16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވޯލްޑް ކަޕް 2018

ރޮނާލްޑޯއާއެކު ޕޯޗުގަލްއަށް ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ: މޮރީނިއޯ

  • ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލްއިން ކާމިޔާބުކުރިއިރު ރޮނާލްޑޯ ވަނީ މުހިންމު ދައުރެއް އަދާކުރި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 މެއި 2018 | އަންގާރަ 19:53 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މޮރީނިއޯ އަދި ރޮނާލްޑޯ -- ގޯލް.ކޮމް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އެ ޓީމަށް މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރޭވެނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލްއިން ކާމިޔާބުކުރިއިރު ރޮނާލްޑޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މޮރީނިއޯއަކީ ވެސް ޕޯޗުގަލްއަށް ނިސްބަތްވާ މީހަކަށްވާއިރު އޭނާ ވަނީ ވޯލްޑް ކަޕް ވެސް ރޮނާލްޑޯއާއެކު އެ ގައުމަށް ކާމިޔާބުކުރެވޭނެ ކަމަށް ބުނެފައެވެ.

މަޝްހޫރު ކުޅިވަރު ޗެނަލް އީއެސްޕީއެންއަށް ދިން ހާއްސަ އިންޓަވިއުއްގައި މޮރީނިއޯ ބުނީ ޕޯޗުގަލްގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށާއި ރޮނާލްޑޯއާ ނުލާ އެ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އެއްވެސް ފުރުސަތެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ރޮނާލްޑޯއާއެކު އެ ޓީމަށް ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަމަށާއި އެހެންކަމުން އޭނާއާއެކު އެ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

1986 ވަނަ އަހަރުގެ ފުރަތަމަ ފަހަރަށް އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ. އޭނާ ބުނީ ލިއޮނެލް މެސީ ނެތް އާޖެންޓީނާއަކީ ތަށްޓައް ވާދަކުރާނެ ޓީމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެހެން ނަމަވެސް މެސީ ހުރެއްޖެނަމަ އާޖެންޓީނާއަކީ މުބާރާތް ކާމިޔާބުކުރާނެ ފެވަރިޓުންގެ ތެރޭގައި ގުނާލެވޭނެ ކަމަށެވެ.

އެހެން ނަމަވެސް މޮރީނިއޯ ބުނެފައިވަނީ އޭނާ ދެކޭ ގޮތުގައި މުބާރާތުގެ ތަށްޓައް އެންމެ ބޮޑަށް ވާދަކުރާނީ ބްރެޒިލް އަދި ސްޕެއިން ކަމަށެވެ. އޭނާ ބުނީ ބްރެޒިލް މިހާރު ކުޅުމުންދާ ފުޓްބޯޅަ އާއި އެ ޓީމުގެ ވިސްނުން ހުރި ގޮތަށް ބަލާއިރު އެ ޓީމުން ވަރަށް ބޮޑަށް ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ބުނީ ބްރެޒިލްއަކީ ހުރިހާ ކަމެއް ވެސް ކުރެވޭ ފެންވަރުގެ ޓީމެއް ކަމަށާއި އެ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަކީ ވެސް ވަރަށް ކޮލިޓީ ކުޅުންތެރިން ކަމަށެވެ.

އޭނާ ބުނީ ބްރެޒިލްއަށް ފަހު ސްޕެއިން ވެސް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި އެ ޓީމުން ކުޅެމުން އަންނަނީ ވެސް ވަރަށް ރީތި ފުޓްބޯޅައެއް ކަމަށެވެ. އޭނާ ބުނީ އަނެއްކާ ވެސް ވޯލްޑް ކަޕް ކާމިޔާބުކުރެވޭ ފެންވަރުގެ ޓީމެއް ސްޕެއިންއިން ބިނާކޮށްފައިވާ ކަމަށާއި އެހެން ހުރިހާ ޓީމަކުން ވެސް އެ ޓީމު ދެކެ ޖެހިލުންވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ބުނީ ޔޫރަޕުގެ ޓީމުތަކުގެ ތެރެއިން މުބާރާތުގެ ތަށްޓައް އެންމެ ބޮޑަށް ވާދަކުރާނީ ސްޕެއިން ކަމަށް ބެލެވޭ ކަމަށެވެ.

މޮރީނިއޯ ބުނީ އޭނާ ވޯލްޑް ކަޕް ބެލުމަށް ރަޝިއާއަށް ދާނެ ކަމަށާއި އެހެން ނަމަވެސް އެގައުމުގައި ހޭދަކުރާނީ ހަފްތާއެއް ހާ ދުވަސް ކަމަށެވެ. ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި މި މުބާރާތާއި ކުރިމަތިލާ ޕޯޗުގަލް މި މުބާރާތުގައި ހިމެނިފައިވަނީ ސްޕެއިން އަދި މޮރޮކޯގެ އިތުރުން އީރާނާއެކު ގްރޫޕް ބީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް