17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ލޯކަލް ކައުންސިލް އިންތިހާބު

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

  • ހުކުމުގައި އޮތީ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު ދެ މަސް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް
އަހުމަދު މުހުސިނު | dhonbandaara

| 10 ޖެނުއަރީ 2017 | އަންގާރަ 04:10 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒް ނޫސްވެރިންނަން މައުލޫމާތު ދެއްވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިއަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އާދީއްތަ ދުވަހުގެރޭ އިއުލާން ކޮށްފައި ވަނީ މުޅިން އާ އިންތިޚާބެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި އޮތީ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު ދެ މަސް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ކަމަށެވެ. ނަމަވެސް އާދީއްތަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވަނީ މުޅިން އާ އިންތިހާބަކަށް ކަމަށެވެ.

އަލީ ނިޔާޒް ވިދާޅުވީ އެކަމާ މެދު އެމްޑީޕީއިން ދެކޭ ގޮތް ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި އެކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އޭޕްރީލް 8 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 14 ޖަނަވަރީ 2017 ގައި ބޭއްވުމަށް އިޢުލާންކޮށްފައިވަނިކޮށް ސިވިލްކޯޓުގެ ނަންބަރު:2515/CV-C/2016 ޙުކުމުން އިންތިޚާބު ބާއްވާ ތާރީޚް 14 ޖެނުއަރީ 20177 އިން ފެށިގެން މަދުވެގެން 22 މަސްދުވަސް ލިބޭ ގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާތީ، އެ ހުކުމާ އެއްގޮތަށް އިންތިޚާބުގެ ކަންކަން އަލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

 

ކައުންސިލް އިންތިޚާބު ބޭއްވުމަށް ކުރިން ކޮށްފައިވާ އިއުލާން ބާތިލްކޮށްފައިވާ ކަމަށާއި އެހެންކަމުން އަލުން ކޮށްފައިވާ އިއުލާނާ އެއްގޮތައް ކުރިން ކުރިމަތިލާފައިވާ ކެންޑިޑޭޓުންވެސް އިންތިޚާބުގައި ވާދަކުރަން ބޭނުންނަމަ އަލުން ކުރިމަތިލުމަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް