24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ެއެކްސިޑެންޓް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

  • އެކްސިޑެންޓް ހިނގީ އެޗްޑީސީގެ ޕިކަޕަކުން ޖެހި
އަހުމަދު މުހުސިނު | dhonbandaara

| 10 ޖެނުއަރީ 2017 | އަންގާރަ 04:40 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ފުލުހުންގެ އިދާރާ: ހުޅުމާލޭގައި ހިނގި އެކްސިޑެންޓް ދަނީ ތަހުގީގް ކުރަމުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ހުޅުމާލޭގައި މިމަހުގެ ދެވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް ޒަހަމެއް ލިބުނު މީހާގެ ހާލު ވަރަށް ބޮޑަށް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޒަހަމްވެގެން ސީރިއަސް ހާލަތުގައި ފަރުވާދެމުން އައި މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. 

ކިހާތާކު ދޫކޮށްލެވޭވަރު ވާނެތޯ ސުވާލުކުރުމުން އައްފާލް ވިދާޅުވީ އަދި އެކަމާ ގުޅޭގޮތުން ކޮމެންޓެއް ކުރައްވަން ދަތިކަމަށާއި އެހެންނަމަވެސް އެމީހާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޕިކަޕް ކޮންޓްރޯލް ނުވެ، އެ ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. ބަނގްލަދޭޝްގެ އެ މީހާގެ ގައިގައި ޖެހުމަށް ފަހު ޕިކަޕް މައިތިރިވީ މަގުގެ އެއް ފަރާތުގައި ހުރި ބޮޑު ފިތުރޯނު ގަހެއްގައި ޖެހިފަ އެވެ.އެކްސިޑެންޓުވުމާއެކު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހާލު މާ ބޮޑަށް ސީރިއަސްވުމުން އޭނާ ވަނީ އޭޑީކޭ އަށް ގެނެސް ފަރުވާ ދޭން ފަށައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް