18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ދެވަނަ ޑިވިޝަން

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަމާއެކު ޑަ ގްރާންޑޭ އަމީގޯސް މާލޭ ލީގަށް

  • ޑަ ގޭންގް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 މެއި 2018 | އަންގާރަ 19:14 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު ތެރެއިން -- އިމޭޖަސް.އެމްވީ

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ޑަ ގްރޭންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޑަ ގޭންގް) އަންނަ އަހަރުގެ އެސްޓީއޯ މާލޭ ލީގަށް ކޮލިފައިވެއްޖެއެވެ.

ޑަ ގޭންގް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމާއެކު ކުޅުނު އިތުރު ވަގުތުގައި ވެސް  ދެ ޓީމުންކުރެ ޓީމަކަށް ނަތީޖާ ބަދަލުކުރެވިފައެއް ނުވެއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖޭޖޭއަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީ ޖަހައިދިނީ ޖާޒީ ނަމްބަރު 14 މިދުހަތު ފަހްމީއެވެ. ޑަ ގޭންގްގެ ޕެނަލްޓީތައް އެ ޓީމަށް ޖަހައިދިނީ އިބްރާހިމް އަބްދުﷲ އާއި އަބްދުލް މުހައިމިން އަދި އަބްދުﷲ ފައުޒާންއެވެ.

ދެވަނަ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑަ ގޭންގްގެ ޖާޒީ ނަމްބަރު 19 ޒާހިދު އިބްރާހިމްއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވެސް ހޮވުނީ ހަމަ އެ ޓީމުގެ ޖާޒީ ނަމްބަރު 25 އިޔާން އަބްދުލް އަލީމްއެވެ.

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަމާއެކު ޑަ ގޭންގަށް ވަނީ އަންނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުން ފުރުސަތު ލިބިފައެވެ. ޖޭޖޭ ސްޕޯޓްސް ކްލަބަށް ވެސް މާލޭ ލީގުން ފުރުސަތު ހޯދުމުގެ ޖާގަ ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އެ ޓީމަށް މާލޭ ލީގުން ޖާގަ ލިބޭނީ މިފަހަރުގެ މާލޭ ލީގުގެ ފުލަށް ދާ ދެ ޓީމާއެކު ކުޅޭ ކޮލިފައިންގެ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް