18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މަގޭ ރިޕޯޓް

ރައީސް ޔާމީންގެ އަނެއް ރެކޯޑް

  • އުއްތަމަ ފަނޑިޔާރަށް މަޤާމުގައި ހުއްޓާ ހުކުމް ކުރުމަކީ އާދައިގެ ކަމެއް ނޫން
  • ކޮންމެ ބޭފުޅަކުވެސް ޖަލަށް ލުމުގެ ކުރިން އެބޭފުޅެއްގެ ބޭނުން ވަރަށް ބޮޑަށް ކުރެއްވި
  • ރާއްޖޭގެ ތާރީޚްގައިވެސް ސަރުކާރުގެ ބޮޑުން މިހާ ގިނައިން ޖަލަށް ލާފައެއް ނުވޭ
އަހުމަދު މުހުސިނު | dhonbandaara

| 8 މެއި 2018 | އަންގާރަ 18:16 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ރައީސް ޔާމީން ސިފައިންނާއެކު ކެމްޕޭނުގައި -- ފޮޓޯ : މުހައްމަދު ޝަރުހާން

ރައީސް ޔާމީނަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފެންނަމުން މިދަނީކީވެސް އާދައިގެ ކަންތައްތަކެއް ނޫނެވެ. މުޅިންވެސް ބޮޑެތި ރެކޯޑް ތަކެވެ.

މަޤާމުގައި ހުއްޓާ ޑިފެންސް މިނިސްޓަރަކު ފިސްތޯލައެއް ގެންގުޅެގެންވެސް ހުކުމް އިއްވުމުގެ ޝަރަފް އޮތީ މިސަރުކާރުގައެވެ. ޕޮލިސް ކޮމިޝަނަރުން އެންމެ ގިނައިން ބަދަލުވީވެސް މިސަރުކާރުގައެވެ. ޕޮލިސް ކޮމިޝަނަރކަން ކުރެއްވި ބޭފުޅުން ޖަލަށްލައި އެމީހުންނަށްވެސް ބޮޑެތި ހުކުމްތައް ކޮށްފައިވަނީ ރައީސް ޔާމީންގެ މި ފަސްއަހަރުގެ ދައުރުގެ ތެރޭގައެވެ. ދެ ނައިބު ރައީސަކު ވަކިކޮށް އެއް ނައިބު ރައީސަކު މަޤާމުގައި ހުއްޓާ ހައްޔަރުކޮށް ހުކުމް ކުރުމުގެ ރެކޯޑްވެސް ރައީސް ޔާމީނަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލަކުވެސް މީގެ ކުރިއަކުން މަޤާމުގައި ހުންނަވަނިކޮށް ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ހުކުމް ކޮށްފައެއް ނުވެއެވެ. އެއީވެސް ޔާމީންގެ އަނެއް ރެކޯޑެވެ. ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެންމެ ގިނައިން ހައްޔަރުކޮށް އެބޭފުޅުންނަށް ހުކުމް ކުރެއްވުމުގެ ރެކޯޑްވެސް ރައީސް ޔާމީނަށް ނޫނީ ދެން ފުރަތަމަ ލިބޭކަށް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެންމެގިނައިން ހައްޔަރުކޮށް ބޮޑެތި ޖިނާއީ ތުހުމަތުވެސް މިހާތަނަށް ކޮށްފައިވަނީ ހަމަ މިސަރުކާރުގައެވެ. އެއީވެސް ރައީސް ޔާމީނަށް ލިބޭ ލަޤަބެކެވެ.

މިހެންގޮސް އެފަދަ އެތައް ރެކޯޑެއް އެމަނިކުފާނުވަނީ ޤާއިމް ކުރައްވާފައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ރާއްޖޭގެ ތާރީޚްގައިވެސް މިއަދަކީ ފާހަގަކޮށްލެވޭ ދުވަހެކެވެ. މިއަދުވެސް އެމުގުރާލީ ބޮޑު ރެކޯޑެކެވެ. ރާއްޖޭގެ ތާރީޚްގައިވެސް މީގެ ކުރިއަކުން އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެމަޤާމުގައި ހުންނަވަނިކޮށް ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް އައިސްފައެއް ނުވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެވަނީ އެކަން ރާއްޖޭގެ ތާރީޚްގެ ތެރެއަށް ވަދެފައެވެ. އެރެކޯޑް ޤާއިމް ކުރެއްވި ފުރަތަމަ ވެރިއަކަށް ރައީސް ޔާމީން ނޫން ބޭފުޅަކު ދެނެއް ނުވާނެއެވެ. ފަހަރުގައި މިއީ މުޅި ދުނިޔޭގެ ރެކޯޑަކަށް ވުމަކީވެސް ކައިރި ކަމެކެވެ.

މިރެކޯޑްތަކާމެދު ވިސްނާ ފިކުރު ހިންގާލުމުން ފާހަގަކޮށްލެވޭ އެހެން ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެއިން ކޮންމެ ބޭފުޅަކާމެދުވެސް އެގޮތް މެދުވެރިވުމުގެ ކުރިން ހިނގާފައިވާ ކަންކަމެވެ.ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް އެވެރިން ކުރި ބުރަމަސައްކަތެވެ. އެބޭފުޅުންގެ ބޭނުން ހިއްޕެވި ގޮތެވެ. އެބޭފުޅުންނަށް ރައީސް ޔާމީން ކުރެއްވި އެތައް ސަތޭކަ ޕަސެންޓެއްގެ އިތުބާރެވެ. އާޚިރުގައި ކަންވެ ނިމިގެންދިޔަގޮތެވެ.

ވަރަށް ކުރުގޮތަކަށް ބަލާލާނަމެވެ. ކާނަލް ނާޒިމަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި އެންމެ ބޮޑެތި މަސައްކަތްތައް ކުރެއްވި އެއް ވަޒީރެވެ. ކަމެއް ކޮށްގެން ރައީސް ޔާމީނަށް ތާއީދެއް ލިބުނިއްޔާ އެފަދަ ގިނަ ކަންކަމުގެ އެއް ހިއްސާ ދާރެވެ.

ވެރިކަމަށް ގެންނެވުމުގައި އެންމެބޮޑު އެއްރޯލެއް ކުޅުއްވީ ކުރީގެ ނައިބު ރައީސް ޑރ ޖަމީލެވެ. ދެވަނަ ނައިބު ރައީސް އަދީބަކީ މުޅި ސަރުކާރުގެ ތަނބެވެ. މަޖިލިސް މެޖޯރިޓީ ހޯދައިދީ ވެރިކަމަށް ގުޑުމެއް އަރުވާލިޔަ ނުދީ ހިފެހެއްޓޭވަރަށް މަޖިލީހުގެ ބާރާއި އެހެނިހެން ބާރުތައް ރައީސް ޔާމީންގެ މުށުތެރެއަށް ލެއްވީ އަހުމަދު އަދީބެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒަކީ ރައީސް ޔާމީނަށް އެންމެބޮޑު ގޮންޖެހުމަކަށްވި ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ އުފުއްލެވި ބޭފުޅާއެވެ. އޭގެ އިތުރުންވެސް ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލި ސިޔާސީ ގިނަ ބޭފުޅުންގެ ދައުވާތައް އުފުލާ މައްސަލަ ސާބިތުވާވަރު ކޮށްދެއްވީ މުހުތާޒެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނަށްޓަކައި އަމިއްލަ ލަގަންވެސް ވިއްކާލިއެވެ. އިލްހާމާއި ސިނާންމެންފަދަ ބޭފުޅުންނަކީ އެފަދަ އަލިގަދަ މިސާލެކެވެ. މިއަދު އެވަނީ ކުޑަގޮޅީގައެވެ.

އެއްބަފާ ރައީސް މައުމޫނަކީ ރައީސް ޔާމީން އެމަޤާމަށް އައުމުގެ އަސްލެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ބަހަށް ރައީސް ޔާމީނަށް ތާއީދު ކުރެއްވި ޝައިޚް އިމްރާނާއި ޤާސިމް އިބްރާހީމްއަށްވެސް ޔާމީންގެ ވަކިތަކުގެ ދަށުން އިސްތިސްނާއެއް ނުވިއެވެ.

ދެން އޮތީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ހަމީދެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާ ހުރިހާ ޖަރީމާތަކެއްގައި ޤާނޫނީ ކުލަ ޖައްސާލުމުގެ އެންމެބޮޑު ދައުރެއް އަދާކުރީ ސުޕްރީމް ކޯޓުންނެވެ. މަޖިލީހުގެ މެޖޯރިޓީ ގެއްލުނީމާ ދުއްވާލި މަޝްހޫރު 12 މެންބަރުންގެ ވާހަކައިން އެކަނިވެސް އެކަން ސާބިތުވެ ނިމޭނެއެވެ. ރައީސް ޔާމީން ޤަބޫލު ކުރެއްވިގޮތުންނަމަ އެމަނިކުފާނަށް ހީނުކުރައްވާ ވަރުގެ ހުކުމެއް ނާންނާނެއެވެ.

ކޮންމެއަކަސް މިއަދަކީ ދިރިތިބީން ވިސްނާލަން ޖެހޭ ދުވަހެކެވެ. ސަރުކާރުގެ މަޤާމްތަކުގައާއި މަޖީހާއި ކޯޓުތަކުގެ ފަނޑިޔާރުން ނަޒަރު ހިންގާލަން ޖެހޭ ކަމެކެވެ. ކުރިމަގާމެދު ގޮތެއް ނިންމާން ޖެހޭ ވަގުތެކެވެ. ރައޔިތުން އޭރުވެސް މިހާރުވެސް ދައްކަނީ އެވާހަކައެވެ. ހާލުގެ ދުލުން ގޮވަނީ އެވާހަކައެވެ. އުއްތަމަ ފަނޑިޔާރުހެން ހުކުމް ކުރީމާ ޤިޔާމަތް ދުވަސް އޮތްކަން ހަނދުމަކޮށްލާށޭ ވިދާޅުވި ފަދައިން އޭރުވެސް މިހާރުވެސް ހަނދާން ކުރުން ބުއްދިވެރިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުހައްމަދު

6 މަސް ކުރިން

ތިހެން ރިޕޯޓް ގެނެސްގެންވެސް ޔާންޓޭ އާ ނުކުޅެވޭނެ ގަޓްހުރި ރައީސް

3
7
ޖައުޒާ

6 މަސް ކުރިން

ބޮޑުވައްކަން ކުރުމުގެ ލަގަބާއި އެކަމުގެ ރެކޯރޑް އޮތީ ކާކުގެ އަތުގަބާ؟