25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި

  • އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަވެގެންދާނެ
  • މޮބައިލް އެޕްލިކޭޝަން ބޭނުންކުރުމުން ނަގުދު ފައިސާ ބޭނުންކުރުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެގެންދާނެ
  • އެޕްލިކޭޝަން ގޫގުލްގެ އެޕް ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ
ސިމާހާ ނަސީމް | sim_kamana

| 8 މެއި 2018 | އަންގާރަ 23:46 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އިސްލާމިކް ބޭންކް -- މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކުން "ފައިސާ މޮބައިލް" ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަނެއް ލޯންޗުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަނަރު ނަސީރު ވިދާޅުވީ، މި އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށާއި، ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަދުވެގެންދާނެ ކަމަށެވެ. މޮބައިލް އެޕްލިކޭޝަން ބޭނުންކުރުމުން ނަގުދު ފައިސާ ބޭނުންކުރުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެގެންދާނެ ކަމަށް ގަވަނަރު ވިދާޅުވިއެވެ.

މި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓް ބެލެންސް ބެލުމާއި ޓްރާންސެކްޝަންގެ ހިސްޓްރީ ބެލުމާއި އެހެން ބޭންކްތަކުގެ އެކައުންޓުތަކަށާއި އެމްއައިބީގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމުގެ އިތުރުން ފައިނޭންސިންގ ފެސިލިޓީސްތަކުގެ ތަފްސީލާއި ޗެކް ފޮތުގެ ތަފްސީލް ބަލާލެވޭނެއެވެ.   

 

މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކްޓިންގް ސީއީއޯ އަހްމަދު ރިޒާ ވިދާޅުވީ ބޭންކްގެ އަމާޒަކީ ހުރިހާ ކަމެއްގައިވެސް ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށާއި ތައާރަފުކުރެވުނު މޮބައިލް އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ ދިވެހިން ކަމަށެވެ.

މި އެޕްލިކޭޝަން ގޫގުލްގެ ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ފައްޓާފައިވަނީ 2011 ވަނަ އަހަރުގެ މާރޗް މަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް