19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މިނިވަން ޗެމްޕިއަންޝިޕް

ފައިނަލް މެޗު ކުޅެން ތިމަރަފުށި ޓީމު މާލެ އަތުވެއްޖެ

  • އެރަށުގެ ރައްޔިތުން ވަނީ އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައި
  • ތިމަރަފުށި ފައިނަލްގެ ޖާގައެއް ހޯދީ ބ. ފެހެންދޫގެ މައްޗަށް 2-1 އިން ކުރި ހޯދައިގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 8 މެއި 2018 | އަންގާރަ 18:27 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


ތިމަރަފުށި ޓީމު މާލެ އައުމުން އެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ : ރާއްޖެ އެމްވީ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުމަށް ތ. ތިމަރަފުށި ޓީމު މާލެ އަތުވެއްޖެއެވެ.

ތިމަރަފުށި ޓީމު މާލެ އައުމާއެކު މާލޭގައި ދިރިއުޅޭ އެރަށުގެ ރައްޔިތުން ވަނީ އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ތިމަރަފުށި ފައިނަލްގެ ޖާގައެއް ހޯދީ ހުކުރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބ. ފެހެންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ގްރޫޕްގެ އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ތިމަރަފުށްޓަށް މި މެޗުގައި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު ނުވައެއް އަހުމަދު ތޯހިރް އަދި ބިދޭސީ ކުޅުންތެރިޔާ ކަމަށްވާ ޖާޒީ ނަމްބަރު 28 ކުއާސީ ޖީންއެވެ. ގްރޫޕްގެ ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ފެހެންދޫއަށް މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 14 އާދަމް ނަސީމްއެވެ. ތިމަރަފުށި މެޗުން މޮޅުވި ލަނޑު ކުއާސީ ޖެހި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

ތިމަރަފުށްޓާއި ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ށ. ފޯކައިދޫއެވެ. ފޯކައިދޫ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފ. ނިލަންދޫގެ މައްޗަށް 2-0 ގެ ނަތީޖާކުން ކުރި ހޯދައިގެންނެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ފޯކައިދޫއަށް މި މެޗުގައި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 22 މުހައްމަދު ފާރިޝް އިބްރާހިމް އަދި ޖާޒީ ނަމްބަރު 11 ހުސައިން ނިޝާންއެވެ. ނިލަންދޫ ސެމީއަށް ދަތުރުކުރީ ގްރޫޕްގެ އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުން ތިމަރަފުށި ޖާގަ ހޯދާފައިވާއިރު އެ ޓީމަށް ވަނީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ވެސް ޖާގަ ލިބިފައެވެ. ތިމަރަފުށިގެ އިތުރުން ފައިނަލްގައި ވާދަކުރާ ފޯކައިދޫ އަދި ސެމީގައި ބަލިވި ފެހެންދޫ އަދި ނިލަންދޫ ވެސް ޕްރިމިއާ ލީގުގައި ކުޅޭނެއެވެ.

މިއީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ތިމަރަފުށި ވާދަކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން އެ ޓީމު ވަނީ 2016 ވަނަ އަހަރުގެ މިނިވަން  ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެފަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ބ. އޭދަފުށި އަތުންނެވެ.

ތިމަރަފުށި ފައިނަލްގައި ފޯކައިދޫއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 10 ވަނަ ދުވަހު ގަލޮޅު ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް