22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެމެރިކާގައި ހިނގި ހާދިސާއެއް

ކޯމާގައި އޮތް ކުއްޖެއް މަރާލަން ތައްޔާރު ވެފައިވަނިކޮށް ހޭއަރައިފި

  • އެކްސިޑެންޓްވީ މެއި މަހު
  • ވަރަށް ގިނަ އޮޕަރޭޝަންތައް ކުރި
  • ގުނަވަންތައް ހަދިޔާ ކުރަން ވަނީ ނިންމައިފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 8 މެއި 2018 | އަންގާރަ 12:39 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ކޯމާގައި އޮތް ކުއްޖާ -- ފޭސްބުކް

އެމެރިކާގެ އަލަބަމާ ސްޓޭޓަށް ނިސްބަތްވާ ތޭރަ އަހަރުގެ ކުޑަކުއްޖެއް މަރާލަން ތައްޔާރުވެފައި ވަނިކޮށް ހޭއަރައިފިއެވެ.

ޓުރެންޓަން މެކްކެންލީ ހޭއަރައިފައި ވަނީ މަންމަ އެކުއްޖާގެ ގުނަވަންތައް ބޭނުންޖެހިފަ ތިބި ކުދިންނަށް ހަދިޔާ ކުރަން، ފޯމުތަކުގައިވެސް ސޮއިކުރި ފަހުންނެވެ.

ހަތަރު ފޮރޮޅުލީ އުޅަދުތަކާއި ގުޅުވާފައި ހުންނަ ދެފޮރޮޅުލީ ގާޑިޔަލެއްގަ ޓުރެންޓަން ދަތުރުކޮށްފައި ދަނިކޮށް އުޅަދު އަރިއަޅާލައި ބިމުގައި ބޯޖެހި ސިކުޑީގައިވަނީ ވަރަށް ބޮޑު ޓްރޯމާއެއް އުފެދި ބޮލުގެ ހަތްދިމާލަކުން ރެދުލައިގެން ގޮސްފައެވެ.

ކުއްޖާގެ މަންމަ ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ދަރިފުޅުގެ ބޮލުގެ ނާށިގަނޑު އެކި ފަހަރުމަތިން ނަގައިގެން އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ކިޑްނީގެ މައްސަލަތަކާއި ހިތުގެ މައްސަލަށް ދަރިފުޅަށް ކުރިމަތި ވެފައިވާ ކަމަށެވެ.

ޑޮކްޓަރުން ކުއްޖާ ސަލާމަތް ވުމާމެދު އުއްމީދު ކަނޑާލައި މަންމަ ކައިރީގައި ވަނީ ކުއްޖާގެ ގުނަވަންތަކުގެ ބޭނުން ހިފިދާނެ ފަސް ކުދިން ތިބިކަމަށް ބުނެފައެވެ. އޭގެ ސަބަބުން އެހެންކުދިންގެ ފުރާނަ ސަލާމަތް ކުރެވޭކަން ޔަގީންވުމާއެކު ގުނަވަންތައް ހަދިޔާކުރުމަށް މަންމަ ވަނީ އެއްބަސްވެފައެވެ.

"އަހަރެމެން ބުނީ އާއެކޭ، ގުނަވަންތަށް ސާފުކަންމަތީ ނެގުމަށްޓަކައި ދަރިފުޅުގެ ދުނިޔޭގައި އިތުރުދުވަސް ހޭދަކުރާނެކަމުގެ ޔަގީންކަން ވެސް ލިބިގެންދިޔަ" ރެއިންޑި، ކުއްޖާގެ މަންމަ މާރޗް މަހުގެ ހަދާންއާ ކުރަމުން ކިޔައިދިނެވެ.

ކުއްޖާ ދިރި ހުންނާނެ ކަމާމެދު އުންމީދު ކަޑާލައިފައި ވީނަމަވެސް މަރާލަން އޮތް ދުވަހުގެ ފަހިދުވަހު ވަނީ ސިކުޑީގެ ޓެސްޓެއް ވަނީ ހަދައިފައެވެ. އެޓެސްޓުން ނިކުތް ނަތީޖާ އަކީ އެއްވެސް ބަޔަކު ނިކުންނާނެ ކަމަށް ހީކޮށްފައި އޮތްނަތީޖާއެއް ނޫނެވެ. ކުއްޖާގެ ސިކުޑި މަޑުން ނަމަވެސް މަސައްކަތް ކުރާތަން ޓެސްޓުން ވަނީ ފެނިފައެވެ. އޭގެ ސަބަބުން ކުއްޖާ މެރުމަށް ތައްޔާރުވި ހުރިހާ އިންތިޒާމެއް ވަނީ ހުއްޓައިލައިފައެވެ.

ޓުރެންޓަން މިހާރު ދަނީ މަޑުމަޑުން ރަގަނޅު ވަމުންނެވެ. އެކުއްޖާ ބުނީ ބިމުގައި ބޯ ޖެހުނުކަން އެގޭ ކަމަށާއި ދެފުރޮޅު ލީ އުޅަދު ބޯ މައްޗައް ވެއްޓުމަށް ފަހުންވީ އެއްވެސް ކަމެއް ހަދާނެއް ނެތް ކަމަށެވެ.

އެކުއްޖާއަށް ބޭސްފަރުވާގެ ޚިދުމަތް ހޯދައިދިނުމަށް ފޭސްބުކްގައި އާއިލާއިން ވަނީ ފަންޑް ރެއިސިންގް ހަރަކާތެއް ފަށައިފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް