ސޯނަމް ކަޕޫރު

ސޯނަމް ކަޕޫރު ކައިވެނިކޮށްފި

  • ސޯނަމް އާއި އާނަންދު ކައިވެނި ކޮށްފައިވަނީ އިއްޔެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 9 މެއި 2018 | ބުދަ 07:14 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ -- ގެޓީ އިމޭޖާސް

ބޮލީވުޑްގެ ތަރިންގެ ތެރެއިން ސޯނަމް ކަޕޫރާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާނަންދު އަހޫޖާ ކައިވެނިކޮށްފި އެވެ.

ސޯނަމްއާއި އާނަންދުގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ އޭނާގެ ބޮޑުދައިތަގެ ގޭގައެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކެއް ސޯނަމްގެ ކައިވެނީގެ ހަފްލާގައި ވަނީ ބައިވެރިވެފައެވެ.

މުމްބާއީގައި ބޭއްވި މި ހަފްލާގައި ސޯނަމް ހުރީ ރަތް ކުލައިގެ ސާޅީއެއްގައެވެ. އަދި އާނަންދު ހުރީ ޝްރެވާނީއެއްގައެވެ.

ކައިވެނީގެ ހަފްލާއަށް ފަހު އަންގާރަ ދުވަހުގެރޭ ވަނީ މެހެމާނުންނަށް ޚާއްސަ ރިސެޕްޝަނެއް މުމްބާއީގެ ދަ ލީލާ ހޮޓެލްސްގައި ބާއްވާފައެވެ. މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ސޯނަމްގެ ކައިވެންޏަށް އޭނާ ދިރިއުޅެމުންދާ ގެ އެކި ބޮކިތަކުން ދިއްލާ ޒީނަތްތެރި ކޮށްފައިވާއިރު ކައިވެނީގެ ހަފުލާ ވަނީ ވަރަށް ކުލަ ގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. އަދި ކައިވެނީގެ ކުރިން އިންޑިއާގެ ހިންދޫންގެ އާދަކާދަތަކާއި އެއްގޮތަށް ބާއްވާ ހަފުލާތައް ކަމަށްވާ ސަންގީތާއި މެހެންދީ ހަފުލާ ވެސް ވަނީ ވަރަށް ކުލަ ގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. ކައިވެނީގެ ހަފުލާގައި ބައިވެރިވި ތަރިންގެ ތެރޭގައި  ކަރަން ޖޯހަރް، ކެޓްރީނާ ކެއިފް، ވަރުން ދަވަން، ކަރިޝްމާ ކަޕޫރް،ކަރީނާ ކަޕޫރް، ސައިފް އަލީ ހާން، އަމީތާބް ބައްޗަން، އަބިޝެކް ބައްޗަން، ރާނީ މުކަރްޖީ، ޖެކްލީން ފެނާންޑޭޒް، އާމިރް ހާނާއި އަންހެނުން ކިރަން ރާއޯ އަދި ސްވަރާ ބާސްކަރަ ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

ސޯނަމްގެ ކައިވެންޏާ  ބެހޭ ގޮތުން ދެފަރާތުގެ އާއިލާއިން ރަސްމީކޮށް އެއްޗެއް ބުނެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ. ސޯނަމް އާއި އާނަންދް އަހޫޖާ ކައިވެނި ކުރަން އުޅޭކަމަށް ބުނެ ދެ އާއިލާއިން ވަނީ އެދުވަހު ބަޔާނެއް ނެރެފައެވެ.

ސޯނަމްގެ ކައިވެނި ކުރެވުމުން ދެން އޭނާ އެންމެ އަވަހަށް ދަތުރު ހަދާނީ މެއިމަހުގެ 8 އިން 16 އަށް ބާއްވާ ކޭންސް ފިލްމު ފެސްޓިވަލަށް ދާށެވެ. އޭނާ އަކީ ވޭތުވެދިޔަ ހަތް އަހަރު ލޯރިއަލް

ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އެ ފެސްޓިވަލްގައި ބައިވެރިވާ ތަރިއެކެވެ. މިފަހަރު ސޯނަމްއާއި އެކު އާނަންދުވެސް ބައިވެރިވާނެއެވެ.

ސޯނަމް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖޫން މަހުގެ 1 ގައި ރިލީޒްކުރާ ވީރޭ ދި ވެޑިންއިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ކަރީނާ ކަޕޫރާއި ސްވަރާ ބާސްކަރާއި ޝިކާ ތަލްސާނިއާ އާ އެކީގައެވެ.

އޭގެ ފަހުން ޖޫން މަހުގެ 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކް ފިލްމު ސަންޖޫއިންވެސް އޭނާ ފެނިގެންދާނެއެވެ.

މީގެ އިތުރުން އޮކްޓޯބަރ 18 ގައި ރިލީޒްކުރާ އަދު އޭނާގެ ބައްޕަ އަނިލް ކަޕޫރާ އެކު ކުޅެފައިވާ އެކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ އިންވެސް ސޯނަމް ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް