21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެމްޑީޕީ

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

 • ފެނިގެންދަނީ ރާއްޖެގައި ބާއްވާ ހުރިހާ އިންތިހާބެއްގެ ތެރެއަށް ޝަރުއީ ކޯޓުތަކުން ވަދެ ގަނޑުބަނޑުކުރާ މަންޒަރު
 • ހާލަތުއް ޒަރޫރާގެ ނަމުގައި އިންތިހާބުތަކާ ގެންދަނީ ކުޅެމުން
 • ކޯޓުން ނެރުނު ހުކުމަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް ހުރަހެއް ނޫން ކަމަށް އިލެކްޝަނުން ބުނޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 ޖެނުއަރީ 2017 | އަންގާރަ 04:00 | |

މަގުބޫލް

 1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 3. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 4. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 7. އަލިދީގެ ތާއީދު އިބޫއަށް!
 8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ބައިވެރިވެވަޑައިގެން -- ފޮޓޯ: ރާއްޖެ.އެމްވީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ކޯޓުތައް ކަމަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ފެނިގެންދަނީ ރާއްޖެގައި ބާއްވާ ހުރިހާ އިންތިހާބެއްގެ ތެރެއަށް ޝަރުއީ ކޯޓުތަކުން ވަދެ ގަނޑުބަނޑުކުރާ މަންޒަރު ކަމަށެވެ. އަދި އެއީ މުޅި އާ ސަޤާފަތަކަށް ވެފައިވާ ކަމަށާއި، ކޮންމެ އިންތިހާބަކަށް ވެސް އެ މައްސަލަތައް ކުރިމަތިވަމުން ދާކަމަށް އަނަސް ވިދާޅުވި އެވެ.

 

އަނަސް ވިދާޅުވީ، ރާއްޖޭގެ ތާރީހަށް ބަލާކަމުގައިވާ ނަމަ ރިޔާސީ އިންތިހާބު ފަދަ އިންތިހާބުތަކުގެ ތެރެއަށް ކޯޓުތަކުން ވަދެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނަމަވެސް ނުނެރެވޭ ވަރުގެ ހުކުމުތައް ނެރެފައިވާ ކަމަށެވެ. އަދި ޤައިޑްލައިންތައް ނެރުއްވައިގެން ވެސް އިންތިހާބުތަކާއި ކުޅެމުންގެންދާ ކަމަށް އަނަސް ވިދާޅުވި އެވެ. އެގޮތަށް އިންތިހާބުތަކަށް ނުފޫޖު ފޯރުވުމަށް ފަހު މި ފަހަރު އެކަމަށް އިތުރު ބޮޅެއް އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހާލަތުއް ޒަރޫރާގެ ނަމުގައި މިހާރު އިންތިހާބުތަކާއި ކުޅެމުން ގެންދާ ކަމަށް އަނަސް ވިދާޅުވި އެވެ.

 

"ކޯޓުތަކުން މި ކުރާ ހުކުމްތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ނުވަތަ އެކަމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކިތަންމެ ވަރަކަށް ވިދާޅުވި ކަމުގައިވިޔަސް އެއީ ހަމަ ހުރަހެއް. މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް ވަރަށް ބޮޑު ހުރަހެއް"

 

އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، ކޯޓުން ނެރުނު ހުކުމަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

 

އަނަސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ފަނޑިޔާރުގެތަކުގެ ފުރިހަމަ ކޮންޓްރޯލް ބޭނުން ކޮށްގެން، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްހަޅުއްވަމުން ގެންދާތީ ކަމަށެވެ. އަދި ތައުލީމް ހާސިލް ކޮށްގެން ތިބި ފަނޑިޔާރުންތައް ސަރުކާރުގެ ބިރަށް ހުކުމްތައް ނެރުއްވާތީވެ، އެކމަކީ ވެސް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އަނަސް ވިދާޅުވި އެވެ.

 

"އަޅުގަނޑު ހިތަށް އަރާ އެ ބެފުޅުން އެ ހާސިލްކުރައްވައިގެން ތިބި ތައުލީމަކުން ކޮން ފައިދާއެއްބާ ކުރަނީ ވެސް. އަޅުގަނޑު ވެސް ލަދުގަނޭ ޤާނޫނީ ވަކީލެކޭ ބުނަން" އަނަސް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް