23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ކުކުޅު ބިސް

އެސްޓީއޯ އިން މުއްދަތު ހަމަވެފައިހުރި ބިހެއް ނުވިއްކާނެ!

  • ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނި ނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތައް
ސިމާހާ ނަސީމް | sim_kamana

| 8 މެއި 2018 | އަންގާރަ 17:17 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މާލޭގެ ބާޒާރުން ބިސް ކޭހެއް ގަނެގެން ބޯޓަކަށް އަރުވަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

އެސްޓީއޯ އިން މުއްދަތު ހަމަވެފައިހުރި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިހުރި ބިސް ނުވިއްކާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގައި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ، ބިސް، އަދި އަލުވި ފޯރުކޮށްދިނުމަށްޓަކައި އެތަކެތި ރާއްޖެ އެތެރެކޮށް އެސްޓީއޯ ވިއްކަމުންދާ ކަމަށެވެ. މިގޮތުން އެސްޓީއޯ އިން މިއަހަރު ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ މިނިސްޓްރީ އޮފް ހެލްތް އިން 2017 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު އާއްމުކޮށްފައިވާ އިއުލާނަށް ފެތޭ ގޮތައް އެތެރެ ކުރެވިފައިވާ ބިސް ކަމުގައެވެ.

ހެލްތް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނި ނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަކަށެވެ. އެސްޓީއޯ އިން ބުނެފައިވަނީ އެ 28 ދުވަހުގެ ތެރެއިން ބިސް އެތެރެކޮށް ގުދަންކުރުމަށް 7 ދުވަސް ނަގާނެ ކަމަށާއި ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަން ލިބޭ ދުވަސްތައް ކަމަށެވެ.

އެސްޓީއޯ އިން އެތެރެކުރާ އެންމެހާ ކާބޯތަކެތި ގެނެވެނީ މިނިސްޓްރީ އޮފް ހެލްތް އާއި އެމް.އެފް.ޑީ.އޭ ގެ ޤަވާއިދުތަކުގެ ދަށުން ކަމަށާއި މުއްދަތު ހަމަވާން ކައިރިވެފައިހުރި ނުވަތަ މުއްދަތު ހަމަވެފައި ހުރި ތަކެތި އެސްޓީއޯ އިން އެތެރެ ކޮށް ނުވިއްކާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

އެސްޓީއޯ އިން އިއުލާން ނެރެފައި މިވަނީ އެސްޓީއޯ އިން ވިއްކަމުންދާ ބިހަކީ މުއްދަތު ހަމަވެފައިހުރި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިހުރި ބިސް ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ތަފާތު ވާހަކަތައް އާއްމު ވެފައިވާ ދަނޑިވަޅެއްގައެވެ.

އެސްޓީއޯ އިން ބުނީ މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުން ދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ނޫޅޭނެކަން ކަށަވަރު

5 މަސް ކުރިން

ދިވެހިންނަށް ވުރެއް، ދިވެހި ރައްޔިތުންނައް އަނިޔާވެރި، އަގަލުކުޑަ ބަޔަކު ނޫޅޭނެކަން ކަށަވަރު

0
0