26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މައުމޫނު

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

  • ރައީސް މައުމޫނުގެ ކައުންސިލް ބައްދަލުވުމުގައި ދުންޔާއި ޣައްސާން ބައިވެރިވަޑައެއް ނުގަންނަވާ
  • ކައުންސިލުން ނިންމާފައި ވަނީ އިންތިޚާބާ ގުޅޭ ކަންކަން ބާރަށް ގެންދިޔުމަށް
  • ޕީޕީއެމްގެ ދެ ފެކްޝަނެއް އުފެދި ކައުންސިލް ބައްދަލުވުންތައް ވެސް ބާއްވަނީ ވަކިން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 ޖެނުއަރީ 2017 | އަންގާރަ 00:49 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ޕީޕީއެމް ރައީސްގެ އޮފީސް: ޕާޓީގެ އޮފީސް ހިންގަނީ މުޅިން ވަކިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފެށުމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ފެކްޝަނުން ނިންމައިފި އެވެ.

 

ރައީސް މައުމޫނުގެ ފެކްޝަނުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ގިނަ ކަންތައްތަކެއް ނިންމާފައި ކަމަށް އެ ޕާޓީން ބުނެއެވެ.

 

ކައުންސިލް ބައްދަލުވުމުން ނިންމި ނިންމުންތައް ހާމަކޮށް، ރައީސް މައުމޫނު ފެކްޝަނުން ބުނީ އެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ރައީސް އޮފީހުގައި ސިޔާސީ ހަރަކާތަތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އަދި ލޯކަލަ ކައުންސިލް އިންތިހާބާ ގުޅުންހުރި ހަރަކާތްތައް ބާރަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންތިހާބު ކޮމެޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވުމަށް ވެސް ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް މައުމޫނުގެ ފެކްޝަނުން ބުނެ އެވެ.

 

ރައީސް މައުމޫނު އަބްދުއް ޤައްޔޫމާއި ރައީސް އަބްދުﷲ ޔާމީން އަބްދުއް ޤައްޔޫމާއި ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕީޕީއެމްގެ ދެ ފެކްޝަނެއް އޮވެއެވެ. އަދި ދެ ފެކްޝަންގެ ކައުންސިލް ބައްދަލުވުން ވެސް ކުރިއަށްގެންދަނީ ވަކިންނެވެ.

 

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫނު ފެކްޝަނުން ބޭއްވި އެ ކައުންސިލް ބައްދަލުވުމުގައި އެމަނިކުފާނުގެ ދެ ދަރިކަލުން ކަމަށްވާ ޤައްސާން މައުމޫނާއި، ދުންޔާ މައުމޫނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ދެ ބެފުޅުން ވެސް މިހާރު ތައީދުކުރައްވަނީ ރައީސް ޔާމީންގެ ފެކްޝަނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް