24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

މާމުއި

މާމުއީގައި އިސްމާއިލް ވަޖީހުގެ ޚާއްސަ ފެނިލުމެއް

  • މިފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 މެއި 2018 | އަންގާރަ 08:06 | |

މަގުބޫލް

  1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  6. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  7. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


އިސްމާއިލް ވަޖީހު -- ފޭސްބުކް

ޑާކްރެއިން އެންޓަޓައިންމަންޓުން ރޯދަމަހަށް ފަހު ޝޫޓް ކުރަން ހަމަޖެހިފައިވާ ފިލްމު މާމުއީގައި ކުރީގެ މަޝްހޫރު ބަތަލާ އިސްމާއިލް ވަޖީހު ފެނިގެންދާނެ ކަމަށް އެ އެންޓަޓައިންމަންޓުން ހާމަކޮށްފިއެވެ.

މޮގާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމުގެ މައިގަނޑު ޝޫޓިން ފަށާނީ ރޯދައިގެ ފަހުން ކަމަށް ވިއަސް ވަޖީހު ލައިގެން ނަގަން ޖެހޭ ޝޫޓިންތައް މިހާރު ނަގާ ނިންމާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާމުއި އިން ވަޖީހު ފެނިގެންދާ މަންޒަރަކީ ޔޮޓެއްގައި އޭނާ ފެނިގެންދާ ބައެވެ.

މިފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.

މާމުއި އަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، ނުޒުހަތު ޝުއައިބު، މާރިޔާ ތެރެސާ، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. އަދި މީގެ އިތުރުން މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، އަލީ ޝަޒްލީމް، އިބްރާހިމް އަމާން ހުސެން، ހަމްދާން ފާރޫގް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ ވެސް މިފިލްމުން ފެނިގެންދެއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން އެންމެ ފަހުން އަޅުވާފައިވާ ފިލްމަކީ "ވަކިން ލޯބިން"ނެވެ.ޑާކްރެއިން އިން މިއަހަރު ނެރޭނެ ކަމަށް ބުނެފައިވާ ދެވަނަ ފިލްމު "ގޮށްރާޅު" އެޕްރީލް މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެއްސި ނަމަވެސް އެ ފިލްމު އެޅުވުން ވަނީ ޑިސެމްބަރު މަހަށް ފަސްކޮށްފައެވެ. މި ފިލްމު ރިލީޒްކުރުން ފަސްކޮށްލި މައިގަނޑު އެއް ސަބަބީ ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން ކަމަށް ޑާކްރެއިނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް