23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޖޯޖީނިއޯ

ޖޯޖީނިއޯ ހޯދުމަށް ޕްރިމިއާ ލީގުގެ ފަސް ޓީމަކުން މަސައްކަތްކުރަނީ

  • މެންޗެސްޓާ ސިޓީއިން އޭނާ ހޯދުމަށް މަސައްކަތްކުރާކަން ޔަގީން ކޮށްދެވެން ނެތް
  • އޭނާ ބުނީ ނަޕޯލީއިން އަދި އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 މެއި 2018 | އަންގާރަ 20:01 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ -- ގެޓީ އިމޭޖާސް

ނަޕޯލީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

އޭނާގެ އޭޖެންޓް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މެންޗެސްޓާ ސިޓީއިން އޭނާ ހޯދުމަށް މަސައްކަތްކުރާކަން ޔަގީން ކޮށްދެވެން ނެތް ކަމަށާއި އެހެން ނަމަވެސް އޭނާ ހޯދުމަށް ހަތަރު ފަސް ޕްރިމިއާ ލީގުގެ ޓީމުތަކަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ނަޕޯލީއިން އަދި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށާއި އެހެން ޓީމުތަކާއި ރަސްމީކޮށް ވާހަކަ ދައްކާނީ ނަޕޯލީއިން ގޮތެއް ނިންމުމުން ކަމަށެވެ.

ޖޯ ސަންޓޯސް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ނަޕޯލިއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި އެހެން ނަމަވެސް ކްލަބާއެކު ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށެވެ. އޭނާ ބުނީ މަޝްވަރާތައް އަވަސް ކުރަން ނިންމީ ގިނަ ކްލަބްތަކުން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާތީ ކަމަށާއި އެހެންކަމުން އެ ހުށަހެޅުންތަކުގެ މައުލޫމާތު ނަޕޯލީއާ ހިއްސާކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ނަޕޯލީގެ ފުރަތަމަ އެގާރަ އަންނަ ސީޒަނުގައި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެގޮތުން އެ ޓީމުގެ ކީޕަރު ޕެޕޭ ރެއިނާ އަންނަ ސީޒަނުގައި ޔަގީނުން ވެސް ފެންނާނީ އެހެން ކްލަބަކުން ކަމަށެވެ.

ޖޯޖީނިއޯ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ މެންޗެސްޓާއަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއެވެ. އެގޮތުން އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ސިޓީއިން މި ހުޅުވޭ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 50 މިލިއަން ޕައުންޑް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑްގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ ޖޯޖީނިއޯ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދެކޭ ކަމަށް މީޑިއާތަކުން ބުނެއެވެ. ހަމައެހެންމެ މައިކަލް ކެރިކް މި ސީޒަން ނިންމާލުމަށްފަހު ރިޓަޔާކުރަން ހަމަޖެހިފައިވުމާއެކު އޭނާގެ ބަދަލުގައި ޖޯޖީނިއޯ އެ ޓީމަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޖޯ ސަންޓޯސް ބުނެފައިވަނީ ޖޯޖީނިއޯއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމީ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ އިޓަލީ އަދި އިޓަލީގެ ލީގަށް ވާދަކުރަމުން އަންނަ ނަޕޯލީގެ ކުޅުންތެރިޔަކަށްވުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން މަސައްކަތްކުރާނެ ކަމަށް އެނގޭ ކަމަށެވެ. އޭނާ ބުނީ ނަޕޯލީގެ ސްޕޯޓިން ޑައިރެކްޓަރ ގެ މަގާމުގައި ހުރި ކްރިސްޓިއާނޯ ގަންޓޫލީއާ ތިން ފަހަރެއްގެ މަތިން މަޝްވާރަކޮށްފައިވާ ކަމަށާއި ޔުނައިޓެޑާއެކު އެއްވެސް މަޝްވަރާތަކެއް މިހާތަނަށް ކުރިޔަށް ގެންގޮސްފައިނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ބްރެޒިލްއަށް އުފަން ޖޯޖިނިއޯ ގައުމީ ފެންވަރުގައި ކުޅެމުން އަންނަނީ އިޓަލީއަށެވެ. ނަޕޯލީގައި ދެއްކި މޮޅު ކުޅުމާއެކު ޖޯޖީނިއޯއަށް ވަނީ އިޓަލީގެ ގައުމީ ޓީމުން ވެސް ފުރުސަތުދީފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެން ފެށިއިރު މިހާތަނަށް އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ ތިން މެޗެވެ. ނަޕޯލީއާއެކު އޭނާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ޓީމަށް 153 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް