24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރަންވީރު ސިންގް

ކުޑައިރު އުޅުނީ ފަގީރުކޮށްކަމަށް ބުނުމުން ރަންވީރަށް ފާޑު ކިޔުން

  • ރަންވީރު ބޮލީވުޑަށް ނިކުތީ 2010 ވަނަ އަހަރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 މެއި 2018 | އަންގާރަ 09:11 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


ރަންވީރު ސިންގް -- ގެޓީ އިމޭޖާސް

ރަންވީރު ސިންގް އަކީ މިހާރު ބޮލީވުޑްގެ އޭ ކެޓަގަރީގެ ފަންނާނެކެވެ.

އޭނާ ކުޅޭ ގިނަ ފިލްމުތަކަކީ ބެލުންތެރިން ބަލައިގަތް ފިލްމުތަކެވެ.

ރަންވީރު ދާދިފަހުން މަޝްހޫރު މެގަޒިން ކޮންޑެ ނާސްޓް ޓްރެވެލާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާކުޑައިރު އުޅުނީ އެހާ ފުދިގެން ނޫން ކަމަށާއި އެހެން ކަމުން ބައެއް ކަހަލަ އުފާތަކުން މަހުރޫމުވެފައިވާ ކަމަށެވެ. މާބޮޑަށް އާއިލާގައި ފުދުންތެރިކަން ނެތުމުގެ ސަބަބުން އޭރު އޭނާއަށް ޗުއްޓީއެއް ލިބުނަސް ގައުމުން ބޭރަށް މާގިނައިން ދެވިފައި ނުވާ ކަމަށާއި ކުޑައިރު އޭނާއަށް ދެވިފައިވަނީ ހަމައެކަނި އެމެރިކާ، ސިންގަޕޫރު އަދި އިންޑޮނޭޝިއާއަށް ކަމަށެވެ. ރަންވީރު ބުނީ ބޮޑުވަމުން އައި އިރު ލިބޭ ސްކޫލު ޗުއްޓީގައި ގިނައިން ދެވިފައި ހުންނާނީ ގޯއާ އަށް ކަމަށާއި އެތަނަށް ގިނައިން ދެވެނީވެސް އާއިލާގެ މީހުން އެތާ ދިރިއުޅޭތީކަމަށެވެ.

"ދޭތެރެއަކުން އިޓަލީ އިންޑޮނީޝިއާ ސިންގަޕޫރުކަހަލަ ގައުމުތަކަށް ދެވުނު. އެކަމަކު އެއީ އާއިލާއިން އެއްކޮށްލާ ލާރިކޮޅަކުން އެހެން ދެވެނީވެސް. އެހެން ނަމަވެސް އެމެރިކާއަށް ދެވިފައި ހުންނާނެ ފުދޭ ވަރަކަށް. އެގައުމުގައި ވެސް އާއިލީ މީހުން އުޅޭތީ." ރަންވީރު ބުންޏެވެ. ރަންވީރު އެ މެގަޒިންއަށް ދިން އިންޓަވިއުގައި އިތުރަށް ބުނެފައިވަނީ ކުޑައިރު ފުދިގެން އުޅުނަސް މިހާރު އޭނާ ވަރަށް ތަނަވަސްކަމަށެވެ. އެއީ އޭނާ އޭރުއްސުރެ ކުރަމުންއައި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ރަންވީރު ބުންޏެވެ.

ރަންވީރު މިހެން ބުނުމާއި އެކު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާއަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

އެގޮތުން އޭނާ ފަގީރު ނޫނީ ނުފުދިގެން އުޅޭ މީހެކޭ ބުނެ އެ ސިފަކުރަނީ ކިހިނެތްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ރަންވީރު ތައުލީމު ހާސިލު ކުރީ އެމެރިކާގެ އިންޑިއާނާ ޔުނިވާސިޓީންނެވެ. އެހެންކަމުން ފަގީރަކަށް އެމެރިކާއިން ތައުލީމު ހާސިލު ކުރެވިދާނެތޯއާއި އެފަދަ އަގުބޮޑު ގައުމެއްގައި ހުރެ ފަގީރަކަށް ކިޔެވިދާނެތޯ ބުނެ އޭނާއަށް ދަނީ ފާޑުކިޔަމުންނެވެ.

ރަންވީރު ބޮލީވުޑަށް ނިކުތީ 2010 ވަނަ އަހަރު ނިކުތް ފިލްމު ބޭންޑް ބާޖާ ބާރަތުއިންނެވެ. އެއީ ޔަޝް ރާޖް ޕްރޮޑަކްޝަން ހައުސް އިން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް