16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ލޯރެންޓް ކޮސިއެލްނީ

އަނިޔާވެ ކޮސިއެލްނީއަށް ވޯލްޑް ކަޕް ގެއްލިއްޖެ

  • އޭނާއަށް އަނިޔާވީ އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 މެއި 2018 | އަންގާރަ 19:33 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ކޮސިއެލްނީއަށް އަނިޔާވެފައި -- ގެޓީ އިމޭޖާސް

އާސެނަލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޯރެންޓް ކޮސިއެލްނީއަށް އަނިޔާވެ މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ގެއްލިއްޖެއެވެ.

ކޮސިއެލްނީއަށް އަނިޔާވީ ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް އާސެނަލް ކުޅުނު ދެވަނަ ލެގުގެ މެޗުގައެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ކޮސިއެލްނީގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ އަށިގަނޑުގައި ދަނޑުން ބޭލިއިރު އެ މެޗުން ބަލިވެ އާސެނަލް ވަނީ އެ މުބާރާތުން ކަޓާފައެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ އަދި ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއާ ޑެޝޭމްޕްސް ވެސް ވަނީ ކޮސިއެލްނީއަށް ވޯލްޑް ކަޕް ގެއްލޭނެކަން ކަށަވަރުކޮށްދީފައެވެ.

ކޮސިއެލްނީގެ އަނިޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޑެޝޭމްޕްސް ބުނީ މިއީ ފްރާންސްގެ ގައުމީ ޓީމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އޭނާގެ ހިތާމާއިގައި ބައިވެރިވާ ކަމަށެވެ. ހަމައެހެންމެ ވޯލްޑް ކަޕަކީ ކޮސިއެލްނީއަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި އެދެނީ އޭނާ ވީހާ ވެސް އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އައުން ކަމަށެވެ. އޭނާ ބުނީ އަނިޔާއިން އެނބުރި އައިސް ކޮސިއެލްނީ އަލުން އެނބުރި ގައުމީ ޓީމުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ކޮސިއެލްނީއަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ހަ މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭއިރު އަންނަ ސީޒަނުގެ ފުރަތަމަ ތިން މަސް ވެސް އޭނާއަށް ގެއްލޭނެއެވެ. ކޮސިއެލްނީއަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ހަ މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން ކޮސިއެލްނީ ހުރީ ވަރަށް ދެރަވެފައި ކަމަށާއި އޭނާ ޑިސެމްބަރު މަހުގެ ކުރިން ފުޓްބޯޅަ ދަނޑަކުން ފެންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މަސައްކަތްކުރަނީ ކަންކަން ރަނގަޅަށް ގެންދެވޭތޯ ކަމަށާއި އެހެން ނަމަވެސް މި ހާލަތުގައި ކުރެވޭނެ ހަމައެކަނި ކަމަކީ ކޮސިއެލްނީއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ޖުމްލަ 51 ފަހަރު ފްރާންސްގެ ގައުމީ ޖާޒީގައި ކުޅެފައިވާ ކޮސިއެލްނީ ވަނީ މިއަހަރުގެ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ވެސް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް