17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އެވެންޖާސް: އިންފިނިޓީ ވޯ

އެވެންޖާސް: އިންފިނިޓީ ވޯ އަށް 11 ދުވަހުން އެއްބިލިއަން

  • އިންފިނިޓީ ވޯގައި ހޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިން ހިމެނޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 މެއި 2018 | އަންގާރަ 09:47 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އެވެންޖަރސް: އިންފިނިޓީ ވޯގެ ޕޯސްޓަރ -- ގޫގުލް

މާވެލްގެ އެވެންޖަރސް: އިންފިނިޓީ ވޯ އަށް 11 ދުވަހުން އެއްބިލިއަން ޑޮލަރު ލިބި ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް ގެ ރެކޯޑް މުގުރާލައިފިއެވެ.

ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް ސިނަމާތަކަށް އައިސްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެގިލްމަށް އެއްބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވަނީ 12 ދުވަހުގެ ތެރޭގައެވެ. އެހެން ނަމަވެސް މާވެލްގެ އެވެންޖަރސް: އިންފިނިޓީ ވޯ އެ ރެކޯޑު މުގުރާލާފައިވަނީ 11 ދުވަހުންނެވެ.

މިހާތަނަށް ރިލީޒް ކޮށްފައިވާ ފިލްމް ޓްރެއިލާތަކުގެ ތެރެއިން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބެލި ފިލްމް ޓްރެއިލާގެ ރެކޯޑުވެސް މި ފިލްމަށް ވަނީ ލިބިފައެވެ. މި ފިލްމްގެ ޓްރެއިލާ ރިލީސްކުރިތާ 24 ގަޑިއިރު ނުވަނީސް 200 މިލިއަނަށް ވުރެ ގިނަ މީހުންވަނީ މި ޓްރެއިލާ ބަލާފައެވެ.

މިދިޔަ މަހުގެ 27 ގައި ރިލީޒް ކުރި މި ފިލްމަކީ  މާވެލް އާއި ޑިޒްނީ ގުޅިގެން 300-400 މިލިއަން ޑޮލަރުގެ ދެމެދުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އެންތަނީ އާއި ޖޯއީ ރުސޯ އެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ކްރިސް ހެމްސްވޯތު (ތޯ)، ރޮބަޓް ޑައުނީ ޖޫނިއާ (އަޔަން މޭން)، މާކް ރަފަލޯ (ހަލްކް)، ކްރިސް އެވަންސް (ކެޕްޓަން އެމެރިކާ)، ޓޮމް ހޮލަންޑް (ސްޕައިޑަ މޭން)، ބެނެޑިކްޓް ކަމްބަބެޗް (ޑރ. ސްޓްރޭންޖް)، ޗާޑް ބޯޒްމަން (ބްލެކް ޕެންތާ) އަދި ސްކާލެޓް ޖޮހަންސަން (ބްލެކް ވިޑޯ) ހިމެނެއެވެ.

މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައި ވަނީ ފެބްރުއަރީ މަހު ރިލީޒް ކުރި ބްލެކް ޕެންތާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް